Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)

ޕާޕާއެވެ! ހަތިޔާރު ހުންނަން ޖެހެނީ ހިބަޅިދޫ ފަޅު ތެރޭގަތޯއެވެ؟

7 ފެބްރުއަރީގައި ސިފައިންގެ ތެރެއިން ކުރަން ރާވާފައިހުރި ކަންކަން ވަގުތުން ތަންފީޒުކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:48
ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)

ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)

ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވަނީ ދާދި ފަހުން އަނެއްކާ ވެސް އެމަނިކުފާނުގެ ވަތަނީ ލޯބީގެ ވާހަކަތައް އާންމުންނަށް ބަންޑުން ކޮށްލައްވާފައެވެ. ޤައުމު ހަލަބޮލި ކުރުމަށް ބަޔަކު ވަކި ހިއްޕާލާފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލުމަށް ލިބުނު ފުރުސަތު ދޫކޮށްލައްވާނީވެސް ކިހިނެއްތޯއެވެ؟

މިހާރު ދުނިޔެ އޮތީ ފިނި ހަނގުރާމައެއްގެ ތެރޭގައި ކަމަށް ވިދާޅުވެ ޕާޕާ ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން މި ދެކެވޭ ވާހަކައަށް އަލިއަޅުވާލައްވާފައެވެ. އަދި އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖެއާމެދު މީހުން ދެކޭ ގޮތް ތަފާތުވާނެ ކަމަށާއި، ރާއްޖޭގައި އިންޑިޔާއިން ބަހައްޓަމުންދާ ރާޑަރުތަކުގެ ބޭނުމެއް އޮތްތޯވެސް ވަނީ ސުވާލު އުފައްދާފައެވެ. ހަމަ އެއާއެކު، ސިފައިންނަށް ސިފައިން ވަނީ ހަތިޔާރު އަތުގައި ހުރެގެން ނޫންކަމަށް ޕާޕާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގެ ކަންކަން ހިންގަނީ އިންޑިޔާ އެމްބަސީން ބުނާ ގޮތަށް ކަމުގެ ތުހުމަތުތަކެއް ކުރައްވައި ޕާޕާ ވަނީ ޤައުމިއްޔަތަށް އޮތް ލޯބި ހިއްސާ ކުރައްވާފައެވެ.

ކޮންމެއަކަސް، ޕާޕާގެ ޤައުމީ ލޯބީގެ "މިސާލުތައް" ފެށިގެން އަންނަ ހިސާބަކީ ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ސިފައިން ގޭގައި ހުންނަވަނިކޮށް ސިފައިން ގެއިން ވަކި ކުރި ހިސާބެވެ. އެއީވެސް ދެފަހަރެއްގެ މަތިން މަޤާމު ދަށްކޮށްފައެވެ. އެގޮތުން ކާނަލެއްގެ މަޤާމުގައި ހުންނަވަނިކޮށް ލެފްޓިނެންޓެއްގެ މަޤާމަށް ވަނީ ބަދަލު ކޮށްފައެވެ.

ދެން ދައްކަވަނީ ސިފައިންނަށް ސިފައިން ވަނީ ހަތިޔާރު އަތުގައި ހުރެގެން ނޫން ކަމުގެ ވާހަކައެވެ. ފަހަރުގައި އެ މާނަ ކުުރެއްވީ ބަޑި ގުދަނުގެ ހަތިޔާރުތައް ހުންނަން ޖެހޭނީ ރަށްރަށުގެ ނެރުން ވަންނަ ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ކަމުގެ ވާހަކައަށްވެސް ވެދާނެއެވެ. ތެދެކެވެ. ޕާޕާ ބަޑިގުދަނާ ޙަވާލުވެ ހުންނެވިއިރު ހަތިޔާރު ފެންނަނީ ސިފައިންގެ އަތަކުން ނޫނެވެ. ރަށްރަށުގެ ފަޅު ތެރެއިންނާއި ނެރު އަޑިންނެވެ. ސިފައިންގެ އާމަރީގެ ބަޑިއާއި، ފިސްތޯލައާއި އޭގެ ވަޒަނާއި، ސްނައިޕަރ އަދި ރައިފަލްގެ އިތުރުން ގްރެނޭޑް ފަދަ އެތައް ހަތިޔާރެއް ނެގީ ޕާޕާ އެ ވިދާޅުވިހެން "ސިފައިންގެ އަތަކުން" ނޫނެވެ. ހިބަޅިދޫ ބޭރުން ކަނޑު އަޑީގެ 42 މީޓަރު އަޑިންނެވެ.

އޭގެ އިތުރުން، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ޙާދިސާގައި ހެކި ނައްތާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 2016 ވަނަ އަހަރު ޖޫން މަހު 2 އަހަރުގެ ޖަލު ހުކުމެއް ޕާޕާގެ މައްޗަށް އިއްވުން ވެސް މިއީ ޕާޕާ ޤައުމަށް ޚިދުމަތް ކޮށްދެއްވުމަށް ކުރައްވާފައިވާ ކަންކަމުގެ ލިސްޓުގެ ކުރީގައި ގުނާލެވޭ ކަންކަމެވެ. ސިޔާސީ ވަކި ބޭނުމަކަށް ދިން ކަމަށް ބުނާ މި ޙަމަލާގައި ސިފައިންނާއި އާންމުންގެ ފުރާނަ ނުރައްކަލަކަށް ހުށައެޅުނު އިރު، އެ މައްސަލައިގައި ހެކި ނައްތާލީވެސް ހަމަ ޤައުމީ ލޯބި އޮތް މިންވަރުންބާއޭ ސުވާލު އުފެދެއެވެ.

7 ފެބްރުއަރީގައި އޭރުގެ ވެރިކަން ވައްޓާލުމަށް ހިންގި ބަޢާވަތުގައި ވެސް ޕާޕާގެ ދައުރެއް ވާކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އެގޮތުން ސިފައިންގެ ތެރެއިން ކުރަން ރާވާފައި ހުރި ކަންކަން ވަގުތުން ތަންފީޒު ކުރެއްވުމުގައި ޝާމިލުވެ އުޅުއްވިއިރު، އެކަމުގައި ވެސް ގިނަ ގޯސްތަކެއް ހައްދަވާފައިވާ ކަމުގެ ތުހުމަތުތައް ކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅާ މަޤާމުން ވަކި ކުރުމަށް ލިއުން ހޯދައި، ފަތްކޮޅު ހިފައިގެން ވަޑައިގެންނެވި "ވަފްދާއެކު" އެންމެ ކުރީ ސަފުގައި އޭރު ހުންނެވީވެސް ޕާޕާއެވެ. އެގޮތުން ވެރިކަން ބަދަލުވި ގޮތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޯނީ ރިޕޯޓުގައިވެސް މި ވާހަކަތައް ބަޔާން ކޮށްފައިވެއެވެ.

ޕާޕާއަކީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބާވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެދުވަހުވެސް ފަހަތު ޖީބު ބަރުކުރައްވަމުން ގެންދެވިހެން މިހާރުވެސް މޭޒު ދަށުން ފައިސާ ނަންގަވާ ކަމަށް ގިނަބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެދުވަހު އަމިއްލަ ބެއްލެވުމުގެ ދަށުގައި ހުރި ހަތިޔާރުތަކަށް ވީނުވީއެއް ނޭނގުނު ބޭފުޅަކަށް މިއަދު ދިފާއީ ބާރުގެ މަޤާމާއި ހައިބަތު ކިޔައިދެވޭނެތޯއެވެ؟ މިއިން ކޮންމެ ކަމަކުންވެސް ފެންނަނީ ޤައުމަށް އިންތިހާއަށް ގައްދާރުވެފައިވާ މިންވަރެވެ. އޭގެ ތެރެއިން އެއް މައްސަލައެއްގައި މިއަދު ހުކުމް ތަންފީޒު ކުރައްވާފައި ވީނަމަވެސް ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި އެތައް ގޯހެއް ނުހައްދަވާ ކަމަކަށް ނުވާނެއެވެ. ވީމާ މިއަދު ނިކުމެ ޤައުމީ ދިފާއީ ބާރުތަކާ ގުޅުވައިގެން ޤައުމު ހަލަބޮލިވާ ޒާތުގެ ވާހަކަ ނުދައްކަވާށެވެ. ކޮނުނު ކޮނުނުހެން ގިނަވާނީ ފަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުވާލުތައް ފުނިނުޖެހެނީސް، މީޑިއާގެ ކުރިމައްޗަށް ވަޑައިގަންނަވާ!

ސުވާލުތައް ފުނިނުޖެހެނީސް، މީޑިއާގެ ކުރިމައްޗަށް ވަޑައިގަންނަވާ!

30 ނޮވެމްބަރު 2018
ގޮނޑިއާމެދު ފަހު ބަސް ބުނަން ޖެހެނީ ކޯޓުންކަން ނޭނގިގެނެއް ނޫޅޭ، މި އުޅެނީ ގޮތެއް ނުނިންމައިގެން

ގޮނޑިއާމެދު ފަހު ބަސް ބުނަން ޖެހެނީ ކޯޓުންކަން ނޭނގިގެނެއް ނޫޅޭ، މި އުޅެނީ ގޮތެއް ނުނިންމައިގެން

26 ޖުލައި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

06 ފެބުރުއަރީ 2018
ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

25 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު