Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ މާލީ ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އަހަރެއްގެ ތެރޭގައި 3 މިލިއަން ރުފިޔާ

8 ސެޕްޓެމްބަރު 2020 | އަންގާރަ 18:23

މިއީ މިދިޔަ އަހަރުގެ މެއި މަހު 27 އިން ފެށިގެން މިއަހަރުގެ މެއި މަހު 28ށް ލިބިވަޑައިގަންފައިވާ މުސާރަ އާއި އިނާޔާތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ސެޕްޓެމްބަރު 2020 | އަންގާރަ 18:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރަ އާއި އިނާޔާތުގެ ގޮތުގައި 3،185،036.39 (ތިން މިލިއަން އެއް ލައްކަ އަށްޑިހަ ފަސްހާސް ތިރީސް ހަ) ރުފިޔާ ލިބިވަޑައިގަންފައިވާ ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރުމުންނެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު 27 އިން ފެށިގެން މިއަހަރުގެ މެއި މަހު 28ށް ރައީސް ނަޝީދަށް މުސާރަ އާއި އިނާޔަތުގައި ގޮތުގައި ލިބިވަޑައިގަންފައިވާ ފައިސާ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 73125 ރުފިޔާއެވެ. އަދި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މަރޗް މަހުން ފެށިގެން މުސާރައިގެ 20 އިންސައްތަ އުނިކުރުމާއި ގުޅިގެން މިހާރު މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވަނީ 62500 ރުފިޔާ އެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި އެމަނިކުފާނަށް 172،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75،000 ރުފިޔާ، އެކޮމޮޑޭޝަންގެ ގޮތުގައި 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މަޖިލީހުގެ އިދާރާ އިން މީގެ ކުރިން ބުނެފައިވަނީ ކުރީ ރައީސުންގެ އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވާ މާލީ އިނާޔަތްތަކާއި އެކޮމޮޑޭޝަން އުނިކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަައިގެންފައެވެ. އެހެން ކަމުން މިހާރު އެމަނިކުފާނު ނަންގަވަނީ ހަމައެކަނި އޮފީސް ހިންގުމަށް 87،000 ރުފިޔާ އަދި ސެކިއުރިޓީ އެވެ.

ރައީސް ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުން ބޭންކް އިންޓްރަސްޓްގެ ގޮތުގައި 36،029 ރުފިޔާ އެބަހުރި އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ނަމުގައި ތިން ބޭންކެއްގައި ވާ އެކައުންޓްތަކުގައި 1,715,224.78 (އެއް މިލިއަން ހަތް ލައްކަ ފަނަރަހާސް ދުއިސަތައް ސައްވީސް ހާސް) ރުފިޔާ އެބަހުއްޓެވެ. އެއީ ބީއެމްއެލްއާއި އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައެވެ.

ރައީސް ނަޝިދުގެ ނަމުގައި ލޯނެއް އަދި އެހެން ކުންފުންޏެއްގެ ހިއްސާއެއް އޮތް ކަމަށް މާލީ ބަޔާނުގައި ނެތެވެ. ރައީސް ނަޝީދު ވަނީ ލ. ގަމުން ބިމެއް ބައްލަވައިގަންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް މީގެކުރިން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަމުންނެއް ނުދެއެވެ. ނަމަވެސް މިފަހުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު ވަނީ މެމްބަރުންގެ މާލީ ބަޔާން ޝާއިއު ކުރަން ފަށާފައެވެ.

އެގޮތުން ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، (އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން) ހިމެނޭހެން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި މަޖިލީހުގެ ވެބްސަައިޓުގައި މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރާއިރު 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ ބައި ނުހިމެނާ އެ ޝާއިއު ކުރަން ވާނެކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް