Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

މަޖިލީހަށް އެންޓި ޑިފެކްޝަން ގާނޫނު ހުށަހެޅުމަކީ މަޖިލީހުގެ މެންބަރުން ލައްވާ އެމީހުންގެ އަދަވަޅުކޮނުން ފަދަ ކަމެއް: އީސަ

8 މާރިޗު 2018 | ބުރާސްފަތި 13:37

ރައްޔިތުންގެ މަޖިލިސް ވަނީ ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 8 މާރިޗު 2018 | ބުރާސްފަތި 13:37
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ

ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ

ރައްޔިތުންގެ މަޖިލީހަށް އެންޓި ޑިފެކްޝަން ގާނޫނު ހުށަހެޅުމަކީ މަޖިލީހުގެ މެންބަރުން ލައްވާ އެމީހުންގެ އަދަވަޅުކޮނުން ފަދަ ކަމެއް ކަމަށް ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ (އީސަ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، މިއަދު ފެނިގެންދަނީ ގާނޫނު ހަދާ މަޖިލީހުގެ ބާރު ކަނޑުވާލި މަންޒަރު ކަމަށާއި ގާނޫނު ހަދާ މަޖިލީހަކީ ގާނޫނު އަސާސީގައި ބުނެފައިވާގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ގާބިލްކަން ހުރި ތަނެއްގެ ގޮތުގައި މިއަދު ނުފެންނަ ކަމަށެވެ. މިއަދު ރައްޔިތުންގެ މަޖިލީހަކީ ސިފައިންނާއި ފުލުހުންގެ ބާރުގެ ދަށުގައި ބާއްވައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުގައި ގާނޫނީ ސިފަ ޖެއްސުމަށްޓަކައި ހިސޯރުކޮށްގެން އުޅޭ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

" އެންޓި-ޑިފެކްޝަން ގާނޫނު ފާސްކޮށްފި ކަމުގައިވާ ނަމަ އެގާނޫނު ފާސް ކުރާ މެންބަރުންގެ ނިމުން މާ ހިތިވާނެ. އެބޭފުޅުން ރޯންޖެހޭ ރުއިން އަދާކުރަންޖެހޭ އަގު މާބޮޑުވާނެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ކަލެކްޓިވްލީ ނިކުމެ، މި ގާނޫނު ފާސްނުކުރާނެ ކަމަށް ބުނަންޖެހޭ." އީސަ ވިދާޅުވި އެވެ

އީސަ އިތުރަށް ވިދާޅުވީ، މި ގާނޫނު ފާސްކޮށްފި ކަމުގައިވާ ނަމަ މެންބަރުން ދިރިތިއްބާ ވަޅުލުމަކާ އެއްވެސް ތަފާތެއް ނެތް ކަމަށާއި މިފަދަ ގާނޫނެއްގެ ތެރެއިން މެންބަރުން އުމުރު ދުވަހަށް އަޅުވެތި ވެގެންދާނެ ކަމަށެވެ.

މިގާނޫނާއި އެކު މަޖިލީސް މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް އަމިއްލައަށް ނިންމެނީ ކަމަށް އީސަ ވިދާޅުވި އެވެ. މިކަމާ މެންބަރުން ވެސް ވިސްނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެފަދަ މެންބަރުން ރައްޔިތުންނާއެކު ނިކުންނާނެ ކަމަށް އީސަ ވިދާޅުވިއެވެ.

އެންޓި-ޑިފެކްޝަން ގާނޫނުގައިވާގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރަކަށް ކަނޑައަޅާފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން އިލެކްޝަންސް ކޮމިޝަންއިން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ އެވެ.

މިބިލުގައިވާ ގޮތުން މިބިލް ގާނޫނަކަށް ބަދަލުވެ، މި ގާނޫނުގެ މަގްސަދު ހާސިލް ކުރުމަށްޓަކައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، އުސޫލުތައް ހިމެނޭ ގަވާއިދެއް އެކުލަވާލަންޖެހެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް