Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ ވަހީދު ފުލުހަށް ހާޒިރުކުރުން

ޑރ ވަހީދު މިއަދު ހަވީރު ފުލަހަށް ހާޒިރުކުރަނީ

ރައީސް ވަހީދު ފުލުހަށް ހާޒިރުވާންޖެހެނީ އަންގާރަ ދުވަހުގެ ހަވީރު 16:00 އަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ސެޕްޓެމްބަރު 2020 | އަންގާރަ 01:54
ޑރ ވަހީދު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު މީޑިޔާއާ ވާހަކަ ދައްކަވަނީ

ޑރ ވަހީދު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު މީޑިޔާއާ ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންގާރަ ދުވަހު ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ ވަހީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 16:00 އަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ހިލާފުވުމުގެ ސަބަބުން ޑރ. ވަހީދު ވަނީ މިދިޔަ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ފުލަހަށް ހާޒިރުކޮށްފައެވެ.

ރައީސް ވަހީދު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުންނެވެ. އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ އަދަދެއްގެ ބަޔަކުވަނީ މާސްކު ނާޅައި މުޒާހަރާކޮށްފައެވެ. އަދި މި އެއްވުމުގައި ގައިދުރުކަން އިސްކޮށްފައެއްވެސް ނުވެއެވެ. އެހެންކަމުން އެދުވަހު ބޭއްވި އެއްވުން ބަލައި ފިޔަވަޅުއަޅާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި އެއްވުމަކީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވަނިކޮށް ބޭއްވި އެއްވުމެކެވެ. މިމުޒާހަރާގައި ޑރ. ވަހީދު ފެނިގެން ގޮސްފައިވަނީ މާސްކް އެޅުއްވުމެއް، ގައިދުރުކަން ބެހެއްޓުމެއް ނެތި އުޅުއްވި މަންޒަރެވެ.

އެކަމާއި ގުޅިގެން ޑރ ވަހީދު ފުލަހަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު މީޑިޔާ އާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ ހިތްތައް ކެކިއެރުމުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ބޮޑު މަންޒަރު ސަރުކާރަށް ދައްކާނެކަމަށެވެ.

މީގެއިތުރުން ޑރ ވަހީދު ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކާ ހިލާފު ވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ފުލުހުން ސުވާލު ކުރި ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން ކުރިއަށްދާން ނިންމީ ގާނޫނީ ވަކީލެއް ކަނޑައެޅުމަށްފަހު ކަމަށްވާތީ އެއްވެސް ޖަވާބެއް ދީފައިނުވާނެ ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަފުޅުދައްކަވަން ފަސޭހަފުޅަށް ކަމަށާއި ފުލުހަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު