Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ފްލެޓްތައް 72 ފަރާތަކަށް

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:28

ފްލެޓަށް ކުރިމަތިލި ހުރިހާ ފަރާތްތަކަކަށް ވަނީ ފްލެޓް ލިބިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:28
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ހިޔާ ފްލެޓްތަކަށް ކުރިމަތިލި ހުރިހާ ފާރާތްތަކަށްވެސް ފްލެޓް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ފްލެޓަށް ކުރިމަތިލާފައިވާ 72 ފަރާތައްވެސް ފްލެޓް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފްލެޓަށްއެދި ހުށައެޅި ހުރިހާ ފަރާތަކަށް ފްލެޓް ލިބިފައިވާ އިރު، އެހުރިހާ ފަރާތްތަކަކީވެސް ޝަރުތުހަމަވާ ފަރާތްތައް ކަމަށާއި، ބާކީ ހުރި ފްލެޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ލިބިގެންދާނީ ހަމަ އެމްޑަބްލިއެސްސީގެ މުވައްޒަފުންނަށް ކަމަށް ޝާހް ފާހަގަކުރެއްވިއެވެ. ޝާހް ވަނީ އެކުންފުނިން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކުން ކުރިމަތިލާފައި ވަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން، 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންގޮސްފައިވާ އިރު، އެކުންފުނިން ތަރައްގީކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމަންޓް ތަކަކީ 393.95 އަކަފޫޓާއި 405.18 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެކެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 692.63 އަކަފޫޓާއި 701.28 އަކަފޫޓު ހުންނަ އިރު، މި އެޕާޓްމަންޓް ތަކުގައި މެއިޑްރޫމެއް ވެސް ހުރެއެވެ. އެމްޑަބްލިއުއެސްސީ އިން ތަރައްގީކުރި ތިން ކޮޓަރީގެ އެޕާޓްމެންޓް ތަކަކީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެކެވެ.

ޝާހް ވިދާޅުވީ، މިޓަވަރުތަކުގެ ތެރެއިން އެ ކުންފުނިން އެންމެ ފުރަތަމަ މަސައްކަތް ފެށީ އެއް ޓަވަރު ނިންމަން ކަމަށާއި އެ ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމި 55 އިންސައްތަ އާއި 60 އިންސައްތަ އާއި ދެމެދުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޖޫން މަހުގެތެރޭގައި ފްލެޓަށް ވަދެވޭނެ ކަމަށް ޝާހް ފާހަގަކުރައްވައެވެ.

ޝާހް ވަނީ އެމްޑަބްލިއުއެސްސީ ގެ ފްލެޓްތައް ތަރައްގީކުރެވިގެން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުހިންމު ސަރަހައްދެއްގައި ކަމަށް ވިދާޅުވެ، އެކުންފުނިން ތަރައްގީކުރާ އެޕާޓުމެންޓުތަކަކީ ސައިޒުގެ ގޮތުން ތަނަވަސް ތަންތަން ކަމަށް ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2017

ދިއްދޫގެ ފްލެޓްތައް ދީފައިވަނީ ޕީޕީއެމްގެ މެމްބަރުންނަށް:ހާޝިމް

17 ސެޕްޓެމްބަރު 2017
ދިއްދޫގެ ފްލެޓްތައް ދީފައިވަނީ ޕީޕީއެމްގެ މެމްބަރުންނަށް:ހާޝިމް
12 ސެޕްޓެމްބަރު 2017

ހައުސިން މިނިސްޓްރީން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ރައްޔިތުން ރަތަށް!

12 ސެޕްޓެމްބަރު 2017
ހައުސިން މިނިސްޓްރީން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ރައްޔިތުން ރަތަށް!
15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
10 މެއި 2017

ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ

10 މެއި 2017
ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ
26 އެޕްރީލު 2017

އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ

26 އެޕްރީލު 2017
އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
10 އެޕްރީލު 2017

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު
11 މާރިޗު 2017

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން
08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް