Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮޑްރިގޯ ލީޑްސްއަށް ބަދަލުވުން

ވެލެންސިއާގެ ފޯވާޑް ރޮޑްރިގޯ ލީޑްސްއަށް

ރިޕޯޓުތައް ބުނާ ގޮތުން ރޮޑްރީގޯ ލީޑްސްއާ ގުޅުނީ ގާތްގަނޑަކަށް 30 މިލިޔަން ޕައުންޑްގެ އަގަކަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2020 | ބުދަ 13:39
ވެލެންސިއާއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ

ވެލެންސިއާއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ

ވެލެންސިއާއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ ލީޑްސް ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 29 އަހަރުގެ ފޯވާޑް ލީޑްސްއާ ގުޅުނީ ގާތްގަނޑަކަށް 30 މިލިޔަން ޕައުންޑްގެ އަގަކަށެވެ.

މީގެ ކުރިން ބޯލްޓަން ވޮންޑަރާސް އާއި ބެންފީކާއަށް ކުޅެފައިވާ ރޮޑްރީގޯ ވެލެންސިއާ ދޫކޮށްލީ ހަ އަހަރު ފަހުންނެވެ. އޭނާ އެންމެ ފުރަތަމަ ވެލެންސިއާއާ ގުޅުނީ 2014 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު ވެލެންސިއާއިން ވަނީ ރޮޑްރީގޯގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.

ވެލެންސިއާގައި ރޮޑްރީގޯ ހޭދަކުރި ހަ އަހަރު އޭނާ ވަނީ އެ ޓީމަށް 220 މެޗު ކުޅެދީ 59 ލަނޑު ޖަހާފައެވެ. އަދި ވަނީ ވެލެންސިއާއާއެކު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ. ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް 22 މެޗު ރޮޑްރީގޯ ކުޅެދީފައިވާއިރު، އޭނާ ވަނީ ސްޕެއިންގެ ޖާޒީގައި އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

ކުރިއަށް އޮތް ސީޒަނަށް ރޮޑްރީގޯ ލީޑްސްއާ ގުޅުނުއިރު، މިއީ ލީޑްސްއިން އައު ސީޒަނަށް އެ ކުލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ. ލީޑްސް ވަނީ މި ނިމުނު ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ކާމިޔާބުކޮށް، 16 އަހަރަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ލީޑްސްއިން ޕްރިމިއާ ލީގުގެ ޖާގައެއް ހޯދިއިރު، އެޓީމަށް އިރުޝާދުދެމުން އަންނަނީ އާޖެންޓީނާގެ މާސެލޯ ބިއެލްސާއެވެ.

މީގެ ކުރިން އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ލީޑްސް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2004 ވަނަ އަހަރުއެވެ. މީގެ ކުރިން ލީޑްސްއިން ވަނީ ތިން ފަހަރެއްގެ މަތިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ވަނީ 2001 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2018

ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން

14 ޖެނުއަރީ 2018
ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން
01 ނޮވެމްބަރު 2017

ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ

01 ނޮވެމްބަރު 2017
ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ
23 އޯގަސްޓު 2017

ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ

23 އޯގަސްޓު 2017
ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ
13 އެޕްރީލު 2017

ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި

13 އެޕްރީލު 2017
ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު