Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އާއި ސިއްހީ މަސައްކަތްތެރިން

ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދިނުމުގައި އުޅުނު 7000 ސިއްހީ މަސައްކަތްތެރިންގެ ފުރާނަ ގެއްލިއްޖެ

އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރާ ގައުމަކީ މެކްސިކޯ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ސެޕްޓެމްބަރު 2020 | ހުކުރު 15:00
ސިއްހީ މަސައްކަތްތެރިއަކު ޕީޕީއީ އަޅައިގެން

ސިއްހީ މަސައްކަތްތެރިއަކު ޕީޕީއީ އަޅައިގެން

ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރި ވަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން މިހާތަނަށް އައިއިރު 7000 މީހުން މަސައްކަތުގައި އުޅެނިކޮށް މަރުވެފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފި އެވެ.

އެއިދާރާއިން މިކަމާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު ވަނީ ރިޕޯޓެއް ނެރެފައެވެ. މިރިޕޯޓުން އެންމެ ބޮޑަށް އެނގިގެންދިޔަ ކަމަކީ މަސް ތަކަކަށް ދިގުދެމިގެންދާ ކޮވިޑް-19 ގެ މިބަލި މަޑުކަމުގައި އެންމެ އިސްސަފުގައި މަސައްކަތްކުރަމުންދާ ސިއްހީ މަސައްކަތްތެރިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުތަކުން ނުކުޅެދިފައިވާކަން ، ކަމަށް އެމްނެސްޓީން ބުނެއެވެ. މިހާތަނަށް އައިއިރު މަރުވެފައިވާ ސިއްހީ މަސައްކަތްތެރިންގެ އަދަދަކީ ކަންބޮޑުވާ އަދަދެއްކަމަށް އެމްނެސްޓީން ބުނެއެވެ.

އެއާއެކު އެމްނެސްޓީން ވަނީ މަސައްކަތުގައި ރައްކާތެރިކަމާއެކު އުޅުމަށް ސިއްހީ މަސައްކަތްތެރިން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސަރުކާރުތަކަށް ގޮވާލާފައެވެ.

އެމްނެސްޓީގެ އެކޮނޮމިކް އެންޑް ސޯޝަލް ޖަސްޓިސްގެ ވެރިޔާ ސްޓީވް ކޯބަރން ވިދާޅުވީ ސިއްހީ ކޮންމެ މަސައްކަތްތެރި އަކަށްވެސް ރައްކާތެރިކަމާއެކު އެމީހުންގެ މާހައުލުގައި މަސައްކަތްކުރުމުގެ ހައްގު ލިބިގެންވާކަމަށާއި އެމީހުން މަސައްކަތުގައި އުޅެނިކޮށް ފުރާނަ ގެއްލިގެންދިޔުމަކީ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުކަމެއް ކަމަށެވެ.

"މުޅި ޕެންޑަމިކް ތެރޭގައި ސަރުކާރުތަކުން އަންނަނީ ސިއްހީ މަސައްކަތްތެރިންނަކީ ހީރޯ އިން ކަމަށްބުނެ އެމީހުންނަށް ތައުރީފް ކުރަމުން، އެކަމަކު އެމީހުންގެ މަސައްކަތަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތްތައް ފޯރުކޮށްނުދިނުމުގެ ސަބަބުން އެމީހުންގެ ފުރާނަ ގެއްލިގެންދާ ދިޔުމަކީ ދައްކާވާހަކަ ފޫނުބެދޭ ކަމެއް." ކޯބަރން ވިދާޅުވި އެވެ.

އެމްނެސްޓީގެ މިރިޕޯޓް އެކުލަވާލުމުގައި މައުލޫމާތު އެއްކޮށްފައިވަނީ އެކި ސޯސްތައް ބޭނުންކޮށްގެން ކަމަށް އެމްނެސްޓީން ބުނެއެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ހަދާފައިހުރި މެމޯރިއަލް ޕޭޖްތަކާއި، ސަރުކާރުތަކުން ހާމަކޮށްފައިވާ އަދަދުތަކާއި، ގައުމުތަކުގެ މެޑިކަލް އެސޯސިއޭޝަންތަކުން އެއްކޮށްފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާފައިވާ ކަމަށް އެމްނެސްޓީން ބުނެއެވެ.

މިއަދަދުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅޭ ގައުމަކީ މެކްސިކޯއެވެ. އެއީ 1320 މީހުން މަރުވެގެންނެވެ. ދެ ވަނައަށް އެންމެ ގިނަ ސިއްހީ މަސައްކަތްތެރިން މަރުވާ ގައުމަކީ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާއެވެ. އެއީ 1077 މީހުންނެވެ. އެއަށްފަހު 649 މީހުން މަރުވެގެން އިނގިރޭސިވިލާތެވެ. ދެން 634 މީހުން މަރުވެގެން ބްރެޒިލް އެވެ.

ޑިރެކްޓަރ އޮފް ދަ ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން، ކެރިސާ އިތިއާނާ ވިދާޅުވީ އެމެރިކާ އަކީ ކޮވިޑް-19 އެންމެ ގިނަ އަދަދެއްގެ ސިއްހީ މަސައްކަތްތެރިންނަށް ޖެހިފައިވާ ގައުމުކަމަށެވެ.

ދުނިޔޭގައި މިވަގުތު ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުންދާ އިންޑިޔާއިން އެންމެ މަދުވެގެންވެސް 573 ސިއްހީ މަސައްކަތްތެރިން މަސައްކަތުގައި އުޅެނިކޮށް ދުނިޔެ ދޫކޮށްފައިވާނެ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. 3.9 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިޔާގެ 87000ށް ވުރެ ގިނަ ސިއްހީ މަސައްކަތްތެރިންނަށް މިހާތަނަށް އައިއިރު ކޮވިޑް-19 ވަނީ ޖެހިފައެވެ. އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ މަހަރަޝްތްރަ ސްޓޭޓުން އެކަނި 292 ސިއްހީ މަސައްކަތްތެރިންގެ ފުރާނަ ވަނީ މިޕެންޑަމިކްތެރޭގައި ގެއްލިފައެވެ. އެއީ މުޅި އިންޑިޔާގައި މަރުވި މީހުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެކެވެ.

އެމްނެސްޓީން ވަނީ ސިއްހީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް ސަރުކާރު ތަކަށް ގޮވާލާފައެވެ. އަދި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނު އިތުރަށް ސަޕްލައިކޮށް ސިއްހީ މަސައްކަތްތެރިން އެމީހުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވަމުންދާ މިމައްސަލަތަކާމެދު ދައްކަމުންދާ ވާހަކަތައް އަޑުއަހާ އެމީހުންގެ ހާލަތު ދެނެގަތުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

އެންމެ ގިނަ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން މަރުވެފައިވާ 10 ގައުމަކީ:

- މެކްސިކޯ :1320 މީހުން

- އެމެރިކާ: 1077 މީހުން

- އިނގިރޭސިވިލާތް: 649 މީހުން

- ބްރެޒިލް: 634 މީހުން

- ރަޝިޔާ: 631 މީހުން

- އިންޑިޔާ: 573 މީހުން

- ދެކުނު އެފްރިކާ: 240 މީހުން

- އިޓަލީ: 188 މީހުން

- ޕެރޫ: 183 މީހުން

- އިރާން: 164 މީހުން

އިތުރަށް ކިޔާލަން

24 ޖޫން 2017

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ
23 ޖޫން 2017

މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި

23 ޖޫން 2017
މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި
21 ޖޫން 2017

ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި

21 ޖޫން 2017
ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި
21 މެއި 2017

އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި

21 މެއި 2017
އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު