Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައި ވަނީ 105 މިލިއަން ޔޫރޯއަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 އޯގަސްޓު 2017 | ހޮނިހިރު 04:50
ބާސާއާއި އަލަށް ގުޅުނު އުސްމާން ޑެމްބެލޭ

ބާސާއާއި އަލަށް ގުޅުނު އުސްމާން ޑެމްބެލޭ

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން ދިޔަ ފްރާންސްގެ ވިންގާ އުސްމާން ޑެމްބެލޭ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައި ވަނީ 105 މިލިއަން ޔޫރޯއަށެވެ. ބާސާއިން ވަނީ މި ފީގެ އިތުރުން އެކިއެކި ބޯނަސްގެ ގޮތުގައި 42 މިލިއަން ޔޫރޯ ޑޯޓްމަންޑަށް ހުށަހަޅާފައެވެ. ޑެމްބެލޭގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ހަމަޖައްސާފައި ވަނީ 400 މިލިއަން ޔޫރޯ އެވެ.

މި ޓްރާންސްފާއާއި އެކު ޑެމްބެލޭ ވެގެން ދާނީ ދުނިޔޭގެ ދެވަނަ އަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާ އަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއެވެ.

ބާސާގެ ރަސްމީ ވެބްސައިޓުގައި ވާ ގޮތުން ޑެމްބެލޭ އާދިއްތަ ދުވަހުގެ ވަގުތެއްގައި ބާސެލޯނާގައި އޭނާގެ މެޑިކަލް ފުރިހަމަ ކުރާނެއެވެ. އަދި ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދައްކާލާނީ ހޯމަ ދުވަހުއެވެ.

ޑެމްބެލޭއަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ދުވެލި ބާރު އަދި ދެފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެކެވެ. ޑޯޓްމަންޑަށް ކުޅުމުގެ ކުރިން ޑެމްބެލޭ ވަނީ ފްރާންސްގެ ރެނޭސްއަށްވެސް ކުޅެފައެވެ.

އޭނާގެ އުމުރުން 20 އަހަރުވީ އިރު އޭނާ ވަނީ ޖުމްލަ ހަތް ފަހަރަކު ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައެވެ. އަދި މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 49 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

މިއީ މި ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ގެނައި ފަސް ވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މީގެ ކުރިން ބާސާއިން ވަނީ ޑިފެންޑަރުން ކަމަށްވާ ނެލްސަން ސެމޭޑޯއާއި މާލޮން ސަންޓޯސްގެ އިތުރުން ޕައުލީނިއޯއާއި ޖެރާޑް ޑެއުލޮފޫ ގެނެސްފައެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު