Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލިއްޔަތު ކޮމެޓީ

ލޯނުތައް ދެއްކުން ފަސްކުރުމަށް އެމްއެމްއޭއިން ނިންމާފައިވާކަން ހާމަކޮށްފި

30 އޯގަސްޓު 2020 | އާދީއްތަ 09:23

ބައެއް ބޭންކުތަކާއި ބައެއް މާލީ އިދާރާތަކުން ވަނީ މިއަހަރުގެ ނިޔަލަށް ލޯނު ދެއްކުން ފަސްކޮށް ދިނުމަށް ނިންމާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އޯގަސްޓު 2020 | އާދީއްތަ 09:23
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ: ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގައި ބޭންކުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ: ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގައި ބޭންކުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން

ކޮވިޑް-19 އާގުޅިގެން މާލީ އިދާރާތަކުން ދީފައިވާ ލުއިތަކުގެ ތެރެއިން، ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ރާއްޖޭގެ ސެންޓްރަލް ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިމިވަނީ، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރުމަށް ނަން ފޮނުވާފައިވާ، އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަހުމަދު އިމާދު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޭނާއާ ކުރި އިންޓަވިއުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައުލޫމާތު ދެއްވަމުން އިމާދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ބޭންކުތަކުން ނަގާފައިވާ ލޯނާއި ފައިނޭންސިންގއަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ބޭންކުތަކަށް އަންގަން އެމްއެމްއޭއިން ނިންމާފައިވާ ކަމަށެވެ.

އިމާދު ވިދާޅުވެފައިވަނީ، ފަސްކުރެވުނު ލޯނުތަކުގެ މުއްދަތު މިފެށޭ ސެޕްޓެމްބަރު މަހަށް ހަމަވާތީ މުއްދަތު އިތުރުކުރުމަށް އެމްއެމްއޭއިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މުއްދަތު އިތުރުކޮށް ދޭން ނިންމާފައިވީ ނަމަވެސް، ފަސްކުރާނީ ކޮން މުއްދަތަކަށް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އިމާދު އިތުރަށް ވިދާޅުވެފައިވަނީ، މިހާލަތުގައި މޮރިޓޯރިޔަމްދީގެން ބޭންކުތަކާއި އެހެން އިދާރަތަކަށް ކުރިމަތިވާ ލިކުއިޑިޓީ އިޝޫސްގައި އެމްއެމްއޭއިން ދޭންޖެހޭ ސަޕޯޓް ދިނުމުގައި ބޭންކުތަކަށް ޔަގީންކަން އެމްއެމްއޭއިން ދީފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ދަށަށްގޮސް، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދާދިނުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިބަލި، ރާއްޖޭގައި ފެތުރެން ފެށުމާއެކު، އާންމު ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކޭނެ ލުއި ފަސޭހަ ގޮތްތަކެއް ސަރުކާރާއި މާލީ އިދާރާތަކާ ގުޅިގެން ހަމަޖައްސާ ދީފައި ވެއެވެ.

އެގޮތުން މިހާރުވެސް ބައެއް ބޭންކުތަކުންނާއި ބައެއް މާލީ އިދާރާތަކުން ވަނީ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކުރުމަށް ނިންމާފައެވެ. އެހެންކަމުން ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 15 ހާހަށްވުރެ ގިނަ ލޯނު ދައްކަންޖެހޭ މުއްދަތު ވަނީ އިތުރު ކޮށްދެވިފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނާއި ލިބެމުންދިޔަ އާމްދަނީއަށް އަސަރުކުރި މީހުންނަށް ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް، ހާއްސަ ޕެކޭޖެއް ކަނޑައަޅައި އެމަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ގާސިމްގެ ޝަރީއަތް: ދިފާއީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުން މާދަމާ!

05 އޯގަސްޓު 2017
ގާސިމްގެ ޝަރީއަތް: ދިފާއީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުން މާދަމާ!
21 ޖޫން 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

21 ޖޫން 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި
08 ޖޫން 2017

ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

08 ޖޫން 2017
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި
07 އެޕްރީލު 2017

ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި

07 އެޕްރީލު 2017
ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި
13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް