Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަމޭސް އެވަޓަންއަށް ބަދަލުވުން

ރެއާލް ދޫކޮށް ހަމޭސް އެވަޓަންއަށް ބަދަލުވަނީ

26 އޯގަސްޓު 2020 | ބުދަ 02:47

ހަމޭސް ގަތުމަށް އެވަޓަންއިން 36 މިލިޔަން ޕައުންޑް ޚަރަދުކުރާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 26 އޯގަސްޓު 2020 | ބުދަ 02:47
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އެވަޓަންއަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ޓްރާންސްފާ ބާޒާރުގައި ރެއާލް ދޫކޮށް އެހެން ޓީމަކަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާ ހަމޭސް އެވަޓަންއަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ހަމޭސްގެ އޭޖެންޓް ވަނީ އެވަޓަންގެ ބޯޑު މެންބަރުންނާ ބައްދަލުކޮށްފައެވެ. އަނެއްކޮޅުން ހަމޭސް ގަތުމަށް އެވަޓަންއިން 36 މިލިޔަން ޕައުންޑް ޚަރަދުކުރުމަށް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެވަޓަންއިން ހަމޭސްއަށް ބިޑް ކުރަނީ އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީގެ އެދުމުގެ މަތިންނެވެ. ހަމޭސް ރެއާލަށް ގެންދިއުމުގައިވެސް އޭރު ރެއާލްގެ ކޯޗުގެ މަގާމުގައި ހުރި އަންޗެލޮޓީ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.

އެވަޓަންއިން ހަމޭސް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ހަމޭސް ވަނީ ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައެވެ. ހަމޭސް ބުނީ ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވި ކަމުގައިވިޔަސް، ރެއާލުން އެފުރުސަތު އޭނާއަށް ދޭނެ ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

ރެއާލްގެ ފުރަތަމަ އެގާރައިން ހަމޭސްއަށް ފަހަކަށް އައިސް ޖާގަ ލިބިފައި ނުވާއިރު، އޭނާ ބުނީ ފުރަތަމަ އެގާރައިން ޖާގަ ނުލިބުމުން އެކަމާ ދެރަވި ކަމަށާއި، އެކަމަކު ކޯޗު ޒިނެދިން ޒިދާންގެ ނިންމުމަށް އޭނާ ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ.

ރެއާލް ދޫކޮށްލަން ބޭނުންވާކަން ހަމޭސް ހާމަކުރި ނަމަވެސް، މީގެ ކުރިން މީޑިއާތަކުން ވަނީ އަންނަ ސީޒަނުގައި ރެއާލްގައި މަޑުކުރަން ހަމޭސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ހަމޭސް މަޑުކުރުވަން ރެއާލުން ބޭނުންވީ މާލީ ގޮތުން ކުލަބު އަޑިއަޅާލާފައިވުމާއެކު، އިތުރު ކުޅުންތެރިޔަކު މި ޓްރާންސްފާ ބާޒާރުގައި ހޯދުމަށް އުނދަގޫވާނެތީ އާއި، ހަމޭސް ރެއާލްގެ ސްކޮޑުގައި މަޑުކުރުވަން ޒިދާން އެދިފައިވާތީ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ޕޯޓޯ އަދި ބެންފީކާއަށްވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި މިހާތަނަށް ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ރެއާލްއާއެކު ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕް، މި ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް