Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެޑްރޯ ރޯމާއަށް ބަދަލުވުން

ޗެލްސީ ދޫކޮށް ޕެޑްރޯ ރޯމާއަށް ބަދަލުވެއްޖެ

25 އޯގަސްޓު 2020 | އަންގާރަ 18:23

ޕެޑްރޯ ރޯމާއަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން

އަތޫފް އާތިފް
އަތޫފް އާތިފް | 25 އޯގަސްޓު 2020 | އަންގާރަ 18:23
ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ރޯމާއަށް ބަދަލުވުމަށްފަހު

ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ރޯމާއަށް ބަދަލުވުމަށްފަހު

ޗެލްސީއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ރޯމާއަށް ބަދަލުވެއްޖެއެވެ.

ޗެލްސީއާއެކު ޕެޑްރޯ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެހެންކަމުން ޕެޑްރޯ ރޯމާއަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި ވަނީ ރޯމާއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

އުމުރުން 33 އަހަރުގެ ފޯވާޑް ރޯމާއަށް ބަދަލުވުމަށްފަހު ބުނީ ރޯމާއަށް ބަދަލުވެވުނީތީ އެކަމާ އުފަލުން ހުރި ކަމަށާއި، މިއީ އޭނާގެ ކެރިއަރުގައި ނަގާ އައު ޗެލެންޖެއް ކަމަށެވެ. އަދި ރޯމާގެ ސަޕޯޓަރުން އޭނާއަށް ކީ ހޫނު މަރުހަބާއަށް ޝުކުރުއަދާކުރާ ކަމަށްވެސް ޕެޑްރޯ ބުންޏެވެ.

ޕެޑްރޯ އިތުރަށް ބުނީ ޗެލްސީ ދޫކޮށް އެހެން ޓީމަކަށް ބަދަލުވުން އެއީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި، ޗެލްސީ އާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރެވިއްޖެ ކަމަށެވެ. އަދި ޗެލްސީގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން އޭނާއަށް ވި އެހީއަށް ޝުކުރުއަދާކުރާ ކަމަށްވެސް ބުންޏެވެ.

ޕެޑްރޯގެ ސޮއި ރޯމާއިން ހޯދިއިރު، ޕެޑްރޯ ހޯދުމަށް އިންޓަ މަޔާމީގެ އިތުރުން އޭނާގެ އުފަން ގައުމު ސްޕެއިންގެ ރެއާލް ބެޓިސްއިން ވަނީ މަސައްކަތް ކޮށްފައެވެ.

2015 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޗެލްސީއަށް ބަދަލުވި ޕެޑްރޯ އެޓީމު ދޫކޮށްލިއިރު، އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 206 މެޗުގައި 43 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ބާސާގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދި ޕެޑްރޯ ވަނީ މިހާތަނަށް ސްޕެއިންގެ ގައުމީ ޓީމަށް 65 މެޗު ކުޅެދީ 17 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ސްޕެއިންއާއެކު ފީފާ ވޯލްޑް ކަޕްގެ އިތުރުން ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް