Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑަވެލި ދާއިރާގެ މެމްބަރ

24 ގަޑިއިރު ނުވަނީސް ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރަން ނިންމުމަކީ މި ސަރުކާރުން ރައްޔިތުންނަށް ދެރަ ގޮތެއް ވިޔަނުދޭނެކަމުގެ ހެއްކެއް: ފިރުޝާން

1 ސެޕްޓެމްބަރު 2020 | އަންގާރަ 07:16

މި ސަރުކާރުން އިސްކުރާނީ ރައްޔިތުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 1 ސެޕްޓެމްބަރު 2020 | އަންގާރަ 07:16
މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން މަޖިލީހުގައި ވާހަކަ ދައްކަވަނީ

މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން މަޖިލީހުގައި ވާހަކަ ދައްކަވަނީ

24 ގަޑިއިރު ނުވަނީސް ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރަން ނިންމުމަކީ މި ސަރުކާރުން ރައްޔިތުންނަށް ދެރަ ގޮތެއް ވިޔަނުދޭނެކަމުގެ ހެއްކެއް ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިއްޔަ އެރުވިޔަ ނުދީ މުޒާހަރާ ކުރުމާއި ގުޅިގެން މެމްބަރު ފިރުޝަން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގައި ވިލިނގިލީ ދާއިރާގެ މެމްބަރާއި ހޫނު ޒުވާބެއް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

Advertisement - newsAdvertisement

ވީޑިއޯގައި ވެސް ފިރުޝާންވަނީ، އެއީ ހުރިހާ ރައްޔިތުންނަށް މި ދަނޑިވަޅުގައި ފަރުވާދިނުމަށް ގާއިކޮށްފައިވާ ތަނެއްކަން ތަކުރާރުކޮށް ފާހަގަކުރައްވައި އެކަން އެހެން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ އަމަލު ދިފާއުކުރުމުގެ މޭރުމަކުން މެމްބަރު ސަޢުދު ޙުސައިން ވާހަކަ ދެއްކެވުމުން ފިރުޝާން ވަނީ ކަން އޮތް ގޮތް ވިދާޅުވެ ބަލި މީހާ ރަށަށް އެރުވުމަށް ދެކޮޅު ހެދި ފަރާތްތަކުގެ އަމަލު ކުށްވެރި ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ކުރި ޓުވީޓެއްގައި ފިރުޝާން ވަނީ، މުޅި ހުވަދު އަތޮޅު ރައްޔިތުންގެ ނަމުގައި އެޗްޕީއޭ އަށާއި ހެލްތު މިނިސްޓްރީ އަށާއި އަދި ނެޝަނަލް ޓާސްކު ފޯހަށް ވިލިނގިލީގައި ގާއިމުކޮށްފައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކޮށްދިނުމަށް ގޮވާލާފައެވެ. އަދި މި މައްސަލައިގައި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފު ވަނީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރުމަށް ރައީސް ހުއްދަ ދެއްވާފައިވާ ކަމަށް ވިދާޅުވެ، އެކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހޯމަ ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ކޮވިޑް ފެސިލިޓީއެއް ތިނަދޫގައި ގާއިމްކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވާ ކަމަށެވެ. މި އުފާވެރި ހަބަރާއި ގުޅިގެން މެމްބަރު ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވަނީ މި ސަރުކާރުން ރައްޔިތުންނަށް ދެރަ ގޮތެއް ވިޔަކަ ނުދޭނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާފައެވެ.

ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް އެ ރަށުގެ އިދިކޮޅު ސިޔާސީ މީހުން ދެކޮޅު ހަދައި އިހުތިޖާޖު ކުރުމުން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެކަން ކުއްވެރިކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ޖޫން 2017

ހަ ދުވަހުގެ ހަނގުރާމައަށް 50 އަހަރު – މެދުނުކެނޑި 7 ގަޑިއިރުވަންދެން ރައީސް މައުމޫން ހިންގެވި

05 ޖޫން 2017
ހަ ދުވަހުގެ ހަނގުރާމައަށް 50 އަހަރު – މެދުނުކެނޑި 7 ގަޑިއިރުވަންދެން ރައީސް މައުމޫން ހިންގެވި
14 މެއި 2017

އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!

14 މެއި 2017
އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!
06 މެއި 2017

ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި

06 މެއި 2017
ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި
02 މެއި 2017

މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު

02 މެއި 2017
މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު
24 އެޕްރީލު 2017

ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

24 އެޕްރީލު 2017
ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް