Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިކުރުން

ހައުސިން މިނިސްޓްރީން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ރައްޔިތުން ރަތަށް!

661 ފަރާތަށް ފްލެޓް ލިބޭކަން ވަނީ އިއުލާނު ކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2017 | އަންގާރަ 12:03
ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު ބެލުމުގައި އާންމު ރައްޔިތުން

ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު ބެލުމުގައި އާންމު ރައްޔިތުން

ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން، ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ގިނަބަޔަކު ވަނީ ހައުސިން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ގޮސްފަ އެވެ.

Advertisement - newsAdvertisement

ޝަކުވާ ހުށަހެޅުމަށް ދިޔަ ބައެއް ފަރާތްތަކުން ވަނީ ރާއްޖެއެމްވީ އާއި އެފަރާތްތަކުގެ ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ.

"އަޅުގަނޑު 13 އަހަރުވެއްޖެ ކުޑަ ކޮޓަރިގަޑެއް ވަރުތަނެއްގައި ހަ ކުދިންނާއި ފަސް ކާފަ ދަރިންނާ އެކު އުޅޭތާ." ފްލެޓަށް ކުރިމަތިލި ފަރާތަކުން ބުންޏެވެ.

ބައެއް ފަރާތްތަކުން ވަނީ މިކަމަކީ ރައްޔިތުންނަށް ފަސޭހަ ކުރުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ވަކި ބަޔަކަށް މަންފާވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި މިއީ ކޮންމެ ސަރުކާރަކުން ވެސް ކަންތައްތައް ކުރަމުންދާ ގޮތް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ފައިދާއަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

" ޕޮއިންޓްގެ ގޮތުން އަޅުގަނޑާ އެއްވަރުވި މީހަކަށް ވެސް ވަނީ ފްލެޓް ލިބިފައި. އަޅުގަނޑަށް ލިބުނީ 92 ޕޮއިންޓް" ފްލެޓް ލިބުނުތޯ ބެލުމަށް ހައުސިން މިނިސްޓްރީ ސަރަހައްދަށް ގޮސް ހުރި މީހަކު ކިޔާދިނެވެ.

ލިސްޓާ ގުޅިގެން އެތައް ސުވާލެއް ފްލެޓް ލިބުނު ފަރާތްތަކުގެ ހުރި އިރު ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރި އިތުރު ފަރާތަކުން ބުނީ 109 ޕޮއިންޓް ލިބުނު ިއިރު ބޯހިޔާވަހިކަމެއް ހޯދުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ އާންމު އާދައިގެ ރައްޔިތުންނަށް ލިބޭނެ ނަސީބެއް ނޫން ކަމަށާއި މިފަދަ އެހީތައް އަބަދު ވެސް ލިބޭނީ އެއިރެއްގެ ސަރުކާރާއި ގާތް ފަރާތްތަކަށް ކަަމަށް ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނީ ލިސްޓު ނެރުނު އިރު ކުރިން ވެސް އިއުލާނު ކުރާ ގޮތަށް ލިބުނު ޕޮއިންޓުގެ އަދަދު ހާމަކުރި ނަމަވެސް، ފްލެޓް ލިބުނު ފަރާތްތަކަށް ޕްލެޓް ލިބުނީ ކީއްވެގެންކަން އެނގިގެންދާނެ ކަމަށާއި މިކަމަކީ އެހާ ދެފުއް ފެންނަ ގޮތަކަށް ގޮސްފައިވާ ކަމެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ. ސޯޝަލް ހައުސިން ސްކީމެއްގެ ތެރެއިން ފްލެޓް ދޭ އިރު ރައްޔިތުންނަށް ފްލެޓް ލިބެނީ،ކިހިނެތް ކަން ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ސުން ގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ކަމަށް ވެސް ހައުސިންގ މިނިސްޓްެރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އެއިއުލާންގައި ވަނީ ފްލެޓްތައް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގަ ކަމަށް ހާމަކޮށްފަ އެެވެ

ހައުސިންގ މިނިސްޓްރީ އާއްމު ކޮށްފައިވަނީ ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކޮށް ނޭނގޭ ގޮތަށް ފުލެޓް ލިބުނު 661 މީހެއްގެ ފްލެޓަށް ހުށައެޅި ފޯމް ނަމްބަރުތަކެވެ. މި ލިސްޓު ވަނީ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު