Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމިފްކޯ

މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް

1 ސެޕްޓެމްބަރު 2020 | އަންގާރަ 08:01

މި މަޝްރޫއުގެ ދަށުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ސެޕްޓެމްބަރު 2020 | އަންގާރަ 08:01
ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓްރީ

ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓްރީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ދިމާވެފައިވާ ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ވާޗުއަލް އޭޖީއެމްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ އަށް އެންމެ ބޮޑު ގެއްލުމެއް މާލީ ގޮތުން ލިބެމުން އަންނީ މިފްކޯގެ ސަބަބުން ކަމަށާއި މިފްކޯ އިން މިހާ ބޮޑު ގެއްލުމެއް މި ލިބެނީ މިފްކޯގެ ބިޒްނަސް މޮޑެލްގެ ސަބަބުން ލިބޭ ގެއްލުންތަކެއް ކަމަށެވެ.

އެގޮތުން މިފްކޯގެ ސްޓޯރޭޖް ކުޑަވުމުގެ ސަބަބުން، މަސްވެރިން ބާނާ މަސް، ބޮޑު އަގުގައި ގަނެ އެ ސްޓޯރ ނުކުރެވި، އަދި އެކަށީގެންވާ ވަރަށް އަވަހަށް ބަންދު ނުކުރެވުމުގެ ސަބަބުން ގަންނަ މަސްތައް މިފްކޯ އިން ގަންނަ އަގަށް ވުރެ ހެޔޮ އަގުގައި ބޭރުގެ ވިއްކާލަން ޖެހޭ ކަމަށް އަމްރު ފާހަގަކުރިއެވެ. އަދި މިގޮތަށް ބޭރުގެ މާކެޓަށް ގިނަ އަދަދަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމުން ރާއްޖޭގެ މަހުގެ ވެލިއު ދަށްވެ އަގު ވެއްޓޭ ކަމަށް ވެސް އަމްރު ވަނީ ފާހަގަކޮށްފައެވެ.

އެހެން ކަމުން، މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށާއި އެމަސައްކަތުގެ ތެރެއިން މިފްކޯގެ ބިޒްނަސް މޮޑަލަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރެވި އެދެވޭ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް، މިިހާރު 3،000 ޓަން ސްޓޯރ ކުރެވޭ ކެޕޭސިޓީ 10،000 ޓަން ސްޓޯރ ކުރެވޭ ކެޕޭސިޓީއަކަށް ހެދުމަށް 30 މިލިއަން ރުފިޔާގެ މަޝްރޫއެއް ފެއްޓުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. މި ޕްރޮޖެކްޓުގެ ދަށުން ސްޓޯރޭޖް އިތުރު ކުރުމުގެ އިތުރުން، ކޫއްޑޫ އާއި ފެލިވަރުގެ ބަނދަރު ތަރައްގީ ކުރެވިގެންދާނެ ކަމަށާއި ކޯލްޑް ސްޓޯރޭޖާއި ކޭނިން ކެޕޭސިޓީ ވެސް އިތުރު ކުރެވޭނެ ކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

މީގެ ސަބަބުން މިފްކޯ އިން ގަންނަ މަހުގެ ވެލިއު އެޑްކުރުމަށްފަހު އެކްސްޕޯޓް ކުރުމަށް މަގުފަހިވާނެ ކަމަށާއި މަސްވެރިކަން އިތުރުވާ ދުވަސްވަރު ބޮޑެތި އަދަދުތަކުން ނުއަގުގައި މަސް ވިއްކަން ޖެހުމުގެ މައްސަލަ އަށް ހައްލު ލިބިގެންދާނެ ކަމަށް އަމްރު ފާހަގަ ކުރެއްވިއެވެ. އަމްރު ވިދާޅުވީ މީގެ ސަބަބުން ދިވެހި މަސް ކޮންޓްރޯލްކޮށް މާކެޓަށް ނެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިފްކޯގެ ހިންގުން ހަރުދަނާކޮށް އިންޓަނޭޝަނަލް މާކެޓުގައި މިފްކޯގެ ބްރޭންޑް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް މަސައްކަތް ކުރަމުންދާ ކަަމަށްވެސް އަމްރު ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކަނިވެސް މިފްކޯ އިން 116 މިލިއަން ރުފިޔާގެ ގެއްލުމެއް އެސްޓީއޯ އަށް ލިބިފައިވާއިރު، އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރު 199 މިލިއަން ރުފިޔާގެ ގެއްލުމެއް އެސްޓީއޯ އަށް ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް