Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްފުށި ކައުންސިލްގެ މައްސަލަ

ދިއްފުށި ކައުންސިލްގެ މާލީ ހިސާބުތައް ދިމާނުވޭ: އޮޑިޓް

5 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:39

ފައިނަލް ބަޖެޓާއި ކުރި ޚަރަދުގެ ސައްހަ އަދަދު ނުހިމަނާނަމަ މާލީބަޔާނުގެ ސައްހަކަން ގެއްލިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:39
ކ.ދިއްފުށި، އުސޫލާ އެއްގޮތަށް ބަޖެޓުން ހޭދަ ކުރެވުނު ގޮތް ބަޔާންކުރުމަށް ލަފާދީފައިވޭ

ކ.ދިއްފުށި، އުސޫލާ އެއްގޮތަށް ބަޖެޓުން ހޭދަ ކުރެވުނު ގޮތް ބަޔާންކުރުމަށް ލަފާދީފައިވޭ

ކ. ދިއްފުށީ ކައުންސިލްގެ ފައިނަލް ބަޖެޓުގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ޕަބްލިކް އެކައުންޓިންގ ސިސްޓަމުން ދައްކާ އަދަދާ ދެމެދު ފަރަގު ހުރި ކަމަށް އޮޓިޑް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލީ ބަޔާން ތައްޔާރު ކުރަންވާނީ "އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް" އިން ނެރެ ޝާއިއުކުރާ "އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް (އިޕްސަސް): ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" އާ އެއްގޮތަށް ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފާސްކުރި ބަޖެޓް އާންމުކޮށްފައިވާ މުއައްސަސާތަކުން އެ ތަނަކުން ޒިންމާވާން ޖެހޭ ފާސްކުރި ބަޖެޓާއި ހިނގި ޚަރަދު ގެ މައުލޫމާތު އަދި ފާސްކުރި ބަޖެޓާއި ފައިނަލް ބަޖެޓުގެ މައުލޫމާތު މާލީ ބަޔާންތަކުގައި ހިމަނަން ޖެހޭ ކަމަށް އޮޑިޓުން ބުނެއެވެ.

ނަމަވެސް، ދިއްފުށި ކައުންސިލުގެ އިދާރާގެ ފާސް ކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަ ކުރެވުނު ގޮތުގެ ބަޔާނުގައި ފައިނަލް ބަޖެޓުގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކާއި، ޕަބްލިކް އެކައުންޓިންގ ސިސްޓަމުން ފައިނަލް ބަޖެޓްގެ ގޮތުގައި ދައްކާ އަދަދުތަކާއި ދެމެދު ޖުމްލަ 100,979 (އެއް ސަތޭކަ ހާސް ނުވަ ސަތޭކަ ހަތްދިހަ ނުވައެއް) ރުފިޔާ ގެ ފަރަގު އެބަހުރި ކަމަށެވެ. އެހެންކަމުން އެ ބަޔާނުގައި ފައިނަލް ބަޖެޓުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ސައްހަ ނޫން ކަމަށް އޮޑިޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓުން ބުނީ ފާސްކުރެވުނު ބަޖެޓާއި އެބަޖެޓުން ހޭދަކުރި ގޮތުގެ ބަޔާނުގައި ފައިނަލް ބަޖެޓާއި ކުރި ޚަރަދުގެ ސައްހަ އަދަދު ނުހިމަނާނަމަ މާލީބަޔާނުގެ ސައްހަކަން ގެއްލިގެން ދާނެ ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ލަފާދީފައިވަނީ "އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް (އިޕްސަސް): ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ"ގައި ވާގޮތުގެ މަތިން ކައުންސިލުގެ އިދާރާގެ ފާސް ކުރި ބަޖެޓާއި، ހިނގި ހަރަދާއި، ފައިނަލް ބަޖެޓުގެ ގެ މައުލޫމާތު ފާސް ކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަ ކުރެވުނު ގޮތް ބަޔާނުގައި ހިމެނުމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް