Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ ރާއްޖެ ގުޅުން

އިންޑިޔާއިން އަބަދުވެސް އޮންނާނީ ރާއްޖެއާ އެކުގައި: އިންޑިޔާ އެމްބަސީ

ތަރީޚީގޮތުންނާއި، ޘަޤާފީގޮތުންނާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައިއޮތް ގުޅުމަކީ ޒަމާންވީ ގުޅުންތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ސެޕްޓެމްބަރު 2020 | ބުދަ 02:45
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި އިންޑިޔާ ސަފީރު ސަންޖޭ ސުދީރު ސަލާންކުރައްވަނީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި އިންޑިޔާ ސަފީރު ސަންޖޭ ސުދީރު ސަލާންކުރައްވަނީ

އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހިރާއްޖެއާ އެކުގައި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ.

އިންޑިޔާ އާއި ރާއްޖޭއާ ދެމެދު އޮތް ގުޅުމާއި އިންޑިޔާއިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމުގެ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއް ރީޓުވީޓްކޮށް އިންޑިޔާ, އެމްބަސީން ވަނީ އިންޑިއާއާމެދު މިނިސްޓަރ ފާޅުކުރެއްވި ހެޔޮ ޝުއޫރުތަކަށް ޝުކުރު އަދާކޮށްފައެވެ.

Advertisement - newsAdvertisement

އިންޑިއާ އެމްބަސީން ބުނެފައިވަނީ، ތަރީޚީގޮތުންނާއި، ޘަޤާފީގޮތުން, ދެގައުމުގެ ރައްޔިތުންގެ މެދުގައިއޮތް ގުޅުމަކީ ޒަމާންވީ ގުޅުންތަކެއް ކަމަށެވެ. މިސަބަބަށްޓަކައި، ކުރިއެކޭވެސް އެއްފަދައިން، ގާތް އަވަށްޓެރިއެއްގެގޮތުގައި އަދި ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމްބަސީން ބުނެފައި ވެއެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ކޮންމެފަދަ ހާލަތެއްގެ ދަނޑިވަޅުގައި އެ ގާތްކަމުގައި އިންޑިއާ އޮންނާނޭ ކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ވާހަކަދައްކަވާ ޑިފެންސް މިނިސްޓަރ ޓްވީޓެއް ކުރައްވާފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން އުޅޭ ކަމަށާއި ރާއްޖޭގެ މައްޗަށް އަތްގަދަކުރަން އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން ގެންދާ ވަގުތެއްގައެވެ. އިންޑިޔާ ބޭރުކުރުމަށް ގޮވާލާ ސޯޝަލް މީޑިޔާގައި އާންމުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ.

މިވާހަކަތަށް ރައްދުދެއްވަމުން މާރިޔާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ނަތީޖާއެއްގެގޮތުން ރާއްޖެއަށް ވަރަށް މުހިންމު ދަނޑިވަޅުތަކުގައި އިންޑިއާގެ ފަރާތުން ލިބިފައިވާ ޚާއްސަ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން 3 ނޮވެމްބަރުގެ ހާދިސާގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތްކުރުމުގައި ލިބުނު އެހީތެރިކަމާއި، ވެރިރަށް މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާގެ ވަގުތުގައި އިންޑިއާއިން ލިބުނު ކުއްލި އެހީ މިނިސްޓަރ ފާހަގަކުރައްވާފައި ވެއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގާތްގުޅުމުގެ މި ހަގީގަތްތަކާމެދު އެއްވެސް ފަރާތަކަށް ދެކޮޅުހެދެން ނޯންނާނެ ކަމަށެވެ. އިންޑިޔާއާއެކު އޮންނަ ގާތް އެކުވެރި ގުޅުންތަކުގެ ސަބަބުން އިގްތިސާދީގޮތުންނާއި އިޖުތިމާއީގޮތުން ދިވެހިރާއްޖެއަށް އޭގެ މަންފާ ކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މިފަހުން އިންޑިޔާއިން ވަނީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ. އަދި މާލެ ތިލަފުށި ބްރިޖް މަޝްރޫއަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެއެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
07 އެޕްރީލު 2017

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި
30 މާރިޗު 2017

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ

30 މާރިޗު 2017
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ
25 މާރިޗު 2017

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

25 މާރިޗު 2017
ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު