Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

ގާނޫނުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ބާއްވާ ޕާޓީތަކަށް ފިޔަވަޅު އަޅާނަން، ދައްކާ ބިރަކަށް ފަހެއްނުޖެހި ޒިންމާ އަދާކުރާނަން: އަކްރަމް

30 އޯގަސްޓު 2020 | އާދީއްތަ 04:22

އެންގުމާއި ހިލާފުވެފައިވާ ހުރިހާ ފަރާތްތަކާއި މެދު ވަކި ޕާޓީއެއް އިސްތިސްނާކުރުމެއްނެތި ފިޔަވަޅު އަޅާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 30 އޯގަސްޓު 2020 | އާދީއްތަ 04:22
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ބާއްވާ ޕާޓީތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި ދައްކާ ބިރަކަށް ފަހެއްނުޖެހި ޒިންމާ އަދާކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރަައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

މި ހިނގާ އޯގަސްޓް މަހުގެ 29 ވަަނަަ ދުވަހު އަކްރަމް ވަނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ނުބޭއްވުމަށް ހުރިހާ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށް ހާމަކޮށްފައެވެ. އަދި އެ އެންގުމާއި ހިލާފުވެފައިވާ ހުރިހާ ފަރާތްތަކާއި މެދު ވަކި ޕާޓީއެއް އިސްތިސްނާ ކުރުމެއްނެތި ފިޔަވަޅު އަޅާނެކަމަށް ހާމަކުރުމާއެކު އިދިކޮޅުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

Advertisement - newsAdvertisement

އެގޮތުން، މީސް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން އިންޒާރުގެ މެސެޖުތައް ދެމުން އަންނައިރު މިކަމަށް ރައްދު ދެއްވައި އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުވަހަކުވެސް މަސްއޫލިއްޔަތު އަދާކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ، ތެދުވެރިކަމާއެކު ގާނޫނާއި ގަވާއިދުގެ ތެރެއިން ޒިންމާ އަދާކުރުމުގައި ފަހަތައް ނުޖެހޭނެ ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، ބިރުދެއްކުމާއި މައިންބަފައިންނަށް ބޭއަދަބީ ބަސްތަކުން އިންޒާރު ދިނުމަކީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުޑަކޮށްވެސް ފަހަތައް ޖެހޭނެކަމެއް ނޫންކަމަށެވެ. އަދި ގާނޫނުތަކުގެ ތެރޭގައި ތިބުމަށް ބުނުމަކީ ބަޔަކަށް ބުނެވޭ ކުޑައިމީސް ބަހެއް ނޫންކަމަށާއި ރިވެތި އަހުލާގު އިސްކުރުމަށް އަކްރަމް އިލްތިމާސްކުރެއްވިއެވެ.

މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ، ސިޔާސީ ހަރަކާތްތައް ބޭއްވުމުގައި އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުމަށް އަންްގާފައެވެ. ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރޭތީ، އެޗްޕީއޭ އިން ވަނީ ގިނަ މީހުން ގައިގޯޅިވެ، އެއްވެ ނޫޅުމަށާއި، އަދި 30 މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން އެއްވެ ނޫޅުމަށް އަންގާފައި ވެއެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ އިސްކަންދިނުމަށް ވެސް އަންގާފައި ވެއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވަނީ އެކި ކަންކަމުގައި ބޮޑެތި މަގުތަކުގައި މުޒާހަރާ ކުރަން މިވަނީ ފަށާފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުވެސް މުޒާހަރާ ކޮށްފައިވާއިރު، މާސްކް ނާޅާއި އެތައް ބަޔަކު ތިބި މަންޒަރު މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ކުރީގެ ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ މުޒާހަރާގައި މާސްކް ނާޅައި ބައިވެރިވެފައެވެ. މީގެކުރިން އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅުޖެހުން ފަދަ މުޑުދާރު އަމަލުތައް ވަނީ ހިންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް