Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިންގަލް ވިންޑޯ މަޝްރޫއު

"ސިންގަލް ވިންޑޯ މަޝްރޫއު އޭޑީބީން ހުއްޓުވައެއް ނުލާ، މަޝްރޫއު ސަސްޕެންޑް ކުރަން ނިންމީ ފިނޭންސް މިނިސްޓްރީން"

މަޝްރޫއު އޭރު އެވާރޑް ކޮށްފައިވަނީ އޭޑީބީގެ ކޮންސަލްޓަންޓުންގެ ލަފަޔާވެސް އެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2020 | ހޯމަ 08:55
ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އިކޮނޮމިކް މިނިސްޓްރީއާއި ގުޅުންހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލެވޭނެ

ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އިކޮނޮމިކް މިނިސްޓްރީއާއި ގުޅުންހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލެވޭނެ

ބޯޑަރުގައި ހަރަކާތްތެރިވާ މުހިއްމު 7 މުއައްސަސާއެއް އެއް ވިއުގައަކުން ގުޅާލުމަށް މި ސަރުކާރުން ފަށާފައިވާ "ނެޝަނަލް ސިންގަލް ވިންޑޯ" މަޝްރޫއަށް ފަންޑުކުރާ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އެ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވިޔަސް އެއީ ހަގީގަތެއް ނޫންކަން ރާއްޖެއެމްވީއަށް ކަށަވަރު ކުރެވިއްޖެއެވެ.

އޭޑީބީގެ އެންގުމާ އެއްގޮތަށް އެ މަޝްރޫއު ނެޝަނަލް ޓެންޑަރ ބޯޑުން މިހާރު ކެންސަލް ކޮށްފައިވާ ކަމަށާއި، މިއީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޮޑު ޖަމާއަތަކުން މިފަދަ ގޮތަކަށް ރާއްޖޭގެ މަޝްރޫއުއެއް ހުއްޓުވި ފުރަތަމަ ފަހަރު ކަމަށް އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އިން ވަނީ ރިޕޯޓް ކޮށްފައެވެ.

Advertisement - newsAdvertisement

"މިހާރު" ނޫހުން މި ގޮތައް ރިޕޯޓް ކޮށްފައިވާއިރު، ޓެންޑަރ ބޯޑަކީ މަޝްރޫއުތައް ކެންސަލް ކުރުމުގެ މެންޑޭޓް އޮންނަ ބޯޑެއް ނޫންކަން ފާހަގަ ކުރެވެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަޝްރޫއު އެވާރޑް ކުރުމުގައި އިވެލުއޭޝަންގައި ބަލަންޖެހޭ ކަންކަން ފުރިހަމައަށް ނުބަލައި ހުރިކަން ފާހަގަވި ހިސާބުން ފިނޭންސް މިނިސްޓްރީން އޭޑީބީގެ ލަފަޔާއެކު އެ މަޝްރޫއު ވަގުތީ ގޮތުން ސަސްޕެންޑް ކުރި ކަމަށެވެ.

އޭގެ އިތުރުން، މަޝްރޫއު އޭރު އެވާރޑް ކޮށްފައިވަނީ އޭޑީބީގެ ކޮންސަލްޓަންޓުންގެ ލަފަޔާވެސް އެކު ކަމަށާއި، އޭޑީބީގެ "ނޯ އޮބްޖެކްޝަން" ލިބި މަޝްރޫއު ކުރިއަށް ގެންދިއުމަށް އޭޑީބީން އިއުތިރާޒެއް ނެތްކަންވެސް އަންގާފައިވަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަަމަވެސް، ޕްރޮޖެކްޓުގެ އިވެލުއޭޝަނާ ގުޅިގެން ފެންމަތިވި މައްސަލަތަކާއެކު، އޭޑީބީއާ މަޝްވަރާ ކުރެވި، އަލުން ރިވިއު ކުރުމަށްފަހު، މަޝްރޫއު އެވޯޑް ކުރިފަރާތާއެކު މަސައްކަތް ކުރިއަށް ނުގެންދަން ނިންމުމުގައި ފިނޭންސް މިނިސްޓްރީންވެސް އޭޑީބީއަށް ލަފާދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޕްރޮކިއުމަންޓް އެސަސްމަންޓް ރިޕޯޓްގެ ހޯދުންތަކަށް ބަލައި، މިހާރު އެވޯޑް ކުރެވިފައިވާ ކޮންޓްރެކްޓާއި ގުޅޭގޮތުން ގޮތެއް އޭ.ޑީ.ބީގެ މަޝްވަރާގެ މަތިން ދިވެހި ސަރުކާރުން ހުސްވި އޯގަސްޓް މަހު ގޮތެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ނިންމާފައިވަނީ މިހާރު ސޮއިކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށާއި، އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އޭ.ޑީ.ބީ އާއެކު ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރު ބަޔަކާއެކު، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އޭޑީބީއާއެކު މަޝްވަރާ ކުރެވެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީން ޚާއްސަ ސްޓޭޓްމަންޓެއް ނެރޭނެ ކަމަށެވެ.

ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް އެއް ވިއުގައަކުން ގުޅާލުމަށް ފެށި މި މަޝްރޫއުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީގެ އޮފް ޑިފެންސްގެ އައިޓީ ނިޒާމުތައް ގުޅުވާލުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުކުޅަހުގެ ނަރުދަމާ މަޝްރޫއުގައި ސޮއިކުރުން – އާދަޔާ ޚިލާފު އިވެންޓެއް!

އުކުޅަހުގެ ނަރުދަމާ މަޝްރޫއުގައި ސޮއިކުރުން – އާދަޔާ ޚިލާފު އިވެންޓެއް!

20 ސެޕްޓެމްބަރު 2017
ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީ ވަނީ އިތުރުވެފައި:އައިއެމްއެފް

ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީ ވަނީ އިތުރުވެފައި:އައިއެމްއެފް

17 ޖުލައި 2017
އަހަރެން ސިންގަލްކޮށް މިހުންނަނީ އަޖޭގެ ސަބަބުން: ތައްބޫ

އަހަރެން ސިންގަލްކޮށް މިހުންނަނީ އަޖޭގެ ސަބަބުން: ތައްބޫ

30 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު