Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗެނަލް13ގެ ވަޒީފާއިން ވަކި ކުރި މައްސަލަ

ޗެނަލް13ގެ ވަޒީފާއިން ޒައިދު ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމައިފި

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:13

ޗެނަލް13ގެ ކެމެރާމަންގެ ވަޒީފާއި ޒައިދު ވަކިކުރުމުން އޭނާ ވަނީ ރާއްޖެޓީވީއަށް، މިއަދާ ހަމައަށް އޭނާ ހުރީ ރާއްޖެޓީވީގެ ކެމެރާމަނެއްގެ ވަޒީފާގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:13
ޗެނަލް13ގެ ވަޒީފާއިން ޒައިދު ވަކިކުރި މައްސަލާއި ހައިކޯޓުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީން ފޮޓޯއެއް

ޗެނަލް13ގެ ވަޒީފާއިން ޒައިދު ވަކިކުރި މައްސަލާއި ހައިކޯޓުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީން ފޮޓޯއެއް

މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް13 ގެ ކެމަރާމަނެއްގެ ވަޒީފާގައި ހުއްޓައި، ޒައިދު އަބްދުﷲ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާއި ހިލާފަށް އަދި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމި ނިންމުމަށް ހައިކޯޓުން ވެސް ތާއީދު ކޮށްފިއެވެ.

ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ނިންމުމުގައި ވަނީ، ޗެނަލް13 ހިންގަމުންދާ މީޑިއާ ރިންގް ކުންފުނިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުންމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާ ކަމަށެވެ.

Advertisement - newsAdvertisement

ޗެނަލް13ގެ ވަޒީފާ އިން ޒައިދު ކަނޑާލުމުން އޭނާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 20 ޑިސެމްބަރު 2018ގައި އެ މައްސަލަ ހުށަހަޅާފައެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ 19 ސެޕްޓެމްބަރު 2019 ގައެވެ.

ޒައިދު ވަޒީފާ އިން ވަކިކޮށްފައިވަނީ، 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއިލް ވެވަޑައިގެން، އެމަނިކުފާނުގެ ވެރިކަމުގައި ޗެނަލް13އަށް ލިބެމުންދިޔަ ސްޕޮންސަރތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ، މާލީ ގޮތުން ލިބިފައިވާ ދަތިތައް ފޫބެއްދުމަށްޓަކައި އޭރު ވަޒީފާގައި ތިބި މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުމުގެ ދަށުން، 25 އޮކްޓޯބަރ 2018 ގައެވެ.

ޗެނަލް13ގެ ކެމަރާމަނުގެ ވަޒީފާ އިން ޒައިދު ވަކި ކުރުމުން އޭނާ ފަހުން ވަނީ ރާއްޖެޓީވީގެ ކެމެރާމަންގެ ވަޒީފާއަށެވެ. އަދި މިއަދާ ހަމައަށް އޭނާ ހުރީ ރާއްޖެޓީވީގެ ވަޒީފާ ގައެވެ.

ވަޒީފާއާބޭހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުގައިވަނީ، ޗެނަލް13 ހިންގާ މީޑިއާ ރިންގްގެ ފަރާތުން، އެސްޓީއޯ އަދި ފެނަކަ ކޯޕަރޭޝަނާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް، އެ ކުންފުނިތަނުގެ ފަރާތުން ނިމުމަކަށް ގެނެސްފައިވަނީ، ޒައިދު ވަޒީފާއިން ވަކި ކުރި ފަހުންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.

ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގައި އިތުރަށް ބުނެފައިވަނީ، ޒައިދު ޗެނަލް13ގެ ވަޒީ =ފާއިން ވަކިކުރުމުގައި ދީފައިވާ ނޯޓިހުގެ ބަދަލުގައި ދީފައިވާ 10،000ރ އާއި ޒައިދު މިހާރު އަދާކުރަމުންދާ ރާއްޖެޓީވީގެ ވަޒީފާ ހަމަޖެހުނު ތާރީހުން ފެށިގެން، ޗެނަލް13ގެ ވަޒީފާގައި ޒައިދު ހުރިނަމަ، ޒައިދުއަށް ކޮންމެ މަހަކު އުޖޫރައިގެ ގޮތުގައި ހައްގުވާ 10،000ރ އިން ޒައިދު މިހާރު ވަޒީފާ އަދާކުރަމުންދާ ވަޒީފާގެ މަހު އުޖޫރައަށްވާ 8،000ރ އުނިކުރުމަށް ކަނޑައަޅައި، ޒައިދު އަދާކުރަމުން ދިޔަ މަގާމު ޒައިދު އަނބުރާ ރުޖޫއަ ކުރުމުގެ ކުރިން ޒައިދު މިހާރު އަދާކުރަމުންދާ ވަޒީފާއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ، އެވަޒީފާއިން ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ޒައިދު އަދާކުރަމުންދިޔަ މަގާމަށް އެފަރާތުން އަނބުރާ ރުޖޫއުކުރުމާ ހަމައަށް ޗެނަލް13ގެ ވަޒީފާގައި ޒައިދު ހުރިނަމަ ޒައިދުއަށް ކޮންމެ މަހަކު އުޖޫރައިގެ ގޮތުގައި ހައްގުވާ 10،000ރ އިން އެއްވެސް ބައެއް އުނިކުރުމުގެ ހައްގު ޗެނަލް13 ހިންގާ މީޑިއާ ރިންގަށް ލިބިގެން ނުވާ ކަމަށެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ޗެނަލް13 ހިންގާ މީޑިއާ ރިންގް ފަރާތުން ޒައިދުއަށް 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 15 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން މި މައްސަލާގައި ނިންމާފައިވާ އެންމެހާ ނިންމުންތައް ތަންފީޒު ކުރުމަށްފަހު، ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް