Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ވައިނަލްޑަމަށް ފާރަލުން

ލިވަޕޫލުން ވައިނަލްޑަމް ބާސާއަށް ވިއްކާނީ 15 މިލިޔަން ޕައުންޑަށް

6 ސެޕްޓެމްބަރު 2020 | އާދީއްތަ 09:05

ވައިނަލްޑަމް ގަތުމަށް ބާސާއިން ޚަރަދުކުރަން ބޭނުންވަނީ 10 މިލިޔަން ޕައުންޑް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 09:05
ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް

ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް

ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ބާސެލޯނާއަށް ވިއްކާނީ 15 މިލިޔަން ޕައުންޑަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސާއިން އެޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް، އޭނާ ކުރީގެ ކުލަބު ސެއްވިޔާއަށް ވިއްކާލާފައިވާއިރު، މިހާރު އަންނަނީ ވައިނަލްޑަމް ގަތުމަށް މަސައްކަތް ކުރަމުންނެވެ. ވައިނަލްޑަމް އަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ.

ބާސާއިން ވައިނަލްޑަމް ގަތުމަށް މަސައްކަތް ކުރި ނަމަވެސް، ލިވަޕޫލުން ވަނީ ވައިނަލްޑަމް އެ ކުލަބުގައި ބެހެއްޓުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުން އެކަން ކާމިޔާބުނުވެ، ވައިނަލްޑަމް ވިއްކުމަށް އަގެއް ކަނޑައަޅާ، ލިވަޕޫލުން މިހާރު ވަނީ ބާސާއަށް އެކަން އަންގާފައެވެ. އެގޮތުން ލިވަޕޫލުން ވައިނަލްޑަމް ވިއްކާލާނީ 15 މިލިޔަން ޕައުންޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އުމުރުން 29 އަހަރުގެ މިޑްފީލްޑަރަށް ބާސާއިން ޚަރަދުކުރަން ބޭނުންވަނީ 10 މިލިޔަން ޕައުންޑް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވައިނަލްޑަމް ބާސާއަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު، އޭނާ މިވަގުތު ލިވަޕޫލްގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 187 މެޗުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

ބާސާއިން ވައިނަލްޑަމް ގަތުމަށް މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން ވަނީ އައު ސީޒަނަށް ޔުވެންޓަސްއަށް ކުޅުނު ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ގެނެސްފައެވެ. އަދި ބާސާއިން އަންނަނީ އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި

26 އޯގަސްޓު 2017
ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި
26 އޯގަސްޓު 2017

ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

26 އޯގަސްޓު 2017
ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ
18 އޯގަސްޓު 2017

ބާސާއަށް ޑްރެކްސްލާ ނުވިއްކާނެ

18 އޯގަސްޓު 2017
ބާސާއަށް ޑްރެކްސްލާ ނުވިއްކާނެ
13 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

13 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟
10 އޯގަސްޓު 2017

ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް

10 އޯގަސްޓު 2017
ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް
15 ޖުލައި 2017

ސެމޭޑޯ ބާސާއަށް

15 ޖުލައި 2017
ސެމޭޑޯ ބާސާއަށް
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް