Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ޙާކިމާއަކީ ނިއުމަތެއް"

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ފެބުރުއަރީ 2018 | ހުކުރު 15:02
އިސްލާމީ މަރުކަޒުގައި ޚުތުބާ ދެއްވަނީ. ފައިލް

އިސްލާމީ މަރުކަޒުގައި ޚުތުބާ ދެއްވަނީ. ފައިލް

މިއަދުގެ ޚުތުބާގައި ދޮގު ހަދީސްތައް ހުރުމުން ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެ ހަދީސްތައް ނުހިމަނައި ޚުތުބާ ކިޔުމަށް އިމާމުންނަށް އަންގައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި އިމާމަކު ބުނީ ޚުތުބާ އިން ބައެއް އުނިކުރުމަށް އިސްލާމިކް މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށާއި އެއީ ޚުތުބާގައި ހިމެނޭ ހަދީސްތަކަކާއި އޭގެ މާނަ ކަމަށެވެ. ޚުތުބާ އިން އުނިކުރަންވީ ބައި ރަތް ގަލަމަކުން ކަނޑާލާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

Advertisement - newsAdvertisement

ޚުތުބާ އިން އުނިކުރަން ބުނި ބައިތައް ފާހަގަކޮށްފައި

ވެރިންނަށް ކިޔަމަންވުމާ ބެހޭ ގޮތުން "ޙާކިމާއަކީ ނިއުމަތެއް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާއާ ބެހޭ ގޮތުން ދީނީ އިލްމުވެރިޔާ އައްޝައިޚް ހުސައިން ރަޝީދު ވިދާޅުވީ ޚުތުބާގައި ދޮގު ހަދީސް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނެވި ކަމަށް ވެސް ހުސައިން ރަޝީދު ވިދާޅުވިއެވެ. އަދި އެކަން އިސްލާހުކުރައްވާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވި ކަމަށް ވެސް ހުސައިން ރަޝީދު ވިދާޅުވިއެވެ.

ހުސައިން ރަޝީދު ވިދާޅުވީ ވެރިންނަށް ކިޔަމަން ވުމަކީ ވާޖިބެއް ކަމަށާއި ހަމައެގޮތަށް ވެރިންގެ މައްޗަށް ވެސް ވާޖިބު ކަންކަން އެބަހުރި ކަމަށެވެ. އެއީ ދެ ފަރާތަށް ވެސް ހައްގުތަކެއް އޮތް ކަމެއް ކަމަށް ފާހަގަކުރައްވައި ހުސައިން ރަޝީދު ވިދާޅުވީ މައްސަލައަކީ ޚުތުބާގައި ކަނޑައެޅިގެން ދޮގު ހަދީސް ހިމަނާފައިވުން ކަމަށެވެ.

ޚުތުބާގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ހުސައިން ރަޝީދު ވިދާޅުވީ ސައްހަ ހަދީސެއް ކަމަށް ބުނެ ހަދީސެއް ހިމަނާފައިވާ އިރު "ސުލްތާން" ބޭނުންކޮށްފައި ވީ ނަމަވެސް އެބަހަކީ ރަސޫލާ (ސ) ގެ ދުވަސްވަރުގައި ބޭނުން ކޮށްފައިވާ ލަފުޒެއް ވެސް ނޫން ކަމަށެވެ. އަދި ކީރިތި ގުރުއާނުގައި ވެސް ވެރިއެއްގެ މާނައިގައި އެ ލަފްޒު ބޭނުންކޮށްފައި ނުވާ ކަމަށެވެ. އެ ލަފުޒު އައިސްފައި ވަނީ ރަސްރަސްކަލުންގެ ޒަމާނުގައި ކަމަށާއި ރަސޫލާ (ސ) ގެ ސައްހަ ހަދީސުން 30 އަހަރު ވަންދެން އެކަލޭގެފާނުގެ ޚިލާފަތު އުވުމަށް ފަހު ދެން އޮންނާނީ ރަސްކަން ކަމަށް ހަދީސްކުރައްވާފައިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ހުސައިން ރަޝީދު ވިދާޅުވީ "ސުލްތާން" ލަފުޒު އޮތް ހަދީސްގެ ރިފަރެންސަކަށް ވެސް ބުނެފައި ވަނީ އެއީ "މުތަވާތިރު" ހަދީސެއް ކަމަށާއި "މުތަވާތިރު" ހަދީސަކީ އެންމެ މަތީ ދަރަޖައިގެ ހަދީސް ކަމަށް ކަމަށެވެ. ނަމަވެސް ޚުތުބާގައި ހިމެނޭ ދެ ހަދީސަކީ "މުތަވާތިރު" ހަދީސެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އެހެންކަމުން ދޮގު އެއްޗެއްގެ މަތީގައި މުތަވާތިރޭ ކިޔަން ހެޔޮ ނުވާނެ ކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.

"ހެވާނުބައި މަސްހުނިކޮށްގެން ޚުތުބާއެއް ދޭ ނަމަ އަޑުއަހައިގެން ނުވާނެ" ހުސައިން ރަޝީދު ވިދާޅުވިއެވެ.

ބިންމަތީގައި ތިބި އެންމެ ނުބައި މީހުންނަކީ ރަސްރަސްކަލުނާއި ވެރިންގެ އަނިޔާތައް ފޮރުވުމާއި އެމީޙުންނަށް ތައުރީފުކޮށް ސަނާ ކިޔާ އިލްމުވެރިން ކަމަށް ދީނީ އިލްމުވެރިންނަށާއި ޚުތުބާ ހަދާ ފަރާތްތަތަކަށް އިމާމް ޒަހަބީ ވިދާޅުވެފައިވާ ކަމަށާއި އެހެންނޫނީ "އެންމެ ނުބައި މީހުންނީ އަނިޔާވެރިކަން ދެކި އަނގައިން ނުބުނެ ތިބޭ މީހުން" ކަމަށް ހުސައިން ރަޝީދު ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޚުތުބާ އާންމުކުރުމާ އެކު ވަރަށް ގިނަ އިލްމުވެރިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޚުތުބާ ސިޔާސީ ނުކުރުމަށް އިސްލާމިކް މިނިސްޓްރީ އަށް ވަނީ ގޮވާލާފައެވެ. މީގެ ކުރިން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ޚުތުބާތައް ގެނެސްފައެވެ. އަދި އާޔަތެއްގެ މާނަ ވެސް އޮޅުވާލައިގެން މީގެ ކުރިން ވެސް ޚުތުބާ ގެނެސްދީފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ހުތުބާ ޝާއިއުކޮށްފައިވާ އިރު ޚުތުބާގައި ބުނެފައިވަނީ ވެރިމީހާއަށް ކިޔަމަންވުން ވާޖިބު ކަމަށާއި ވެރިމީހާއަށް އިހާނެތިކޮށް ހިތުން ހަރާމު ކުރައްވާފައިވާ ކަމަށެވެ. ހުތުބާގައި ހާކިމަކު ނުވަތަ ވެރިއަކު ހުރުމަކީ ނިއުމަތެއް ކަމުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް: ފުލުހަކު ތަހުގީގަށް ދިން ބަޔާން އަމިއްލައަށް ދޮގު ކޮށްފި!

26 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް: ފުލުހަކު ތަހުގީގަށް ދިން ބަޔާން އަމިއްލައަށް ދޮގު ކޮށްފި!
30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު