Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަމުގެ ގަވާއިދުގެ މައްސަލަ

މަގާމުގެ މައްސޫލިއްޔަތު އަދާކުރައްވާފައި ނުވާތީ މަޖިލިސް ރައީސްގެ ނުރުހުން ޒަހާ އަށް

ޒަހާގެ އިސްތިއުފާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ގޮވާލައްވާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2020 | ބުދަ 06:05
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދަށް މަޤާމުގެ ޒިންމާ އަދާނުކުރެއްވޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ގެނެވުނު އިސްލާހާއި އެކު މަސްވެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި ގާނޫނަށް އަމަލު ކުރަންފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން ޖެހެއެވެ. އެހެންނަމަވެސް އެކަން އެ މުއްދަތުގެ ތެރޭގައި ކުރައްވާފައިނުވާތީ އެމައްސަލަ ގަވާއިދު ކޮމިޓީން ބަލަން ފެށިއެވެ.

Advertisement - newsAdvertisement

އޭރު މި މައްސަލަ ބަލަން ފެށުމާއި އެކު މިނިސްޓަރ ވިދާޅުވެފައިވަނީ ގަވާއިދުގެ ޑްރާފްޓެއް އެކުލަވާލާ، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލަފާއަކަށް ހެދި ފޮނުއްވާފައިވާކަމަށެވެ. އަދި ދާދި އަވަހަށް މި ގަވާއިދުތައް ގެޒެޓު ކުރެވިގެންދާނެ ކަމަށެވެ. ޖޫން މަހު މި މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ގަވާއިދުތައް ގެޒެޓު ކުރުމަށް 90 ދުވަހުގެ މުއްދަތެއްދީ އިތުރު ފުރުސަތެއް ޒަހާއަށް ދިނުމަށެވެ.

އެހެންނަމަވެސް އަންގާރަ ދުވަހުގެ ނިޔަލަށްވެސް އެ ގަވާއިދުތައް ގެޒެޓު ކުރެވިފައިނުވާކަން ވަނީ ކަށަވަރުވެފައެވެ. ކޮމިޓީ ރިޕޯޓުގައިވެސް މިކަން ފާހަގަކޮށް ބުނެފައިވަނީ މިނިސްޓަރ ޒަހާ ވަނީ ގާނޫނާއި ޚިލާފުވެފައިވަކަމަށެވެ. އަދި މިނިސްޓަރ ކުރައްވަން ޖެހޭ ކަމެއް ނުކުރައްވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޒަހާގެ މައްސަލަ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވެސް ފޮނުވިދާނެ ކަމަށާއި އެހެންނަމަވެސް މި މައްސަލަ އެ ކޮމިޓީއަށް ފޮނުވައިގެން ބެލުމުގެ ބޭނުމެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ދެ ކޮމިޓީގެ ރިޕޯޓުގައި ނިންމާނީ އެއްގޮތަކަށް ކަމަށް ބެލެވޭތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިނިސްޓަރ މައްސޫލިއްޔަތު އަދާ ނުކުރެއްވުމުން އަމަލުކުރާނެ ގޮތް މެމްބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގެ "އެޖެންޑާ 19"ގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ. އަދި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ވެސް މިކަންކަން ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު