Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިންގަލް ވިންޑޯ މަޝްރޫއު

ސިންގަލް ވިންޑޯ މަޝްރޫގައި އޭ.ޑީ.ބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާއި ޚިލާފުކަމެއް ހިނގާފައެއް ނެތް!

މަޝްރޫއު އޭރު އެވާރޑް ކޮށްފައިވަނީ އޭޑީބީގެ ކޮންސަލްޓަންޓުންގެ ލަފަޔާވެސް އެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2020 | ހޯމަ 12:21
ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ- ފިނޭންސް މިނިސްޓްރީން ވަނީ ސިންގަލް ވިންޑޯ މަޝްރޫއުގެ ކަންކަން ހިނގި ގޮތް ނޫސްވެރިންނަށް ސާފުކޮށްދީފައި

ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ- ފިނޭންސް މިނިސްޓްރީން ވަނީ ސިންގަލް ވިންޑޯ މަޝްރޫއުގެ ކަންކަން ހިނގި ގޮތް ނޫސްވެރިންނަށް ސާފުކޮށްދީފައި

"ނެޝަނަލް ސިންގަލް ވިންޑޯ" މަޝްރޫގައި ކޮރަޕްޝަން އެކުލެވިގެންވާތީ މަޝްރޫއަށް ފަންޑުކުރާ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އެ މަޝްރޫއު ހުއްޓުވާފައިވާކަމަށް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރަކީ ދޮގު ހަބަރެއްކަން ހާމަވެއްޖެއެވެ.

ހޯމަ ދުވަހު ހަވީރު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހުސައިން ހަމީމް ވިދާޅުވީ، މި މަޝްރޫޢުގެ ބީލަމުގެ މަރުހަލާއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެއް 2020 މާރިޗު 3 ގައި މިނިސްޓްރީގެ ސަމާލުކަމަށް އައި ކަމަށެވެ. އަދި އެކަން ސަމާލުކަމަށް އައުމުން އެ ދުވަހުން ދުވަހަށް އޭޑީބީގެ ސަމާލުކަމަށް އެކަން ގެނެސް، މި މަޝްރޫޢުގެ ބީލަމުގެ މަރުހަލާގެ ރިވިއު އެސެސްމަންޓެއް ހެދުމަށްފަހު އޭޑީބީއަށް ހުށައަޅާނެކަން އޭރު އަންގާފައިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ވަނީ ރިވިއު އެސެސްމަންޓުގައި ފާހަގަވި ބައެއް ކަންކަން ހިއްސާ ކޮށްފައެވެ. އެގޮތުން މަޝްރޫޢުގެ ބީލަން ކާމިޔާބުކުރި ވެބް ފޮންޓެއިން އޭޝިއާ އިންކް އަކީ ފިލިޕީންސް ގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަމާއި، ފިލިޕީންސްއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ "ލިސްޓް އޮފް މެމްބަރ ކަންޓްރީސް" ގެ ތެރޭގައި ހިމެނޭ އަސްލު ކުންފުންޏެއްކަން ކުންފުންޏެއްކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ނަމަވެސް، އެ ކުންފުނިން މި މަޝްރޫޢުއަށް ބީލަން ހުށަހެޅި އިރު މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ ވެބް ފޮންޓެއިން އެފް.ޒެޑް.އެލް.އެލް.ސީ (ޔޫ.އޭ.އީ) ގެ ލިޔުންތައް ކަމަށާއި، އޭރު އިވެލުއޭޝަން ޓީމަށް އެކަން ފާހަގަވެފައި ނުވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް އެއީ ފިލިޕީންސްގައި އުފައްދާފައިވާ "ޕޭޕަރ ކޮމްޕެނީ" އެއް ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައި އޮތް ނަމަވެސް އޭޑީބީގެ ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައި އޮތް ކުންފުންޏެއް އެއީ "ޕޭޕަރ ކޮމްޕެނީ" އެއް ނޫންކަން ފިނޭންސް މިނިސްޓްރީން ހާމަ ކުރި މައުލޫމާތުން ސާފުވެއެވެ.

މިނިސްޓްރީން ބުނީ، މަސައްކަތުގެ ތަޖުރިބާ ދެއްކުމުގެ ގޮތުން ބިޑް ކާމިޔާބު ކުރި ވެބް ފޮންޓެއިން އޭޝިއާ އިންކް (ފިލިޕީންސް) އިން ލިޔެކިޔުން އޮޅުވާލާފައި ނުވާކަންވެސް މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، މަޝްރޫއު އޭރު އެވާރޑް ކޮށްފައިވަނީ އޭޑީބީގެ ކޮންސަލްޓަންޓުންގެ ލަފަޔާވެސް އެކު ކަމަށާއި، އޭޑީބީގެ "ނޯ އޮބްޖެކްޝަން" ލިބި މަޝްރޫއު ކުރިއަށް ގެންދިއުމަށް އޭޑީބީން އިއުތިރާޒެއް ނެތްކަންވެސް އަންގާފައިވަނިކޮށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އޭރު ކުންފުންޏާ ގުޅޭ ހުރިހާ މައުލޫމާތުތަކެއްވެސް އޭޑީބީއާ ހިއްސާ ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫޢަށް ހުއްދަ ދިން އިރު އެބޭންކަށްވެސް ވެބް ފޮންޓެއިން އޭޝިއާ އިންކް (ފިލިޕީންސް)ގެ ތަޖުރިބާގެ ލިޔުންތަކުގެ ގޮތުގައި ހުރީ ވެބް ފޮންޓެއިން އެފް.ޒެޑް.އެލް.އެލް.ސީ (ޔޫ.އޭ.އީ) ގެ ލިޔުންތައް ކަން ފާހަގަވެފައިނުވާކަމަށް މައުލޫމާތު ދީފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި ކަމުގައި އޭ.ޑީ.ބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާއި ޚިލާފުކަމެއް ކޮށްފައިވާކަން އެ ބޭންކަށް ނުބެލެވޭތީ އާއި މި މަޝްރޫޢުގެ ބީލަމުގެ މަރުހަލާގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ އަމަލެއް އެ ބޭންކަށް ފާހަގަކުރެވިފައިނުވާކަން ބޭންކުންވެސް އަންގާފައިވާ ކަމަށެވެ. އެއާއެކު އަލުން މި މަޝްރޫއަށް ހުޅުވާލާއިރު ވެބް ފޮންޓެއިން އޭޝިއާ އިންކް (ފިލިޕީންސް) އަށްވެސް ބިޑުކުރުމުގައި ބައިވެރި ވުމުގެ ފުރުސަތު އޮތްކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ޕްރޮޖެކްޓުގެ ބިޑިންގ މަރުޙަލާ އަލުން ކުރިއަށް ގެންދިއުމުން އޭޑީބީގެ ފަންޑު ލިބޭނެކަން ފާހަގަ ކުރައްވައި މިނިސްޓްރީން ބުނީ، މިމަސައްކަތް ރީ-ބިޑިންގއަކަށް ދިޔުމަށް ކުރަންޖެހޭ ކަންތައްތަކާއިމެދުވެސް އެ.ޑީ.ބީ އާއެކު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން ވަކިކުރެވޭ އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން ވަކިކުރެވޭ އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

15 މާރިޗު 2018
އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުން ވަކިކުރުމުގެ ބިލަކީ ބާތިލް ދެ ބިލް: ޕީޕީއެމްގެ ބައެއް މެމްބަރުން

އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުން ވަކިކުރުމުގެ ބިލަކީ ބާތިލް ދެ ބިލް: ޕީޕީއެމްގެ ބައެއް މެމްބަރުން

14 މާރިޗު 2018
12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅައި އެންޓި-ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި

12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅައި އެންޓި-ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި

13 މާރިޗު 2018
އެންޓި ޑިފެކްޝަން ބިލަކީ ވުޖޫދު ކުރެވޭނެ ޤާނޫނެ ނޫން، ބިލް ޤާނޫނު އަސާސީއާ ހިލާފު: ހަނީފާ

އެންޓި ޑިފެކްޝަން ބިލަކީ ވުޖޫދު ކުރެވޭނެ ޤާނޫނެ ނޫން، ބިލް ޤާނޫނު އަސާސީއާ ހިލާފު: ހަނީފާ

12 މާރިޗު 2018
އެންޓި ޑިފެކްޝަން ބިލަކީ ސީދާ ޢައިރު ޤާނޫނީ ބިލެއް: އިންތި

އެންޓި ޑިފެކްޝަން ބިލަކީ ސީދާ ޢައިރު ޤާނޫނީ ބިލެއް: އިންތި

10 މާރިޗު 2018

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު