Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް

އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގިނައިން ޕޮޒިޓިވް ވެފައިވަނީ އެއަރޕޯޓްގައި މަސައްކަތްކުރާ މީހުން!

ފުރަބަންދަށް ލުއިދިންފަހުން ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާލެއް މާބޮޑުތަނުން އިތުރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 އޯގަސްޓު 2020 | އާދީއްތަ 07:32
އެޗް.ޕީ.އޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

އެޗް.ޕީ.އޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

ކޮވިޑް-19 އާ ގުޅިގެން އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކުރި އިރުގެ ހާލަތާއި ފުރަބަންދަށް ލުއިތަކެއް ދިނުމުން މިހާރުގެ ޙާލަތާއި އަޅާބަލާއިރު، ބަލި ފެތުރޭގޮތުގެ ޓްރެންޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ލުއިދިންފަހުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން މި ބަލީގެ ނުރައްކަލަށް ހުށެހެޅޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓުގައި މަސައްކަތްކުރާ ސްޓާފުންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނަށް ބަލިޖެހޭ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހައި ރިސްކް ކެޓެގަރީގައި ހިމެނޭ އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ބަލިޖެހޭ ޢަދަދު ރާއްޖޭގައި އިތުރުވާން ފަށާފައިވާކަމަށާއި ވަކިން ޚާއްސަގޮތެއްގައި ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބަލީގެ މީހުންނަށް ކޯވިޑް-19 ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މި ބަލި އެންމެ ފުރަތަމަ ފެނުނު ދުވަސްވަރާއި އަޅާބަލާއިރު، މާބަނޑު މީހުންނަށްވެސް މި ބަލިޖެހޭ މިންވަރު އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ފުރަބަންދުކުރުމާއެކު ބައްޔަށް ޕޮޒިޓިވްވާ ބިދޭސީން ޢަދަދު އިތުރުވި ނަމަވެސް، މިހާރު ބައްޔަށް ޕޮޒިޓިވްވާ ބިދޭސީންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެހެންނަމަވެސް ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިންފަހުން ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ކަންބޮޑުވާހާ މިންވަރަކަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންކަމަށާއި، ބަލިޖެހޭ މީހުންގެ ތެރޭގައި އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް އިތުރުކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި މިދިޔަ ޖުލައިމަހާ އަޅާބަލާއިރު މި ހިނގާ އޯގަސްޓްމަހު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށާއި ފަހަކަށް އައިސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ވަޒީފާގައި ނޫޅޭ މީހުންކަމަށާއި އަދި ސްކޫލާއި ކޮލެޖްތަކުގައި ކިޔަވާ ކުދިންނާއި ޓީޗަރުން ޕޮޒިޓިވްވާ ޢަދަދުވެސް އިތުރުވަމުންދާކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

އަފްޒަލް ވިދާޅުވީ، ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވާއިރުވެސް، ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވްވަމުން ދަނީ ބޭރުތެރޭގައި މިބަލި ފެތުރިފަވާލެއް ބޮޑުކަމުންކަން ފާހަގަ ކުރެވޭ ކަމަށެވެ.

މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން، މިދިއަ މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުވެސް ބަންދުކުރި އެވެ. ނަމަވެސް ފުރަބަންދަށް ލުއިތައް ދެމުންގޮސް، މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ވަނީ އަލުން ހުޅުވާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު