Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ޝިޔާމް ޖޫރިމަނާ ކުރުން

ޝިޔާމު ވެސް 1000ރ އިން ޖޫރިމަނާ ކޮށްފި، ފައިސާ ދައްކާނަން: ޝިޔާމް

31 އޯގަސްޓު 2020 | ހޯމަ 10:59

ޝިޔާމު ވިދާޅުވަނީ ދަނޑިވަޅުގެ ބޭނުން ހިފައި އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 އޯގަސްޓު 2020 | ހޯމަ 10:59
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މިއަދު އިންޓަވިއު ދެއްވަނީ: ޖޫރިމަނާ ފައިސާ ދައްކަވާނެ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މިއަދު އިންޓަވިއު ދެއްވަނީ: ޖޫރިމަނާ ފައިސާ ދައްކަވާނެ ކަމަށް ވިދާޅުވި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް 1000ރ އިން ޖޫރިމަނާ ކޮށްފިއެވެ.

ޝިޔާމް ޖޫރިމަނާކޮށްފައިވަނީ ހޯމަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހުގަ އެވެ. ޝިޔާމް ފުލުހަށް ހާޒިރު ކުރަން އަންގާފައިވަނީ، "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މި ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލު ބުރާއެކު ބޭއްވި އެއްވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު، ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޝިޔާމްގެ ގާނޫނީ ވަކީލުން ވިދާޅުވީ، ފުލުހުން ތަހުގީގު ހިންގީ ޖިނާއި ދައުވާ ކުރުމަށް ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާ ކުރާކަމަށް ބުނާ މާއްދާއާއި ކުރި އަމަލާ ދިމާނުވާ ކަމަށާއި، އަދި ކުރި އަމަލަކީ ކޮބައިކަން، ހެއްކާހެކު ފުލުހުންނަށް ބުނެދެވިފައި ނުވާކަމަށެވެ. އެހެންކަމުން ޖިނާއީ ދައުވާއެއް ޝިޔާމުގެ މައްޗަށް ކުރެވޭނެ ތަނެއް ނެތްކަމަށް ވެސް ޝިޔާމުގެ ގާނޫނީ ވަކީލުން ވިދާޅުވިއެވެ.

ނަމަވެސް ޝިޔާމް ވިދާޅުވީ، އޭނާ 1000ރ އިން ޖޫރިމަނާކުރި ލިޔުމެއް ފުލުހުން ދީފައިވާ ކަމަށެވެ. އަދި އެފައިސާ ދައްކާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމު މައިގަނޑު ގޮތެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިޞާދު ހަލާކުވެ، ބޮޑު އަނދަވަޅަކަށް ވެއްޓިފައި ވަނީ މިސަރުކާރުގެ ނާގާބިލްކަމުން ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ދަނޑިވަޅުގެ ބޭނުންހިފައި، ރާއްޖެއަށް އެމީހުންގެ އަތް ގަދަ ކުރަމުންދާ ކަމަށް ޝިޔާމު ވިދާޅުވި އެވެ. އަދި ދިވެހިން މިނިވަންކަން ގެއްލެމުންދާ ކަމަށާއި، މިއަދު ދިވެހި ރައްޔިތުންނަށް އެކަން އިހުސާސް ކުރެވެމުންދާ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މީގެކުރިން މާލޭގެ މަގުތަކުގައި މުޒާހަރާކޮށް، ކަނޑުމަތީގައި އޮޑި ދޯނި ފަހަރުގައި ވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

މާލެ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައިވާ ކަމެކެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި މިންގަނޑުތަކާއި ޚިލާފަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށެވެ. އިދިކޮޅު އިސްފަރާތްތަކުން ފުލަހަށް ހާޒިރުވާން ޗިޓް ފޮނުވަމުންދާތީ އިދިކޮޅުން ބުނަމުން އަންނަނީ މިއީ ސަރުކާރު ބަލިކަށިވަމުންދާތީ ބާރުގެ ބޭނުންކޮށްގެން ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.

ޝިޔާމް ފުލުސް އޮފީހަށް ހާޒިރު ހާޒިރުކޮށްފައިވާއިރު، މި މައްސަލާގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުކޮށްފައި ވެއެވެ. އެހުރިހާ ބޭފުޅުންވެސް 1000ރ އިން ޖޫރިމަނާ ކޮށްފައިވާއިރު، ވަހީދު ވަނީ ގާނޫނީ ވަކީލަކާއެކު ވަޑައިގެންނެވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް