Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: އަތޮޅުތެރޭގެ ހާލަތު

ހއ. އަތޮޅުގެ ދެ ރަށަކުން ކޮވިޑްގެ ކޭސްތައް ފެނިއްޖެ!

11 ސެޕްޓެމްބަރު 2020 | ހުކުރު 10:23

އެ ދެ މީހުންނަކީ ފުރަބަންދު ކަރަންޓީންގައި ތިބި ދެ މީހުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 11 ސެޕްޓެމްބަރު 2020 | ހުކުރު 10:23
ހއ. ކެލާ

ހއ. ކެލާ

ހއ. އަތޮޅުގެ ދެ ރަށަކުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކޮށްފިއެވެ.

އެޗްއީއޯސީން ބުނީ، ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ކުރި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެ، ހއ. ކެލާއިން 57 އަހަރުގެ ފިރިހެނަކާއި ހއ. ދިއްދޫއިން 22 އަހަރުގެ އަންހެނެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ،ޖުމްލަ 25 ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. އެންމެ ފަހުން އާންމު ކޮށްފައިވާ ލިސްޓުގައި ވާގޮތުން ކޮވިޑްގެ ކޭސްތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުން ހަމައެކަނި ހިމެނެނީ ދިއްދޫއެވެ. ނަމަވެސް މިއަދު އާންމު ކުރި މައުލޫމާތާއި އެކު ހއ. އަތޮޅުގެ ދެ ރަށަކުން މިހާރު މިވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. މީގެކުރިން ދިއްދޫ އިން ވަނީ ފުރަބަންދުގައި ހުރި މީހަކު ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ އުސޫލުގައި ވާގޮތުން، ޕޮޒިޓިވް ކޭސްތައް ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުން މަޖުބޫރެވެ.

އެޗްއީއޯސީން މީގެކުރިން ބުނެފައިވަނީ، މި ހާލަތުގައި ރަށްތަށް މޮނީޓަރިންގ ހާލަތަށް ބަދަލު ކުރާނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޯމް ކަރަންޓީނުގައި ތިބި ފަރާތްތައް، ކަރަންޓީނުވުމުގެ ގަވާއިދާއި ހިލާފުވެފައިކަން ފާހަގަ ކުރެވިއްޖެނަމަ ކަމަށެވެ. އަދި ފުރަބަންދުން ދޫކޮށްލާ ސާމްޕަލް ޕޮޒިޓިވްވިޔަސް، އެ ފަރާތަކީ ހައި ރިސްކް ކެޓެގެރީއަށް ނުފެތޭ މީހެއް ކަމުގައިވާނަމަ ކަރަންޓީން ފެސިލިޓީއަކަށް ނުގެންދާނެ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެނޫން ހާލަތެއްގައި ރަށް މޮނީޓަރިންގ ހާލަތައް ބަދަލު ނުކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް