Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޮވޭވެކްސް އިން އުފައްދާ ވެކްސިން

ނޮވޭވެކްސް އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރެއަލް ކާމިޔާބު

މިވެކްސިންގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ސެޕްޓެމްބަރު 2020 | ހުކުރު 06:18
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން

ނޮވޭވެކްސް އިން ކޮވިޑް-19 އަށް އުފައްދަމުންދާ ވެކްސިންގެ ކްލިނިކަލް ޓްރެއަލް ކާމިޔާބު ކަމަށާއި އެވެކްސިނަކީ ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއްކަމަށް އެކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާއެއްގައި ބަޔާންކޮށްފި އެވެ.

ނިއު އިންގްލެންޑްގެ މެޑިސިން ޖާރނަލް އެއްގައި ޝާއިއުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ މިވެކްސިންގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމަށެވެ. މިވެކްސިންގެ ކްލިނިކަލް ޓްރެއަލްގެ ނަތީޖާ އެ ކުންފުނިން ވަނީ އޮގަސްޓް މަހު އިއުލާންކޮށްފައެވެ.

ވެކްސިންގެ ކްލިނިކަލް ޓްރެއަލްގައި ސިއްހަތު ރަނގަޅު 131 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެއީ މެއި މަހުގެ ތެރޭގައެވެ. މީގެތެރެއިން 83 މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރި އެވެ.

ކްލިނިކަލް ޓްރެއަލް ކުރިޔަށް ގެންގޮސްފައިވާ ވޮލަންޓިއަރުންނަކީ އޮސްޓްރޭލިއާގެ ދެ ސަރަހައްދަކުން އައިސްފައިވާ މީހުންނެވެ. އަދި އެއެންމެންނަކީވެސް އުމުރުން 60 އަހަރުން ދަށުގެ މީހުންނެވެ. މި ޓްރެއަލްގައި ކުރިން ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުން ނުހިމަނައެވެ.

ފޭސް 1 ގެ ޓްރެއަލް ގައި ޑޮކްޓަރުން ބަލާފައިވަނީ ވެކްސިން އަކީ ބޭނުންކުރަން ރައްކާތެރި ވެކްސިނެއްތޯ އެވެ. މީގެއިތުރުންވެސް ވެކްސިން ޖަހައިގެން ވައިރަސްއާ ދެކޮޅަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު އިތުރަށް މަސައްކަތްކުރޭތޯ ވަނީ ބަލާފައެވެ.

ވެކްސިން ޖެހުމަށްފަހު 35 ދުވަސްވަންދެން އެމީހުންގެ ހަށިގަނޑުގައި އެއްވެސް ބައްޔެއްގެ ނިޝާނެއް ހުރިތޯ އާއި އިތުރު ގޯހެއް ހަށިގަނޑުގައި ހުރިތޯ ވަނީ ބަލާފައެވެ. 35 ވަނަ ދުވަހު އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް މިދިރާސާއިން ދައްކައެވެ. ނަމަވެސް އެކެއްގެ ފުށުން ހުމުގެ އަސަރު ފެނުނު ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެހެންނޫނީ އެއްވެސް މީހެއްގެ ހަށިގަނޑުން ވެކްސިންގެ ސަބަބުން އިތުރު ބަދަލުތަކެއް ފެނިފައެއްނުވެ އެވެ.

ހުރިހާ ވޮލަންޓިއަރުންގެ ހަށިގަނޑުންވެސް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމާއެކު އެންޓިބޮޑީސް އުފައްދައިދިންކަމަށް ދިރާސާގައި ބުނެއެވެ.

އެމެރިކާގައި މިހާރުވެސް ފަސް ވެކްސިނެއް ކްލިނިކަލް ޓްރެއަލް ގައި އުޅޭއިރު މުޅި ދުނިޔޭގައި 33 ވެކްސިނެއް ކްލިނިކަލް ޓެރެއަލް ގައި އުޅޭކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އިތުރަށް ކިޔާލަން

04 މެއި 2020

ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!

04 މެއި 2020
ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!
03 މެއި 2020

ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!

03 މެއި 2020
ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!
03 މެއި 2020

ކޮވިޑް-19 އަކީ ލެބްގައި އުފެއްދި އެއްޗެއް ނޫންކަމަށް ބުނެ ޓްރަމްޕްގެ ވާހަކަތަކަށް ޑަބްލިއުއެޗްއޯ އިން ރައްދު ދީފި

03 މެއި 2020
ކޮވިޑް-19 އަކީ ލެބްގައި އުފެއްދި އެއްޗެއް ނޫންކަމަށް ބުނެ ޓްރަމްޕްގެ ވާހަކަތަކަށް ޑަބްލިއުއެޗްއޯ އިން ރައްދު ދީފި
30 އެޕްރީލު 2020

"ކޮވިޑް-19 އަކީ ޗައިނާގެ ލެބަކުން އުފެއްދި ވައިރަސްއެއްކަމުގެ ހެކި އެބަހުރި، ހާމަ ކުރެވޭކަށް ނެތް"

30 އެޕްރީލު 2020
"ކޮވިޑް-19 އަކީ ޗައިނާގެ ލެބަކުން އުފެއްދި ވައިރަސްއެއްކަމުގެ ހެކި އެބަހުރި، ހާމަ ކުރެވޭކަށް ނެތް"
24 އެޕްރީލު 2020

ކޮވިޑް19 އަށް ޓްރަމްޕް ހުށައެޅުއްވި ފަރުވާ: ޔޫވީ އަލި ނުވަތަ ޑިސްއިންފެކްޓަންޓް ގައިގެ ތެރެއަށް ފޮނުވުން

24 އެޕްރީލު 2020
ކޮވިޑް19 އަށް ޓްރަމްޕް ހުށައެޅުއްވި ފަރުވާ: ޔޫވީ އަލި ނުވަތަ ޑިސްއިންފެކްޓަންޓް ގައިގެ ތެރެއަށް ފޮނުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު