Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެފޭ ޓިއޯލޯގެ އަލިފާނުގެ ހާދިސާ

27 ވޮލެންޓިއަރުން ހަރަކާތްތެރިވި، ހެލްޕްލައިނެއްވެސް ގާއިމްކުރެވުނު: އެމްއާރްސީ

29 އޯގަސްޓު 2020 | ހޮނިހިރު 08:28

ފުރަތަމަ ޓީމް ދިޔައީ 22:10 ގައި

އަލީ ސަމާޚް
އަލީ ސަމާޚް | 29 އޯގަސްޓު 2020 | ހޮނިހިރު 08:28
އެމްއާރްސީގެ ވޮލެންޓިއަރުން އަލިފާން ރޯވި އިމާރާތް ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އެމްއާރްސީގެ ވޮލެންޓިއަރުން އަލިފާން ރޯވި އިމާރާތް ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވަނީ

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 27 އިމަރޖެންސީ ރެސްޕޯންސް ވޮލެންޓިއަރުން ހަރަކާތްތެރިވި ކަމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ބުނެފިއެވެ.

އެމްއާރްސީން ބުނީ، ފުރަތަމަ ރެސްޕޮންސް ޓީމް އެ ސަރަހައްދަށް ގޮސްފައިވަނީ 22:10 ހާއިރު ކަމަށެވެ. އަލިފާން ހިފި ސަރަހައްދުގައި އެމްއާރްސީގެ ތިން ޓީމެއް ހަރަކާތްތެރިވިއެވެ. ސައިކޯސޯޝަލް ސަޕޯޓް ޓީމުތަކުން ދިޔައީ ރެސްޕޮންސް ޓީމްތަކާއި އެކު މަސައްކަތްކުރަމުންނެވެ.

Advertisement - newsAdvertisement

އެމްއާރްސީން މަސައްކަތްކުރީ ފުލުހުންގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އާ ގުޅިގެންނެވެ. އެންޑީއެމްއޭ އިން ބުނެފައިވާ ގޮތުން ރޭ އަލިފާނުގެ ހާދިސާގައި ވަގުތީ ބޯހިޔާވަހިކަން ބޭނުންވެގެން އެއްވެސް ފަރާތެއް އެދިފައެއް ނުވެއެވެ.

އެމްއާރްސީން ބުނީ، ހާދިސާއާ ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ހެލްޕްލައިން އެއް ގާއިމް ކުރެވުނު ކަމަށެވެ. އެކަމަކު އެއްވެސް ފޯން ކޯލެއް އަދި މިހާތަނަށް ލިބިފައެއް ނުވާ ކަމަށެވެ.

''ކެފޭ ޓިއޯލޯ" ގައި އަލިފާން ރޯވެ އެ އަލިފާންގަނޑު ޖެހިގެން ހުރި އިމާރާތާ ދިމާލަށް ފެތުރެން ފެށިތަނާއިއެކު އެ ސަރަހައްދުތަކުގެ އިމާރާތުގައި ތިބި މީހުން ވަނީ އެތަނުން ނެރެފައެވެ. ކެފޭ ޓިއޯލޯ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ އަޅިއަށްވެފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ޖެހިގެން ހުރި ގަދަގެ މުހައްމަދުފުޅު ބިލްޑިންގެ ޓެރަސްއާ ހަމަޔަށް ފެތުރުނެވެ. އަދި އެ އިމާރާތުގައި ހިންގަމުންދާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އޮފީހަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2020

ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި މީހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މެމްބަރު އިކްރާމް މައާފަށް އެދިއްޖެ

12 އޮކްޓޯބަރު 2020
ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި މީހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މެމްބަރު އިކްރާމް މައާފަށް އެދިއްޖެ
11 އޮކްޓޯބަރު 2020

ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުން މަސައްކަތް ކުރަނީ ޓެކްނިކަލް މިންގަނޑުތަކާ އެއްގޮތަށް: ޑރ. ނަޒްލާ

11 އޮކްޓޯބަރު 2020
ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުން މަސައްކަތް ކުރަނީ ޓެކްނިކަލް މިންގަނޑުތަކާ އެއްގޮތަށް: ޑރ. ނަޒްލާ
11 ސެޕްޓެމްބަރު 2020

ދިވެހި ރެޑްކްރެސެންޓްގެ ކޯލް ސެންޓަރަށް 30 ވޮލެންޓިއަރުން ހޯދަނީ

11 ސެޕްޓެމްބަރު 2020
ދިވެހި ރެޑްކްރެސެންޓްގެ ކޯލް ސެންޓަރަށް 30 ވޮލެންޓިއަރުން ހޯދަނީ
16 އޯގަސްޓު 2020

މީހަކު ހައްޔަރު ކުރުމުގެ އޮޕްރޭޝަންގައި ހަރަކާތްތެރިވި ހަ ފުލުހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ

16 އޯގަސްޓު 2020
މީހަކު ހައްޔަރު ކުރުމުގެ އޮޕްރޭޝަންގައި ހަރަކާތްތެރިވި ހަ ފުލުހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ
24 ޖޫން 2020

"ނަވާނަވައި" މުޒާހަރާ: އަސާސީ ތަމްރީން އެއްކޮށް ފުރިހަމަ ނުކޮށް ތިބި ފުލުހުން މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވި!

24 ޖޫން 2020
"ނަވާނަވައި" މުޒާހަރާ: އަސާސީ ތަމްރީން އެއްކޮށް ފުރިހަމަ ނުކޮށް ތިބި ފުލުހުން މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވި!
25 ސެޕްޓެމްބަރު 2019

އަލިފާނުގެ ހާދިސާގައި ސިފައިން ހަރަކާތްތެރިވި ގޮތާއިމެދު ފަހުރުވެރިވަން: ޝަމާލް

25 ސެޕްޓެމްބަރު 2019
އަލިފާނުގެ ހާދިސާގައި ސިފައިން ހަރަކާތްތެރިވި ގޮތާއިމެދު ފަހުރުވެރިވަން: ޝަމާލް
14 އޯގަސްޓު 2019

ބާ ކައުންސިލަށް ވޮލެންޓިއަރުން ހޯދަނީ

14 އޯގަސްޓު 2019
ބާ ކައުންސިލަށް ވޮލެންޓިއަރުން ހޯދަނީ
08 މެއި 2019

ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެއްޖެ

08 މެއި 2019
ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެއްޖެ
10 އެޕްރީލު 2019

ރޭގެ އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނަށް އިމްރާންގެ ތައުރީފް!

10 އެޕްރީލު 2019
ރޭގެ އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނަށް އިމްރާންގެ ތައުރީފް!
07 ޖޫން 2018

އެމްޑީޕީ ޕްރައިމަރީގައި ހަރަކާތްތެރިވި މައްސަލަ ބަލަނީ

07 ޖޫން 2018
އެމްޑީޕީ ޕްރައިމަރީގައި ހަރަކާތްތެރިވި މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް