Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު

ރައްޔިތުންގެ 500 ފްލެޓް ގެއްލުވާލާ، ދަޢުލަތުގެ ބޮލުގައި މުއިއްޒު އެޅުވީ 128 މިލިއަން ރުފިޔާގެ ލޯނެއް!

30 އޯގަސްޓު 2020 | އާދީއްތަ 17:30

500 ފްލެޓް އިމާރާތްކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ކުންފުނި ސޮއިކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޯގަސްޓު 2020 | އާދީއްތަ 17:30
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު- މިނިސްޓަރ މުއިއްޒަށް ދަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު- މިނިސްޓަރ މުއިއްޒަށް ދަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން

ޔާމީން ސަރުކާރުން ގެދޮރުވެރި ކުރުވުމުގެ ނަމުގައި ރައްޔިތުންނަށް ދީފައިވާ ކެހިތަކުގެ ވާހަކައަކީ ދައްކައި ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. ބޮޑެތި އަދަދުތަކުން ލޯނުތައް ނަގައި، ދައުލަތް ދަރަނިވެރި ކުރުވިއިރު، ތަރައްޤީގެ ނަމުގައި ދައުލަތުގެ ފައިސާއަށް ވެފައިވާ ހިޔާނާތް މާ ބޮޑުކަމަށް ގިނަ ބަޔަކު ދެކެއެވެ. މި ކަންކަމުގައި ރައީސް ޔާމީނަށް އެހީތެރިވެދިނުމުގައި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ކުރައްވާފައިވާ ކަންކަމުގެ ނަތީޖާވެސް މިއަދު ރައްޔިތުންނަށް ދަނީ ފެންނަމުންނެވެ. އޭގެ ތެރެއިންވެސް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒުގެ ވާހަކަތައް ދައްކާ ކޮޅުން ނުލާނެއެވެ.

މާލޭ ސަރަޙައްދާއި ގދ ތިނަދޫ ހިމެނޭ ގޮތަށް 500 ފްލެޓް އިމާރާތްކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޯވަސީޒް އިންފްރާސްޓްރަކްޗާ އެލަޔަންސްއާއެކު 20 ނޮވެންބަރު 2011 ގައި އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ޢަދި އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި މި މަޝްރޫޢުއަށް ބޭނުންވާ 8.31 މިލިއަން ޑޮލަރު (128 މިނިއަން ރުފިޔާ)ގެ ލޯނު ހަމަޖެހި 2012 ވަނަ އަހަރު ވަނީ ލޯނުވެސް އެޕްރޫވް ކޮށްފައެވެ.

އެއަށްފަހު ޔާމީންގެ ސަރުކާރު އައިސް، މި މަސައްކަތް ކުރަމުންދިޔަ ކުންފުންޏާ ސަރުކާރާ ދެމެދު މައްސަލަތައް ކުރިމަތިވާން ފެށިއެވެ. އެގޮތުން 2015 ވަނަ އަހަރު ކުންފުންޏަށް ދީފައިވާ ޕާރފޯމެންސް ގެރެންޓީގެ މުއްދަތު ހަމަވެ މަސައްކަތްވެސް ހުއްޓުމަކަށް ދިޔައެވެ. އެހެން ނަމަވެސް، ޕާރފޯމެންސް ގެރެންޓީ ދިނުމަށް އޭރުގެ ހައުސިން މިނިސްޓަރ މުޢިއްޒު ގެންދެވީ ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން 06 އޮކްޓޯބަރ 2015 ގައި މަސައްކަތް ހުއްޓާލުމާ ހަމައަށްވެސް ކުންފުނިން އެތައް މަސައްކަތެއް ކުރި ނަމަވެސް، މިނިސްޓަރ އެކަމަށް އިޖާބަ ދެއްވާފައެއް ނުވެއެވެ. ރައީސް ނަޝީދުގެ ސަރުކާރުން ފެށި މި މަޝްރޫއު ޔާމީން ސަރުކާރުގައި މުޅިން އޮޅުން ބޮޅުންވެ، އެންމެ ފަހުން އެތައް މިލިއަނެއްގެ ގެއްލުން ލިބުނީ ދިވެހިރާއްޖެއަށެވެ.

މިނިސްޓްރީ އޮފް ހައުސިން އާ އިންޑިއާ ސަރުކާރާއި ދެމެދު އުފެދުނު މައްސަލަތައް ހައްލު ނުކުރެވި އިންޑިއާ ދިވެހިރާއްޖެ ގުޅުން ހީނަރުވަމުން ގޮސް އެންމެ ފަހުން ކާހެދި އިންޑިއާގެ ލޯނުވެސް މެދުކަނޑާލިއެވެ. އޭރު އެ މަސައްކަތް ކުރަމުންދިޔަ ކުންފުނިން ދިވެހިރާއްޖޭގައި އޮފީސް ހުޅުވައި ފްލެޓް އެޅުމަށް ބޭނުންވާ ދަނގަޑާއި ސިމެންތި އަދި ހިލަ ފަދަ ތަކެތި ފްލެޓް އެޅުމަށް ކަނޑައެޅިފައިވާ ތަންތަނަށް ގެންދިއުމުގެ މަސައްކަތްވެސް އޮތީ ފަށާފައެވެ. އެގޮތުން ކުންފުނިން ވަނީ އެތަށް މިލިއަން ރުފިޔާއެއްގެ ތަކެތި ދިވެހިރާއްޖެ ގެނެސް ސައިޓުތަކަށް ޖަމާކޮށްފައެވެ. އެއާއެކުވެސް އެ މަޝްއޫރު ކުރިއަށް ގެންދިއުމަށް މަޝްވަރާތައް ކުރުމަށް ބޭންކުގެ ވެރިންނާއި، ކުންފުނިންވެސް އެތައް މަސައްކަތެއް ކުރިއެވެ. އެހެން ނަމަވެސް އެ ހުރިހާ މަސައްކަތެއް ފަނުފުލުން ދިޔައީ މިނިސްޓަރ މުއިއްޒު ގަސްދުގައި މަޝްރޫއު ފޭލް ކޮށްލުމަށް ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ.

އެންމެ ފަހުން މިނިސްޓަރ މުއިއްޒުގެ ސަބަބުން މި މުޅި މަޝްރޫއުވެސް ހުއްޓިގެން ދިޔައީއެވެ. ބޯހިޔާވަހިކަމުގެ އުއްމީދުގައި ތިބި އެތައް ރައްޔިތުންނެއް މާޔޫސްކޮށްލާފައެވެ. މިއީ ދައުލަތަަށް ގެއްލުންވާ ގޮތަށް މިނިސްޓަރ މުއިއްޒު ކުރައްވާފައިވާ ކަންކަމުގެ ކުޑަ މިންވަރެކެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
14 ސެޕްޓެމްބަރު 2017

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް