Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުައާރޓިސްޓުންގެ ހުނަރު

ފަރަހު ކެންވަސްއަށް ގެނައި ދިރުން

10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:13

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވިގެންދިޔަ ލައިވް އާރޓް އެގްޒިބިޝަން

ރޫނާ ޝިޔާމް
ރޫނާ ޝިޔާމް | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:13
\"ދަ ސާރކްލް ބައި އުގައިލް ފައުންޑޭޝަން\" ގައި ކުރެހުމުގެ ތެރެއިން

\"ދަ ސާރކްލް ބައި އުގައިލް ފައުންޑޭޝަން\" ގައި ކުރެހުމުގެ ތެރެއިން

ރާއްޖޭގައި ހުނަރުގެ ވާހަކަ ދައްކާލާކަމުގައި ވާނަމަ "އާރޓިސްޓް" މި ލަފުޒު ބޭނުން ކުރެވިގެން ދެއެވެ. އެއީ ލަވަކިޔުންތެރިއެއް ކަމުގައި ވިޔަސް، ފިލްމް ސްޓާރެއް ވިޔަސް، ނޫނީ ނެށުންތެރިއެއް ކަމުގައި ވިޔަސްމެއެވެ. އެއީ ދިހަ ވަރަކަށް އަހަރު ކުރިއެވެ. ނަމަވެސް މިހާރު މިހާރު އެންމެ ގިނައިން އެ ބަސް ރައްދުކުރެވެނީ ކުރެހުންތެރިންނެވެ. ގައުމުގެ ކުރިމަގު ބިނާކުރަން ތިބި ޒުވާން ޖީލުގެ ތެރޭގައި މިކަހަލަ އެތަކެއް ހުނަރުވެރިން މިހާރު ވެސް އެބަތިއްބެވެ.

ކުރެހުމަކީ ހަޔާތުގެ އެއްބައި ކަމަށް ގިނަ އާރޓިސްޓުން ސިފަ ކުރަމުން ދެއެވެ. ބަހުން އިހުސާސްތައް ބުނެދޭން ނޭނގޭ ހިނދު މަންޒަރުތައް ކުލަ ތަކުން ޖަރީކޮށް، އާމުންގެ ހިތްތަކުގައި ފިލާ ނުދާނެހެން ކުރަހާލައެވެ. މިއީ ކުރެހުންތެރިންގެ ކުޅަދާނަ ކަމެވެ. އެގޮތުން ޒުވާނުންގެ ތެރެއިން ލާމަސީލު ދިވެހި އާޓިސްޓެއް ކަމުގައި އައިމިނަތު ފަރަހު ފާހަގަ ކޮއްލެވެއެވެ.

އުމުރުން 22 އަހަރުގެ އާޓިސްޓް ފަރަހު އަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގައި އާރކިޓެކްޗާރއިން ޑިގްރީ ހާސިލް ކުރަމުންދާ ކުއްޖެކެވެ. ކުޑައިރުންސުރެށް ކުރެހުމަށް ޝައުގު އުފެދުނުކަމަށް ފަރަހު ފާހަގަކުރަމުން ބުނީ ސީރިޔަސް ކޮށް ކުރެހުމަށް ވަދެވުނީ މީގެ 5 އަހަރު ކުރިންކަމަށެވެ. އާއިލާ އާއި ރައްޓެހިންގެ ފަރާތުން ކުރެހުމަށް އެއްބާރުލުން ލިބޭކަންވެސް ފާހަގަކުރިއެވެ. "ދަ ސާރކްލް ބައީ އުގައިލް ފައުންޑޭޝަން" އިން ބޭއްވި އާރޓް އެގްޒިބިޝަންގައި ފަރަހު ބައިވެރިވީ ކުރެހުމާއި ދުރުވި ދުވަސްކޮޅެއްކަމަށާއި މި އިވެންޓްގައި ބައިވެރި ވެވުމުން ވަރަށް ހިތްހަމަ ޖެހުނުކަމަށް ފަރަހު ބުންޏެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގެންދިޔެ ލައިވް އާރޓް އެގްޒިބިޝަން އެވެ. މި އިވެންޓް ވެގެން ދިޔައީ ޒުވާން އާޓިސްޓުންގެ ހުނަރު ދައްކާލަން ލިބުނު ބޮޑު ފުރުސަތަކަށެވެ. އޮގަސްޓް މަހުގެ ފަނަރަ ވަނަ ދުވަހު ކުރިއަށްދިޔަ މި އިވެންޓްގައި ވަނީ އެކި އުމުރުފުރާގެ ފަރާތްތަކުން ބައިވެރިވެފައެވެ. ފަރަހު ވަނީ މި އިވެންޓްގައި ބައިވެރިވެ އޭނާގެ ހުރި ކުޅަދާނަކަން ދައްކާލައިފައެވެ

ތަފާތު އެކި އެގްޒިބިޝަންތަކުގައި ބައިވެރިވިކަން ފާހަގަ ކުރަމުން ފަރަހު ބުނީ އަބަދުވެސް ބަލަނީ ކޮންމެ އިވެންޓް އެއްގައި ކުރަހާ ކުރެހުމެށް ކުރިއަށް ވުރެން ރަންގަޅު ކުރުމަށެވެ. ތަފާތު އުކުޅުތައް ބޭނުން ކޮއްގެން ކުރެހުމަށް ގެނެވޭ ބަދަލުތަކާއި ކުލަ ތައް ބޭނުން ކޮއްގެން ގެނެވޭ ނަތީޖާތަކުން ދަސްކޮށްގެން ކުރިއަށް ދާކަން ފާހަގަ ކުރިއެވެ. އެންމެ ފުރަތަމަ އެގްޒިބިޝަންއެއްގައި ފަރަހު ގެ ކުރެހުމެހް ބައިވެރި ކުރީ "ވެލާ" ގެ ނަމުގައި 2018 ވަނަ އަހަރު ބޭއްވި " އަންވީލިންގ ވިޝަންސް އެގްޒިބިޝަން" ގައެވެ. މި ކުރެހުމަށް 1 ހަފްތާ ހޭދަވިކަންވެސް ފާހަގަ ކުރި އެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ " އަންވީލިންގ ވިޝަންސް އެގްޒިބިޝަން" ގައި ބައިވެރި ކުރުވި ކުރެހުން "ސެކަންޑްސް" އަށް ހަތަރު ދުވަސް ނެގިކަންވެސް ފަރަހު ބުންޏެވެ.

"ދަ ސާރކްލް ބައީ އުގައިލް ފައުންޑޭޝަން"އިން ބޭއްވި މި އިވެންޓްގައި ފަރަހު ކެންވަސް އަށް ދިރުން ގެނައީ ތަފާތު އެކި ކުލަތައް ބޭނުން ކޮއްގެން "ފާނަ" އެކެވެ. މި ކުރެހުން ނިންމަން ލިބިގެން ދިޔައީ 2 ގަޑިއިރުކަން ފަރަހު ބުންޏެވެ. ބޮޑަށް ބޭނުންވީ އާމުންގެ ލޮލުގައި އަޅައިގަނެވޭވަރުގެ ކުރެހުމެށް ކުރަހަންށެވެ. އަދި ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު ލައިވް އާރޓްގެ ފުރުސަތެއް ލިބުނީމާ ބޮޑަށް ބެލީ ހިތް ހަމަ ޖެހިލައިގެން ޕެއިންޓް ކުރަންކަން ފަރަހު ބުންޏެވެ.

ފަރަހުގެ މި ކުރެހުން ވަނީ އާންމުންގެ ތެރެއިން ނެގި ވޯޓް އަކުން އެއްވަނަ ލިބިފައެވެ. މީގެ އިތުރުން ޕްރޮފެސަރ އުގައިލް ވަނީ އެ ކުރެހުން ކަމުގޮސް އެ ކުރެހުން ގަނެފައެވެ. ޕްރޮފެސަރ އުގައިލް ބުނިގޮތުން އެ ކުރެހުމުގައި ބޭނުން ކޮއްފައިވާ ކުލަތަކުގެ ސަބަބުން ބޮޑަށް އެކުރެހުމަށް ސަމާލުކަން ދެވުން ކަމަށެވެ. އަދި ވިދާޅުވީ މި އިވެންޓްގައި ބައިވެރިވި ހުރިހާ ކުދިންގެ ހުނަރު ފެނިފައި އުފާވެ އަންތަރީސް ވިކަމަށެވެ.

މި ކުރެހުމަށް ލިބުނު ތަރުހީބު ފަރަހު ހުދު އަމިއްލަޔަށް ގަބޫލު ނުކުރެވޭ ކަމަށް ބުންޏެވެ. އިވެންޓްގައި ބައިވެރިވީ އެއްވަނަ ރޭންކް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް އޮވެގެން ނޫންކަމަށް ފާހަގަ ކުރިއެވެ. އަދި ޕްރޮފެސަރ އުގެއިލް ފަރަހުގެ ކުރެހުމަށް ޝައުގު ވެރިކަން އުފެދުންކަން އިންގުމުން ވަރަށް އުފާވި ކަމަށް ބުންޏެވެ.

ފަރަހު ދަނީ އޭނާގެ ކުރެހުންތައް އިންސްޓަގުރާމް (fara.hues)ގައި ހިއްސާ ކުރަމުންނެވެ. ކުރެހުންތައް ބަލާލަން ހިތްގައިމު، މިންނަތް މަސައްކަތުގެ ރޫހު ފެނިގެން ދެއެވެ. އެދެނީ ފަރަހު އަށް އަބަދުމެ ކާމިޔާބީ އަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2021

ފެހުރިހި - ރާއްޖޭގެ ކަނޑުފަޅުގެ އެންމެ ބިޔަ އެއް ދިރުން

18 ފެބުރުއަރީ 2021
ފެހުރިހި - ރާއްޖޭގެ ކަނޑުފަޅުގެ އެންމެ ބިޔަ އެއް ދިރުން
10 ނޮވެމްބަރު 2020

މަސްވެރިކަމުގެ ސިނާޢަތަށާއި އެކްސްޕޯޓަށް ދިރުން ގެންނަން، ސަރުކާރުން އައު ދޮރުތަކެއް ހުޅުވަނީ!

10 ނޮވެމްބަރު 2020
މަސްވެރިކަމުގެ ސިނާޢަތަށާއި އެކްސްޕޯޓަށް ދިރުން ގެންނަން، ސަރުކާރުން އައު ދޮރުތަކެއް ހުޅުވަނީ!
16 އޯގަސްޓު 2020

މޮރިޝަސްގެ ފަރަށް ތެޔޮ ބޯޓެއް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރޭގައި

16 އޯގަސްޓު 2020
މޮރިޝަސްގެ ފަރަށް ތެޔޮ ބޯޓެއް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރޭގައި
30 ސެޕްޓެމްބަރު 2019

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!

30 ސެޕްޓެމްބަރު 2019
ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!
03 ޖޫން 2019

ދެމަފިރިންގެ މަސައްކަތުން އަވަށަކަށް ދިރުން!

03 ޖޫން 2019
ދެމަފިރިންގެ މަސައްކަތުން އަވަށަކަށް ދިރުން!
23 އޮކްޓޯބަރު 2018

ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

23 އޮކްޓޯބަރު 2018
ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!
01 އެޕްރީލު 2018

މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!

01 އެޕްރީލު 2018
މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!
01 އެޕްރީލު 2018

މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟

01 އެޕްރީލު 2018
މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟
05 މާރިޗު 2018

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން
19 ފެބުރުއަރީ 2017

7 ފެބްރުއަރީ ގައި ގެނައި ބަޣާވާތުގެ މޮޑެލް!

19 ފެބުރުއަރީ 2017
7 ފެބްރުއަރީ ގައި ގެނައި ބަޣާވާތުގެ މޮޑެލް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް