Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަންގެ ފާޑުކިއުން ޓްރަންޕަށް

ޕެންޑަމިކްއާ ގުޅިގެން ޓްރަންޕް ނަމޫނާ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ބައިޑަން ފާޑު ވިދާޅުވެއްޖެ

ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 02:00
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާ އެގައުމުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާ އެގައުމުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން | އޭޕީ

ކޮވިޑް-19ގެ ޕެންޑަމިކްއާ ގުޅިގެން ރައްޔިތުންނަށް ވަރަށް ފުރިހަމަ ނަމޫނާއެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާމުން ގެންދަވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާ އެގައުމުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން ފާޑު ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑަން މިހެން ވާހަކަދެއްކެވީ، އިންތިޚާބު ކައިރިވެފައިވަނިކޮށް މިޕެންޑަމިކްގެ ތެރޭގައި ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުން މަދު ކުރެއްވުމާ ގުޅިގެން ބައެއް ސަޕޯޓަރުންގެ އިތުރުން ޓްރަންޕް އެބޭފުޅާގެ ކެންޕެއިން ޝެޑިއުލްއާ ގުޅޭގޮތުން ސުވާލު ކުރެއްވުމުންނެވެ.

ބައިޑަން ވިދާޅުވީ މީހުންނާ ބައްދަލުކޮށް ބޭރަށް ނުކުމެ އުޅެން ބޭނުންވާ ކަމަށާއި، ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު އެގޮތަށް ތަން ނުދޭ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ޓްރަންޕަށް މިސާލު ޖައްސަވާ ބައިޑަން ވިދާޅުވީ ޕެންކަމިކްގެ ހާލަތުގައި މީހުން އެއްކޮށް ރައީސް ޓްރަންޕް މިސާލު ދައްކަވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ބައިޑަން ވިދާޅުވީ ރައްކާތެރި ގޮތުގައި ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމަލު ކުރާނެ ގޮތާއި މެދު މެޑިކަލް އެކްސްޕާޓުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މިހާލަތުގައި ކެންޕޭން ކުރިއަށް ގެންދާނެ ގޮތުގައި ޚާއްސަ ޕްރޮޓޮކޯލެއް އެކުލަވާފައިވާކަން ފާހަގަކުރައްވައި ބައިޑަން ވިދާޅުވީ ދަތުރުކުރާނެ ފްލައިޓާއި، ފްލައިޓަށް އަރާނެ ގޮތާއި، އިވެންޓްތައް ކުރިއަށް ގެންދާނެ ގޮތާއި، ގައިދުރުކަން ބަހައްޓާނެ ގޮތާއި އަދި މީހުންނާއި ބައްދަލުކުރުމުގައި އަމަލު ކުރާނެ ގޮތްތައް ލިޔެފައިވާ ވަރަށް ފުރިހަމަ ޕްރޮޓޮކޯލެއް އެކުލަވާލާފައިވާ ކަމަށެވެ.

ބައިޑަން ވިދާޅުވީ ރައީސް ޓްރަންޕް ރައްޔިތުންނަށް ނުރަނގަޅު މިސާލު ދެއްކެވި ނަމަވެސް އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ. އެގޮތުން މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ޕެންޑަމިކްގެ ގައިވާއިދާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ބައިޑަން ވިިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު