Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާނަށް ކުރަމުންދާ ވިއްސާރަ

ޖަޕާނަށް މިއިން ޒަމާނަކު މިވަރަކަށް ވާރޭ ނުވެހޭ: އޮފިޝަލުން

މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 8 ޖުލައި 2018 | އާދީއްތަ 12:26
ވިއްސާރައިގެ ސަބަބުން ޖަޕާނުގައި ފެން ބޮޑުވެފައިވާ ރަށެއް

ވިއްސާރައިގެ ސަބަބުން ޖަޕާނުގައި ފެން ބޮޑުވެފައިވާ ރަށެއް

ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.

ޖަޕާނުގެ ހީރޯޝީމާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން ބައެއް ކޯރުތައް ބަންޑުންވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އޮފިޝަލުން ބުނެއެވެ.

2 މިލިއަން މީހުން މިހާރުވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، ގިނަ ބަޔަކު އަދިވެސް ގެއްލިފައިވާކަމަށާއި، އިތުރު ބައެއް ބައެއް މީހުންނަށް އިތުރު އެހީތެރިކަން ބޭނުންވާކަމަށް ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވިއެވެ. 1.5 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އަމުރުކޮށްފައިވާއިރު، އިތުރު 3 މިލިއަން މީހުންވެސް ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ޖަޕާނުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން

ކުއްލިއަކަށް ފެންބޮޑުވެ، ކޯރުތައް ބަންޑުންވީ އާއްމުކޮށް މުޅި ޖުލައި މަހު ޖަޕާނަށް ވާރޭ ވެހޭ މިންވަރަށްވުރެ 3 ގުނަ އިތުރަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 3 ދުވަސް ތެރޭ ވާރޭ ވެހުމާއި ގުޅިގެންނެވެ. އެންމެ ގިނައިން ވާރޭ ވެހުނު އެއް ރަށްކަމަށްވާ މޮޓޮޔާމާއަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާއި ހަމަޔަށް 583 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހޯމަ ދުވަހާއި ހަމަޔަށް ބައެއް ސަރަހައްދުތަކަށް 250 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ޖަޕާންގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ޖަޕާނުގެ ކިޔޯޑޯ ނިއުސް އެޖެންސީއިން ރިޕޯޓްކުރާ ގޮތުގައި ކިސަޑު ފޭބުމުގެ ސަބަބުން ބައެއް މީހުން ދިރިތިއްބާ ވަޅުލެވިފައިވެއެވެ.

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ މިއީ ވަރަށް ނުރައްކާތެރި ޙާލަތެއްކަމަށާއި، މިއިން ޒަމާނަކުވެސް މިފަދަ ވާރެއެއް އެސަރަހައްދަށް ނުވެހޭކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމަށާއި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް އެތައް ހާސް ސިފައިންނާއި ފަޔަރ ފައިޓަރުންގެ އިތުރުން ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރުމަތީ ޖަޕާނަށް ހަ މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

އިރުމަތީ ޖަޕާނަށް ހަ މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

07 ޖުލައި 2018
އުތުރު ކޮރެއާ އާއި އެމެރިކާގެ މަޝްވަރާތަކުން ޖަޕާނަށް ގެއްލުމެއް ނުފޯރާނެ ކަމަށް އެމެރިކާ އިން ބުނެފި

އުތުރު ކޮރެއާ އާއި އެމެރިކާގެ މަޝްވަރާތަކުން ޖަޕާނަށް ގެއްލުމެއް ނުފޯރާނެ ކަމަށް އެމެރިކާ އިން ބުނެފި

29 ޖޫން 2018
އެމެރިކާގެ ދިފާއީ ވަޒީރު ދެކުނު ކޮރެއާ އާއި ޖަޕާނަށް ކުރައްވާ ދަތުރުފުޅެއް ބުރާސްފަތި ދުވަހު ފަށްޓަވާނެ

އެމެރިކާގެ ދިފާއީ ވަޒީރު ދެކުނު ކޮރެއާ އާއި ޖަޕާނަށް ކުރައްވާ ދަތުރުފުޅެއް ބުރާސްފަތި ދުވަހު ފަށްޓަވާނެ

28 ޖޫން 2018
އީރާނުން ތެޔޮ ނުގަތުމަށް ޖަޕާނަށް އެމެރިކާއިން ގޮވާލާފި

އީރާނުން ތެޔޮ ނުގަތުމަށް ޖަޕާނަށް އެމެރިކާއިން ގޮވާލާފި

25 ޖޫން 2018
ޖަޕާނަށް ވަރުގަދަ ބިންހެލުމެއް، ތިން މަރާއެކު، 200 މީހުން ޒަޚަމްވެއްޖެ!

ޖަޕާނަށް ވަރުގަދަ ބިންހެލުމެއް، ތިން މަރާއެކު، 200 މީހުން ޒަޚަމްވެއްޖެ!

18 ޖޫން 2018

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު