Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު

ދިރާގުން ކޮންޓެކްޓްލެސް މާސް ސްކްރީނިންގ ސޮލިއުޝަން ތައާރަފްކޮށްފި

މިއީ ވިޔަފާރި ތަކަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު ސޮލިއުޝަންއެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2020 | އާދީއްތަ 07:26
ދިރާގުގެ މައި އޮފީސް

ދިރާގުގެ މައި އޮފީސް

ދިރާގުން ޓެލެކޮމް މެލޭޝިއާ ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭ.އައި ބޭނުން ކޮށްގެން "ތާމަލް މާސް ސްކްރީނިން ސޮލިއުޝަން" ކަމަށްވާ "އަރލީ ވޯނިންގ، އެލާޓް އަދި ރެސްޕޮންސް" (އީވާރް) ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މިއީ ރާއްޖޭގެ ވިޔަފާރި ތަކަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު ސޮލިއުޝަންއެއް ކަމަށެވެ. މި ސޮލިއުޝަން މެދުވެރިކޮށް އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްވެސް އިންސާނެއްގެ އެހީއަކާނުލާ މީހުންގެ ގައިގެ ފިނިހޫނުމިން ބަލައިލެވޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ވަނީ އިތުރު ސިއްހީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި ދިރާގުން އީ. ޑަބަލްޔޫ. އޭ. އާރް ގެ 2 ސޮލިއުޝަން ތައާރަފްކޮށްފައި މިވަނީ ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތަށް ރައްކާތެރި މާހައުލެއް ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ. އަދި ތައާރަފްކުރެވިގެން ދިޔައީ އީވާރް ކްރައުޑް އަދި އީވާރް ކޮމްޕެކްޓް ކަމަށް ދިރާގުންބުނެއެވެ.

ދިރާގުން ބުނީ އީވާރް ކްރައުޑް މެދުވެރިކޮށް އެއްފަހަރާ 10-15 ވަރަކަށް މީހުންގެ ބޮޑީ ޓެމްޕަރޭޗަރ ނުވަތަ ގައިގެ ފިނިހޫނުމިން ބަލާލެވޭ އިރު އީވާރް ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ބޮޑީ ޓެމްޕަރޭޗަރ ބަލާލެވޭނެ ކަމަށެވެ. އެހެން ކަމުން، އީވާރް ކޮމްޕެކްޓް މެދުވެރިކޮށް އަތުން ހިފައިގެން ގެންގުޅޭ ތަމޯމީޓަރ ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައި ދުރުކަން އިސްކުރެވޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މި ސޮލިއުޝަން މެދުވެރިކޮށް ހުން އައިސް ނުވަތަ ގައިގެ ފިނިހޫނުމިން ހުންނަން ޖެހޭ ވަރަށްވުރެ އިތުރަށް ހުރި މީހަކު ބިލްޑިންގ އަށް ވަނުމާ އެކު، ސިސްޓަމް އަށް ވަގުތުން އެލާޓް ފޮނުވާލަދޭ ކަމަށާއި މޮބައިލް ފޯނުތަކަށް ނޮޓިފިކޭޝަންވެސް ފޮނުވައިދެއެވެ. މީގެ އިތުރުން، މި ޑޭޓާތައް 3 މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ފަސޭހައިން ބަލާލެވޭގޮތަށް ރައްކާކުރެވިފައިވާނެ ކަމަށް ދިރާގުން ފާހަގަކުރެއެވެ.

މި ދެ ސޮލިއުޝަންވެސް ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ވަނީ ދިރާގު ހެޑް އޮފީހުގައި ގާއިމުކޮށްފައި ކަމަށާއި މިފަދަ ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އެއްވެސް މީހެއްގެ އެހީއަކާ ނުލައި ނުވަތަ ވަކި މީހަކު ބިލްޑިންގ ގެ ދޮރު ކުރިމަތީގައި ޓެމްޕަރޭޗަރ ބަލަން ބެހެއްޓުމުގެ ބަދަލުގައި، ގައިދުރުކަން އިސްކޮށް ބިލްޑިންގ އަށް ވަންނަ މީހުންގެ ޓެމްޕަރޭޗަރ ބެލޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. އަދި މިފަދަ ސޮލިއުޝަނެއް ހުރުމުން، ބިލްޑިންގ އަށް ވަދެ ނުކުމެ އުޅޭ ކަސްޓަމަމުންނާއި މުވައްޒަފުންނަށްވެސް އަމިއްލަ ޓެމްޕަރޭޗަރ އަކީ ކޮބައިތޯ ބަލާލުމުގެ އިތުރުން، އިތުރު މީހަކާ ކޮންޓެކްޓް ވާން ނުޖެހުމުގެ ސަބަބުން ހިންހަމަ ޖެހުމާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމަށް ވެސް ދިރާގުން ފާހަގަކުރެއެވެ.

މި ކަމާ ގުޅޭ ގޮތުން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދް ދަސަރ ވަނީ ދިރާގުން މަސައްކަތްކުރަނީ އެއް އަޒުމެއްގައި ކަސްޓަމަރުންނާއި މުވައްޒަފުން އަދި މުޅި މުޖުތަމަޢުގެ ސިއްހަތާއި ރައްކާތެރިކަން އިސްކޮށްގެން ކަމަށް ވިދާޅުވެ، މި ސޮލިއުޝަން ތައްޔާރުކޮށްފައިވަނީ ވެސް ތަރމަލް ސްކްރީނިންގ ނުވަތަ ފިނި ހޫނުމިން ބެލުމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ގޮތަށްކަމަށް ފާހަގަކޮށްފައެވެ. އެހެން ކަމުން، ޓެކެލިކޮމް މެލޭޝިއަ އާ ގުޅިގެން މިފަދަ ސޮލިއުޝަނެއް ރާއްޖެއަށް ގެނެއުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމަށް މަހުމޫދް ދަސަރ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޓެކެލޮމް މެލޭޝިއާގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝަރްލިން ތިއެގަރަޖަ ވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާއި ގުޅިގެން މި ސޮލިއުޝަން ރާއްޖޭގައި ތައާރަފުކުރުމަކީ ވަރަށް އުފާ ކުރާކަމެއް ކަމަށް ފާހަގަކޮށްފައެވެ. އަދި ޓެކެލޮމް މެލޭޝިއާގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން މި ހާއްސަ ސޮލިއުޝަން ފަރުމާކޮށްފައިވަނީ ނިއު ނޯމަލް ނުވަތަ އާ އާންމު ހާލަތުގައި ވިޔަފާރިތަކަށް ކަސްޓަމަރުންނާއި މުވައްޒަފުން އަދި އެހެނިހެން ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ކެނޑިނޭޅި ފޯރުކޮށްދިނުން ކަމަށާއި އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި

ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި

15 އޯގަސްޓު 2017
ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

04 ޖުލައި 2017
ދިރާގުން އީދު ހަދިޔާ ބަހައިފި

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު