Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް

ރިސޯޓްތަކުގެ މުވައްޒަފުންނަށް ޑިއުޓީ ނިންމާފައި ރަށަށް ދެވޭނެ ފުރުސަތު ލިބިދޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ފާސްކޮށްފި

6 ސެޕްޓެމްބަރު 2020 | އާދީއްތަ 10:13

ވަޒީފާގެ މަސައްކަތު ގަޑި ނިމުމުން ރިސޯޓުގައި ނުވަތަ އުޅަނދުގައި ނުވަތަ އެ ސައިޓެއްގައި ހުރުމަށް މަޖުބޫރެއް ނުކުރެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 10:13
ރިސޯޓްތަކުގެ ވަޒީފާ އަދާ ކުރާ ފަރާތްތަކެއް، ވަޒީފާއަދާ ކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމާއި މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުމަށް ގޮވާލާ ޝުއޫރު ފާޅުކުރަނީ--

ރިސޯޓްތަކުގެ ވަޒީފާ އަދާ ކުރާ ފަރާތްތަކެއް، ވަޒީފާއަދާ ކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމާއި މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުމަށް ގޮވާލާ ޝުއޫރު ފާޅުކުރަނީ--

ރިސޯޓްތަކުގެ މުވައްޒަފުން ވަޒީފާގެ މަސައްކަތު ގަޑި ނިމުމުން، ރަށަށް ދާން ބޭނުންވާ މުވައްޒަފުންނަށް ރަށަށް ދެވޭނެ ފުރުސަތު ފަހިވާ ގޮތަށް ރިސޯޓްތަކުގެ މެނޭޖްމަންޓުން އަމަލު ކުރުން ލާޒިމުވާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހާއެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވަޒީފާ އަދާ ކުރާ ފަރާތް އޭނާ ވަޒީފާ އަދާ ކުރަން ޖެހޭ ގަޑި ނިމުމުން، ވަޒީފާ އަދާ ކުރާ ތަނުގައި ހުރުން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި އެތަނަށް އައިސް، ދިއުމަށް ފުރާ ދުއްވާ އުޅަނދަށް އެރުމުގެ ފުރުސަަތު ވެސް ދޭންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ އެ ހައްގަކީ ބައެއް ރިސޯޓްތަކުގެ މުވައްޒަފުންނަށް މިހާރު ވެސް ލިބެމުންދާ ހައްގެއް ނަމަވެސް، އެހައްގު ނުލިބޭ ގިނަ ރިސޯޓް މުވައްޒަފުން ތިބި ކަމަށެވެ.

މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު، ބަޔާން ކުރާ، ވަޒީފާއާބެހޭ ގާނޫނުގެ 1-34 ވަނަ މާއްދާގެ (ހ)އަށް ހިސާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ، މުވައްޒަފަކު އޭނާ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތް ކުރާ ސައިޓްގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާ ދޭ ފަރާތުން އޭނާ އަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ. އަދި މުވައްޒަފަކު އޭނާ ވަޒީފާ އަދާ ކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ ވަޒީފާ އަދާ ކުރާ ތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަން ޖެހޭ ގަނޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒީފާ ދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ށ)ގެ ގޮތުގައި ހިސާން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މަސައްކަތު ގަޑި ނިމުމުން، މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާ ދުއްވާ އުޅަނދެއް ބޭނުންވެއްޖެނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރި ކުރުމުގެ ހުއްދަ ވަޒީފާ ދޭފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެ ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ ރަށްރަށުގައި ދިމާވާ ވަޒީފާއާބެހޭ މައްސަލަތައް، ވަޒީފާއާބެހޭ ޓްރަބިއުނަލަށް ހުށަހެޅުމަށްޓަކައި، ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެ ފުރުސަތު ލިބިގެންދާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ކޯޓު މެދުވެރިކޮށް ބެލުން، ބަޔާންކޮށް، ވަޒީފާއާބެހޭ ގާނޫނުގެ 1-87 ވަނަ މާއްދާގެ (ހ)އަށް، ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، މާލެ ފިޔަވައި އެހެން ރަށްރަށުގައި އުފެދޭ ވަޒީފާއާބެހޭ މައްސަލަތައް، އެ މައްސަލައެއް އުފެދުނު ރަށު ކޯޓު މެދުވެރިކޮށް ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.

މި މާއްދާގެ (ށ)އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ވަޒީފާއާބެހޭ މައްސަލަތައް، މައްސަލަ ހުށަހެޅުނު ކޯޓު މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. މިގޮތަށް ހުށަހަޅާ މައްސަލަތަކުގައި ވެސް ގޮތެއް ނިންމާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ. ހަމަ މި މާއްދާގެ (ނ)އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، މިމާއްދާގެ ދަށުން ރަށު ކޯޓުތައް މެދުވެެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު މި ގާނޫނަށް އަމަލު ކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެކުލަވާލައި އާންމު ކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވަޒީފާއާބެހޭ ގާނޫނަކީ 90 މާއްދާގެ މައްޗަށް 2008 ވަަނަ އަހަރު ވުޖޫދުވި ގާނޫނެކެވެ.

މި ގާނޫނަށް ސަރުކާރުގެ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ ފަރާތުން ގިނަ އިސްލާހުތަކެއް ވަނީ ހުށަހެޅި، ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް