Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީގައި ހަރަކާތްތެރިވި މައްސަލަ ބަލަނީ

7 ޖޫން 2018 | ބުރާސްފަތި 05:04

ޕްރައިމަރީ ބާއްވަން ބައެއް ކައުންސިލްތަކުން އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެލްޖީއޭއިން ވަނީ ސިޓީ ފޮނުވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2018 | ބުރާސްފަތި 05:04
މެއި 30 ވަނަ ދުވަހުގެ ބޭއްވި އެމްޑީޕީގެ ޕްރައިމެރީގެ ވޯޓްލުން ކުރިއަށް ދަނީ

މެއި 30 ވަނަ ދުވަހުގެ ބޭއްވި އެމްޑީޕީގެ ޕްރައިމެރީގެ ވޯޓްލުން ކުރިއަށް ދަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަރަކާތްތެރިވި ކައުންސިލަރުންގެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކުރައްވައިގެން ޕްރައިމަރީ ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިންޒާރުދީފައި ވަނިކޮށެވެ. ނަޝީދު އެކަނި ވާދަކުރެއްވި ޕްރައިމަރީ ހުއްުޓުވުމަށްޓަކައި ފުލުހުން ސިވިލް ކޯޓްގެ އަމުރެއް ހޯދައިގެން މަސައްކަތް ކުރި ނަމަވެސް، ޕްރައިމަރީ ހުއްޓުވޭ ގޮތެއް ނުވި އެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން އެލްޖޭއިން ވަނީ ކޯޓުގެ އަމުރާ ހިލާފަށް ބައެއް ކައުންސިލްތަކުން އަމަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފަ އެވެ. އެމައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، އެކަން ހިނގާދިޔަ ގޮތް ސާފުކޮށް ލިޔުމަކުން އަންގާދިނުމަށް އެލްޖޭއިން ވަނީ ބުނެފަ އެވެ.

އެލްޖޭއިން ގއ.ދެއްވަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕްރައިމަރީ ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ދެއްވަދޫ ކައުންސިލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވީ ކައުންސިލްގެ ރައީސް އަހްމަދު ނަޖްމީ އާއި ނައިބު ރައީސް އިބްރާހިމް ތައުފީގް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ލިޔެކިޔުމުން ފޮނުވައިދިނުމަށް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތީޚާބުގައި ކައުންސިލްތަކުން ބައިވެރިވެފައިވާ މައްސަލަ އެލްޖީއޭއިން ބަލަންފަށާފައިވާއިރު، މިޕްރައިމަރީގައި ބައިވެރިވި ބައެއް މީހުން ސަރުކާރުން ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީ އިންތިޚާބު ބޭއްވުމަކީ ގާނޫނައި ހިލާފު ކަމެއް ކަމަށާއި، ގާނޫނާއި ހިލާފަށް އިންތިޚާބު ބާއްވައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން އިންޒާރު ދިން ނަމަވެސް އެމްޑީޕީން ވަނީ އިންތިޚާބު ބާއްވާފަ އެވެ. އަދި ރައީސް ނަޝިދު ވަނީ ޕްރައިމަރީގައި ވާދަކޮށް އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް