Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރީއަތް ނިމެންދެން ބަންދު ކުރުން

"މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ބަންދުގައި ތިބޭތާ އެވްރެޖްކޮށް 26 މަސް"

29 އޯގަސްޓު 2020 | ހޮނިހިރު 17:16

މާލޭ ޖަލުގައިވެސް މިވަގުތު 140 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި އެބަތިބި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2020 | ހޮނިހިރު 17:16
ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވަނީ އެ މައުލޫމާތުތަކުގެ މައްޗަށް އެކުލެވޭ ތަފްސީލީ ރިޕޯޓް މަޖިލީހާ ހިއްސާ ކުރައްވާފައި

ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވަނީ އެ މައުލޫމާތުތަކުގެ މައްޗަށް އެކުލެވޭ ތަފްސީލީ ރިޕޯޓް މަޖިލީހާ ހިއްސާ ކުރައްވާފައި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ބަންދުގައި ތިބޭތާ އެވްރެޖްކޮށް 26 މަސް ވެފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބު އެކުލަވާލާފައިވާ "ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތު" ގެ ދަށުން ތަހުޤީޤު ކުރުމާއި ބަންދުގައި މީހުން ބެހެއްޓުމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މަސައްކަތްތަކުގެ މައްޗަށް ހިމެނޭ ޚާއްސަ ރިޕޯޓެއް އެކުލަވާލައި އަހަރަކު ދެފަހަރު މަޖިލީހާ ހިއްސާ ކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެގޮތުން މި ރިޕޯޓް މިހާރު ޕީޖީ އޮފީހުން ވަނީ އެކުލަވާލައި މަޖިލީހާ ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

ރިޕޯޓްގައި ބަޔާން ކޮށްފައިވާ ގޮތުން، ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ބަޔަކު ތިބުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެގޮތުން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓާ މަޝްވަރާކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަވަސް ކުރުމާ ބެހޭގޮތުން ތާވަލެއް އެކުލަވާލައި، މަސައްކަތް ފައްޓަވާފައެވެ. އެހެން ނަމަވެސް، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކަމަށް ލަސްތަކެއް އައިސްފައިވާކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނީ، މާލޭ ޖަލުގައިވެސް މިވަގުތު 140 މީހުން ތިބިއިރު، އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭތާ އެވްރެޖްކޮށް 8 މަހާ ބައި ވެފައިވާ ކަމަށެވެ. ހަމަ އެގޮތަށް މާފުށީ ޖަލުގައިވެސް 110 މީހުން ބަންދުގައި ތިބިއިރު، އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭތާ އެވްރެޖްކޮށް 26 މަސް ވާން ކައިރިވެފައިވާކަމަށް ޕީޖީ އޮފީހުގެ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

މި ތަފްސީލުތައް ހިއްސާ ކުރައްވައި ޕީޖީ ހުސައިން ޝަމީމް ވަނީ މި ތަފާސް ހިސާބުތަކަށް ބަލައިގެން ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރެވޭނަމަ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ހަދާ ސިޔާސަތުތަކުން ކާމިޔާބު ހޯދޭ މިންވަރު އިތުރުވާނެ ކަމަށް ފެންނަކަަމަށް ވިދާޅުވެފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ނިމިގެން ނޫނީ މި ނިޒާމަަށް ލުއެއް ލިބެން ނެތް ކަމަށެވެ. އަދި އެކަން ކުރުމުގެ މަސައްކަތް ޝަރުއީ ކޯޓުތަކާ ގުޅިގެން ކުރައްވަމުން ގެންދަވާކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރު އެވްރެޖްކޮށް ދައުވާކުރާ މުއްދަތު އަވަސްވެފައިވާކަން ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު 81 ދައުވާއެއް ކުރުމަށް އެވްރެޖްކޮށް ނަގާފައިވަނީ 113 ދުވަސް ކަމަށާއި، 2020 ވަނަ އަހަރު 70 ދައުވާއެއް ކުރުމަށް އެވްރެޖްކޮށް ނަގާފައިވަނީ 56 ދުވަސްކަމަށް ޕީޖީ އޮފީހުން ހުށައަޅާފައިވާ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

2

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

5

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް