Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

5 ޕަސެންޓް ވަހީދުގެ ބޮޑު މަންޒަރު!

ވެރިކަމުގައި ހުރެ، ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކޮށް ލިބުނީ 5 ޕަސެންޓް ވޯޓް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2020 | ބުދަ 15:25
ބަޣާވާތަކުން ވެރިކަމަށް އަރާވައިގެންނެވި ވަހީދު: ވެރިކަމުގައި ހުރެ، ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކޮށް ލިބުނީ 5 ޕަސެންޓް ވޯޓް

ބަޣާވާތަކުން ވެރިކަމަށް އަރާވައިގެންނެވި ވަހީދު: ވެރިކަމުގައި ހުރެ، ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކޮށް ލިބުނީ 5 ޕަސެންޓް ވޯޓް

ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އަރާވަޑައިގެންނެވި، ގޮތާއި އަދި ވަހީދުގެ ވެރިކަމުގައި ހިންގެވި އަނިޔާވެރި އަމަލުތަކަކީ ދިވެހި ރައްޔިތުން އިއްޔެ މެންދުރު ވީކަމެއްހެން ހަނދާންހުރި ކަންކަމެވެ. މިފަހުން ދިވެހި ތާރީހު ދުއް އެންމެ އަނިޔާވެރި ވެރިކަމެއް ކުރެއްވުމުގެ ލަގަބު އޮތް ބޭފުޅެއް، އަނެއްކާ ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ، ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ވެރިކަން ހަވާލު ކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ބޮޑު މަންޒަރު ދައްކާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާއިރު، މީހާގެ ސައިޒު ވެސް ހަދާން ކޮށްލުން ބުއްދިވެރި ނޫންތޯ އެވެ.

ބަޣާވާތަކުން ވެރިކަމަށް އަރާވައިގެންނަވައި، ޖެހިގެން އައި ރިޔާސީ އިންތިހާބުގައި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އާރާއި ބަރަކާއެކު، އަދި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރައްވައިގެން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުން، ދިވެހި ރައްޔިތުން ވަހީދު ކައިރީގައި ބުނެފައިވާ ބުނުމަކީ ޖޯކެއް ނޫނެވެ. އެންމެ 5 ޕަސެންޓް ވޯޓާއެކު، ތިމާގެ ސައިޒް ދިވެހި ރައްޔިތުން ނިކުމެ ދައްކާލުމުން، އެއީ ތިމާއަށް ގަބޫލު ނުކުރެވޭ ކަމެއް ކަމަށް ވާނަމަ، އެއީ ތިމާގެ ހުރި މައްސަލައެއް ނޫންތޯ އެވެ. އެއީ ދިވެހި ރައްޔިތުންގެ މައްސަލައެއް ނޫނެވެ. އަދި ކޮންމެހެން އޭގެ ބަދަލުގައި ރައްޔިތުންނަށް ބޮޑު މަންޒަރު ދައްކާލާނެ ކަމަށް ވިދާޅުވެ، ސަރުކާރަށް އިންޒާރު ދޭން ތިއީ ފަހެ ދެން ކޮންބޭފުޅެއް ތޯއެވެ.

ދިވެހި ސިފައިންނާއި ދިވެހި ފުލުހުން މަގުމައްޗަށް ނެރެ، ދިވެހި ރައްޔިތުންނަށް އަނިޔާކުރުމުގެ ސަގާފަތް އައު ގާނޫނުއަސާސީއާއެކު، އަދި އެމްޑީޕީގެ ވެރިކަމާއެކު ނިމުމަކަށް ގެނައެވެ. ނަމަވެސް އެ ސަގާފަތް އަލުން ފެށީ ވެސް ވަހީދު ނޫންތޯ އެވެ. ދިވެހި ސިފައިންނާއި ފުލުހުން މަގުމައްޗަށް ނެރެ، ދިވެހި ރައްޔިތުންނަށް އަނިޔާކުރަމުންދިޔައިރު، ވަހީދު އިންނެވީ، ތިޔަބުނާ ވަހީދުގެ ޑިމޮކްރެސީގައި ގަރަގުވެ، ފާޑަކަށް ކިނބޫ އަންނަ ޒާތުގެ ހިންޏަކުން ރައީސް އޮފީހުގެ ތެރޭގައި ހޭން ނޫންތޯ އެވެ. މި ގައުމު ރޮލާ ކައި ހުސްކުރީ ވަހީދުވެސް ހިމެނޭ ބާޣާވާތުގެ ކޯލިޝަނުން ނޫންތޯ އެވެ.

ވަހީދު އެވެ. ވަހީދު ޑިމޮކްރަސީގެ ވާހަކަ ދެއްކީމައި، ހިނި ނާންނަން ހުންނަ މީހާއަށް ވެސް ހެވޭނެ އެވެ. އަދި ތިމާގެ ވެރިކަމުގައި ދިވެހި ފުލުހުން ނެރެ، ދިވެހި ރައްޔިތުންނަށް އަނިޔާ ކޮށްފައިނުވާނެ ކަމަށް ބުނާއިރު، އެއީ ވަހީދުގެ ހަނދާނުގައި މައްސަލައެއް އުޅެނީ ކަމަށް ވެދާނެ އެވެ. ވެރިކަމުގެ އުދުންވެރިކަން މާބޮޑު ވެއްޖެނަމަ، ވެރިކަމުގެ ތަހުތު ނޫނީ ދެން އިތުރުތަނެއް އެމީހަކަށް ނުފެންނާނެ އެވެ. ވަހީދަށް ވެގެންއުޅެނީ މިހެން ނޫންތޯ އެވެ. އިދިކޮޅު ލީޑަރުގެ މައްޗަށް ވައްކަމުގެ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވި، އެތަނުން އެއްމަސަލާގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާތީ، މިއޮތީވާ ރަނގަޅު ފުރުސަތަކޭ ވަހީދަށް ހީވީ ތޯއްޗެކެވެ.

ވަހީދު އެވެ. ތިމާގެ މަންމަ އާއި މުޅި އާއިލާ އަދި ތިމާ އެންމެ ލޯބިވާ އަނބިމީހާގެ މުޅި އާއިލާއަށް ރައީސް މައުމޫންގެ ވެރިކަމުގައި ހިންގި އަނިޔާވެރި އަމަލުތައް، މިއަދުވެސް ތި ދެ އާއިލާގެ ގިނަ ބަޔަކު ތިބީ ރައީސް މައުމޫނަށް ނުރުހިފަ ނޫންތޯ އެވެ. ތިމާއަށް ވެރިކަމަށް އަރާވަޑައިގެންނެވެން އޮތް ހަމައެކަނި ގޮތަކީ، ބަޣާވާތް ކުރުން ކަމަށް ދެކެ، އެކަންކޮށް، އަނިޔާވެރިވެރިންގެ "ޕަޕެޓަކަށް" ވެގެން އަނެއް އަނިޔާވެރި ވެރިޔާ، ވެރިކަމާ ހަވާލުވަންދެން ވެރިކަމުގައި ހުންނެވިއިރު، މިއަދު ނިކުމެ، ޑިމޮކްރަސީގެ ވާހަކަ ވަހީދު ދެއްކުމުން ދިވެހިން ގަބޫލުކުރާނެ ކަމަށް ވަހީދަށް ހީވުމަކީ ހަމަ ހަގީގަތުގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތުމެވެ.

ވަހީދު އެވެ. ގިނަ ދުވަހު ރާއްޖޭން ބޭރުގައި، ހާއްސަކޮށް، ޓެރަރިސްޓް ޖަމާއަތްތައް ހަރަކާތްތެރިވާ، ގައުމުތަކުގައި އުޅުއްވުމަށްފަހު، ރާއްޖެއަށް ދޭތެރެ ދޭތެރެއަކުން ތިޔަ ވަޑައިގަންނަވަނީ ވެރިކަމުގެ ދަހިވެތިކަމުގައިތޯ އެވެ. ތިހާ ވެރިކަން ބޭނުންވާނަމަ، ފުރަތަމަ މި ގައުމުގައި ސާބިތުވެ، ހުންނަވަން ޖެހެ އެވެ. އަބަދު ފިއްލަވާ ބޭފުޅެއްގެ ގޮތުގައި ދިވެހިން ވަހީދު ސިފަކުރަނީ ސަބަބެއް ނެތި އެއް ނޫނެވެ.

ވަހީދު އެވެ. މިސަރުކާރަށް ބޮޑު މަންޒަރު ދައްކާނެ ކަމަށް ވިދާޅުވިއިރު، ބަޣާވާތް ކޮށްގެން ވިޔަސް، ތިމާ ވެރިކަމަށް އެރިގޮތަކަށް އަރާވަޑައިގެން ހުންނަވައި، އެ ވެރިކަން ނިމެންދިޔައިރު، އަރިހުގައި ތިއްބެވީ، އިލްހާމާއި ތައުފީގު އެކަނި ނޫންތޯ އެވެ. ރިޔާސީ އިންތިހާބުގައި ލިބިލެއްވި 5 ޕަސެންޓް ވޯޓަކީ ކޮންމެ ގޮތަކަށް ވެރިކަމަށް އަރާވަޑައިގެން ހުންނެވިނަމަވެސް ވެރިކަމުގައި ހުންނެވުމުން ލިބިލެއްވި 5 ޕަސެންޓެވެ. ސަރުކާރާއި ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުންނަވައި، 5 ޕަސެންޓްގެ ވޯޓުން ރައްޔިތުން ނޫނެކޭ ބުނެ ވެރިކަމުން ބޭރުކޮށްލި ވެރިޔެއް ތިނޫނިއްޔާ މުޅި ދުނިޔޭގައި ވެސް ނެތެވެ. އެވަރުގެ ބޭފުޅަކު، ޑިމޮކްރަސީގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހެއެވެ. ގާނޫނުއަސާސީއާ ހިލާފަށް ހަފްތާއެއް ވަންދެން ވެރިކަމުގައި ވެސް ހުންނެވީމެއް ނޫންތޯ އެވެ. ވެރިކަން ކުރެއްވީ ސިފައިންނާއި ފުލުހުން މަގުމަށްޗަށް ނެރެ، ދިވެހި ރައްޔިތުންނަށް އަނިޔާވެރިކަން ދައްކައިގެން ނޫންތޯ އެވެ.

ވަހީދު އެވެ. ހެނދުނު ހިންގަވަން ނިކުތްތަނުން ޖައުފަރާ އެކަނި ދިމާވިކަން އެއީ ވަހީދުގެ ނަސީބެވެ. މާލޭގެ މަގުމަތިން އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ މަގުމަތީގައި ވަހީދު އުޅުއްވާތަން ފެނިއްޖެނަމަ، ވަހީދަށް ބާޣީއޭ ގޮވާއަޑުން ޖައްވު ގުގުމާލާނެ އެވެ. ވަހީދަކީ އިންސާނަކަށްވެފައި އަދި ދިވެހި ރައްޔިތަކަށް ވީމައި ހަޅޭއްފަޅޭ ނުލިވިޔަސް، ތިޔީ "ބޮޑު ބާޣީ ވަޙީދު" އޭ ދިވެހި ރައްޔިތުން ހިތާހިތުން ނަމަވެސް ކިޔާނެއެވެ.

ބަޣާވާތެއް ކޮށްގެން ވެރިކަމަށް އަރާވަޑައިގެން، މުޅި ގައުމު ސުންނާފަތި ކުރުމަށްފަހު ވެސް އަދިވެސް ވަހީދުގެ ހިތެއް ނުފުރުނުތާ އެވެ. ނުވިތާކަށް ކޮންމެ މަހަކު ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދިވެހި ދައުލަތުގެ މާލިއްޔާއިން އިނާޔަތުގެ ގޮތުގައި ނަންގަވައިގެން، ދިވެހި ރައްޔިތުންގެ އިންތިހާބު ކޮށްފައިވާފައިވާ ސަރުކާރަށް އިންޒާރު ދެމުންދުވާއިރު، ލަދެއް ހަޔާތެއް ހަމަ އެއްގޮތަކަށް ވެސް ނެތީތޯ އެވެ.

އަސްލު ދިވެހި ގައުމަށް މިއަދު ދިމާވެގެން މިއުޅޭ މައިގަނޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ، ބަޣާވާތް ކުރިމީހުން، މާލޭގެ މަގު މައްޗަށް ދޫވެފައި ތިބުމެވެ. ބަޣާވާތަކީ އިސްލާމް ދީނުގައި ހަރާމް ކަމަކަށްވާއިރު، އެކަން ކުރި މީހުން ތިބެންޖެހޭނީ އެކަހެރި ކުރެވިފަ އެވެ. ބަޣާވާތް ކުރި މީހުންނަށް ހައްގު އަދަބު ނުދެވޭހާ ހިނދަކު، ނުވަތަ، އެމީހުންގެ ބާރާއި ނުފޫޒު މި ގައުމުން ނުފިލާހާ ހިނދަކު މިގައުމަށް ހަމަޖެހުމެއް ނެތެވެ. މިހާރުވެސް މިގައުމުން މިފެންނަނީ ހަމަ މަންޒަރުތަކެކެވެ.

ދުނިޔޭގެ ގައުމުތަކުގައި ޖަލުތައް އަޅާފައި ހުންނަނީ ރީއްޗަކަށް އެތަން އަޅާފައި ބަހައްޓާކަށް ނޫނެވެ. އެއީ ދުވަސް ކޮޅަކަށް ނަމަވެސް މުޖުތަމައުއިން އެކަހެރި ކުރަންޖެހޭ މީހުން އެކަހެރި ކުރުމަށް އަޅާފައި ހުންނަ ތަނެކެވެ. މި ގައުމުގައިވެސް އެގޮތަށް އެކަހެރިކޮށް ގެންގުޅެންޖެހޭ މީހުން މާލޭ މަގުތަކަށް ދޫވެފައިވާތީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތެވެ. ވައްކަން ކުރުން އެއީ ތިމާގެ ކަށީގައި ހިފާއިވާ ކަމަކަށްވެފައި، އެފަދަ މީހުން، މަންމަގެ އޮނަގަނޑުގައި އޮންނަ ފައްޓަރުބައިވެސް ވަގަށް ނަގާކަށް ފަހަތަށް ނުޖެހޭނެތާއެވެ. ހަމަ އެގޮތަށް ބަޣާވާތް ކޮށްގެންވިޔަސް، އެރުގޮތަކަށް ވެރިކަމަށް އަރަން، ވެރިކަމުގެ ދަހިވެތިކަމުގައި ތިބި މީހުން ތިބޭނީ ފުރުސަތަކަށް އެދިއެދި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު