Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަނަދޫ މޮނިޓަރިންގ އަށް ގެނައުން

ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެން ނ. މަނަދޫ މޮނިޓަރިންގ އަށް

ސެޕްޓެމްބަރ މަހުގެ 11 ވީ ހުކުރު ދުވަހުގެ އިރުއޮއްސި 19:39 ގައި މަނަދޫ ވަނީ މޮނިޓަރިންގ އަށް ގެނެސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2020 | ހުކުރު 16:31
ނ މަނަދޫ

ނ މަނަދޫ

ނ. މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ސެޕްޓެމްބަރ މަހުގެ 11 ވީ ހުކުރު ދުވަހުގެ އިރުއޮއްސި 19:39 ގައި މަނަދޫ މޮނިޓަރިންގ އަށް ލާފައިވާ ކަމަށެވެ. މޮނިޓަރިންގ އަށް ގެނައި ސަބަބެއް ކަމަށް ބުނެފައިވަނީ ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި އެއްޗެއް އަންގަން ދެން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އެއްވެސް މީހަކު އެރުމަކީ މަނާކަމެއް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާފައިވާ ލިޔުމުގައި ވެއެވެ.

މަނަދޫ މޮނިޓަރިންގ އަށް ލުމާއި ގުޅިގެން އެ ރަށު ކައުންސިލްގެ މެމްބަރު އަހުމަދު ރިޝާދު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވިކަން އެނގިފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު 14 ދުވަސް ހަމަކޮށް ނެގި ރިލީޒް ސާމްޕަލް އަކުން ކަމަށެވެ. އެކަން އެނގުނީ ހުކުރު ދުވަހު އިރުއޮއްސުނުއިރު ކަމަށް ރިޝާދު ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޝާދު ވިދާޅުވި އެވެ.

ނ. މަނަދޫ ވަނީ މީގެކުރިން ވެސް މޮނިޓަރިންގ އަށް ގެނެސްފައެވެ. ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކު މަނަދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. މަނަދޫ މޮނިޓަރިންގ ގައި އެފަހަރު މަސްދުވަސް ވަންދެން އޮތުމަށްފަހު މޮނިޓަރިންގ ގެ ހާލަތު އުވާލީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ.

އެ ރަށުން ނުވަ މީހަކު ކޮވިޑް-19 އަށް އެފަހަރު ޕޮޒިޓިވްވިއެވެ. މަނަދޫ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ކަމަށް ރިޕޯޓް ކުރެވުނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެކަމަކު އެމީހާ ބަލިން ފަސޭހަވި ފަހުން ވަނީ ނިޔާވެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު