Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާ

މުޒާހަރާއެއް އޮތް ކަން ވެސް އެނގުނީ ފުލުހަށް ހާޒިރު ކުރުމުން: އިދިކޮޅު

މި މުޒާހަރާގައި 41 މީހަކު ހައްޔަރުކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 16:44
އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން

އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން

ހޮނިހިރު ދުވަހު މާލޭގައި މުޒާހަރާއެއް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ ފުލުހަށް ހާޒިރު ކުރުމުން ކަމަށް ވިދާޅުވެ މުޒާހަރާ ރޭވީ އިދިކޮޅުން ކަމަށް ދެކެވޭ ވާހަކަތައް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދޮގު ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާ އާއި ގުޅިގެން 'ރާއްޖެއެމްވީ' އަށް ދެއްވި އިންޓަރވިއުއެއްގައި ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވީ މިއީ އިދިކޮޅުން ރޭވި ހަރަަކާތެއް ނޫން ކަމަށެވެ. މި ހަރަކާތް ރޭވުމުގައި އިދިކޮޅުގެ އަތެއް ނެތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންނަކީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމް އިތުރަށް ވިދާޅުވީ މި ހަރަކާތް އޮންނަ ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގަތީ ފުލުހަށް ހާޒިރުކޮށް، އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ކަމަށެވެ. އަދި މި ހަރަކާތުގެ މައުލުމާތު އިދިކޮޅު ޕާޓީތަކުގެ ލީޑަރޝިޕް އަށް ލިބުނީ އެ ޕާޓީގެ ޒުވާނުންގެ ފަރާތުން ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މި ހަރަކާތުގައި ބައިވެރިވުމަށް ނިންމީ މިއީ ގައުމީ ހަރަކާތަކަށް ވުމުން ކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވި ނަމަވެސް ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާ އަކީ އިދިކޮޅުން އަޑީގައި ތިބެގެން ބޭއްވި ހަރާކާތެއް ކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރި، އެކަމުގެ އަސަރު ރައްޔިތުންނަށް އިންތިހާއަށް ކުރަމުންދާއިރު، މިއީ ޕެންޑެމިކް ތެރޭގައި އިދިކޮޅުން މިގޮތަށް ބާއްވާފައިވާ 3 ވަނަ އެއްވުމެވެ. މި މުޒާހަރާ އިން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފުވި 41 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އިދިކޮޅުން ވަނީ އެ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މިއީ އިދިކޮޅުން ރާވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫން ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް، މި މުޒާހަރާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު