Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާލާކޮށްފައިވާ ފާނަ

އާލާކޮށްފައިވާ ފާނައަށް ނީލަން ކިޔުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

މީގެ ކުރިން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:24
ކަސް ފާނައެއް

ކަސް ފާނައެއް

ރާއްޖޭގައި މުޅިން އަލަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ (Brown Marbled Grouper) ވިއްކާލުމަށް ބާއްވާ ނީލަމުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން އަލުން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ ނީލަން ކުރިއަށް ދާނޭ ދުވަހެއް އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އދ. މަހިބަދޫގައި އާލާކޮށްފައިވާ ފާނައަށް މީގެ ކުރިން (އޮގަސްޓު 16-19 އަށް) ނީލަން ކިޔުމުގެ ފުރުސަތު ހުޅުވާލެވުނު ނަމަވެސް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، ރަޖިސްޓަރީ ވުމަށް އިތުރު ވަގުތު ދިނުމަށްފަހު މިފަހަރު ހުޅުވާލެވޭނީ ވަކިވަކި ކޮށިކޮށީގައި ހުރި ފާނަ ވިއްކާލުމަށް ކަމަށާއި ނީލަމަށް ޚާއްސަ ކުރެވިފައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއިޓުގެ ވެބްޕޭޖްhttps://auction.mmri.gov.mvމެދުވެރިކޮށް، މިފަހަރު މި ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި މީގެ ކުރިން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Advertisement - newsAdvertisement

ނީލަމުގައި ވިއްކާލެވޭ ފާނަ އަކީ ވާރލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ދާއިރާއެއް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން، އދ. އަތޮޅުގެ 4 ރަށަކަށް އަމާޒުކޮށްގެން ހިންގަމުންދާ ހަރަކާތެއްގެ އުފެއްދުންތަކެވެ. މިގޮތުން، އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ކައުންސިލާއި ގުޅިގެން ހިންގޭ ފާނަ ބޮޑުކުރުމުގެ ޕައިލެޓް ހަރަކާތުގައި މި ހަތަރު ރަށުން ޖުމްލަ 19 ގޭބިސީއަކާއިއެކު ފާނަ ބޮޑުކުރުން ތަޖުރިބާކުރަން 2020 ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. ޕައިލެޓް ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ، ހޮވާލެވުނު ކޮންމެ ގޭބިސީއަކަށް ފާނަ ކޮށްޓާއި، ކުދި ފާނައާއި މަސްކާނާ ފޯރުކޮށްދީ، މިކަމަށް ބޭނުންވާ ތަމްރީނާއި ފަންނީ ލަފާ އެފަރާތްތަކަށް ދީގެންނެވެ. މިހާތަނަށް ތަކެތި ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާފައިވަނީ މަހިބަދޫ އަދި އޮމަދޫން ހޮވުނު 11 ގޭބިސީއަކަށެވެ. ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިގުރަށާއި ދަނގެތިން ހޮވުނު ފަރާތްތަކަށް ތަކެތި ހަވާލު ކުރުމަށް ވަނީ ލަސްތަކެއް މެދުވެރިވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ދެރަށުން ބައިވެރިވާ ފަރާތްތަކަށް ވެސް ފާނަ ބޮޑުކުރުމުގެ މަސައްކަތް ފަށައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިފަހަރުގެ ނީލަމުގައި ވިއްކާލެވެނީ ފާނަ މާކެޓް ސައިޒަށް ބޮޑުކުރުން ތަޖުރިބާކުރުމަށް ހިންގަމުންދާ ހަރަކާތުގެ ތެރެއިން އދ. މަހިބަދޫން ހޮވާލެވުނު 7 ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނަ ކަމަށާއި ވިއްކާލުމަށް ހަމަޖެހިފައިވަނީ ބަރުދަނުގައި 450 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. 437 އާއި 715ދެމެދުގެ އަދަދަކަށް މާކެޓް ސައިޒުގެ ފާނަ ވަކިވަކި ކޮށިތަކުގައި ސްޓޮކް ކުރެވިފައި ވާނެކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ ނީލަމާއި ގުޅޭ އިތުރު ތަފްސީލު އާންމު ކުރާނެ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގަމުންދާ ދިގު މުއްދަތުގެ ޕްރޮގްރާމުގެ ތެރެއިން، ރާއްޖޭގައި މޫދުކޮށީގައި ފާނަ ބޮޑުކޮށްގެން މާކެޓަށް ނެރޭ ފުރަތަމަ ފަހަރެވެ.

މެރިކަލްޗަރ ތަރައްޤީކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީ އާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރާ މަަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

02 މެއި 2019

ވިޔަފާރި ބަނދަރުގައި ގިނަ ދުވަސްވެފައިވާ މުދާ މިމަހުގެ 14ގައި ނީލަންކިޔަނީ

02 މެއި 2019
ވިޔަފާރި ބަނދަރުގައި ގިނަ ދުވަސްވެފައިވާ މުދާ މިމަހުގެ 14ގައި ނީލަންކިޔަނީ
16 ޖުލައި 2018

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް މާދަމާ ހުޅުވާލަނީ

16 ޖުލައި 2018
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް މާދަމާ ހުޅުވާލަނީ
16 ފެބުރުއަރީ 2018

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

16 ފެބުރުއަރީ 2018
ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
16 ފެބުރުއަރީ 2018

މިއަދުގެ ހުކުރު ޚުތުބާ ކިޔުމަށް މާމެންދޫ އިމާމު ދެކޮޅު ހަދައިފި

16 ފެބުރުއަރީ 2018
މިއަދުގެ ހުކުރު ޚުތުބާ ކިޔުމަށް މާމެންދޫ އިމާމު ދެކޮޅު ހަދައިފި
16 ޖޫން 2017

ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

16 ޖޫން 2017
ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު