Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން

ހަމަހަމަކަމާއެކު ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވާލި ޕްލޭންގައި 172 ގައުމަކުން ބައިވެރިވޭ: ޑަބްލިޔުއެޗްއޯ

ބައިވެރިވާން ޝައުގުވެރިކަން ހުރި ގައުމުތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޯގަސްޓު 2020 | އަންގާރަ 11:47
ޑަބްލިޔުއެޗްއޯ

ޑަބްލިޔުއެޗްއޯ

ކޮވިޑް-19 އަށް އުފައްދާ ވެކްސިން ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީ ގައި 172 ގައުމަކުން ބައިވެރިވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ އަދިވެސް އިތުރު ފަންޑު ބޭނުންވާ ކަމަށާއި އެހެން ކަމުން ގައުމުތަކުން އެއްބަސްވި ގޮތާއި އެއްގޮތަށް އަމަލުކުރަން މިހާރު ޖެހިފައިވާކަމަށެވެ. ކޮވެކްސް ޕްލޭންގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ގައުމުތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އެކަމުގެ ޔަގީންކަން ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ދޭންޖެހޭއިރު ފުރަތަމަ ޕޭމަންޓް އޮކްޓޯބަރ މަހު 9 ވަނަ ދުވަހަށް ދައްކަންޖެހެ އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ވެކްސިނަކީ ވަކި ގައުމެއްގެ އެއްޗެއްގެ ގޮތަށް ދެކޭވަރަށް ވައިރަސް ފެތުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި ކޮވެކްސް ގައި ބައިވެރިވުމުގެ ސަބަބުން ހުރިހާ އެންމެންނަށް ވެކްސިން ލިބުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވެކްސް އަކީ ޑަބްލިޔުއެޗްއޯގެ އިތުރުން ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތައް ގުޅިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ. މިޕްލޭންގެ ދަށުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި ބޭނުންކުރުމުގެ ހުއްދަ ދޭއިރަށް އެވެކްސިނެއް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މީހުންނަށް ހަމަހަމަ ކަމާއެކު ބެހިގެންދާނެ އެވެ.

މިހާތަނަށް އައިއިރު 9 ވެކްސިނެއް މިޕްލޭންގެ ދަށުން ކަވަރުކުރާއިރު މިޕްލޭންގައި ސޮއިކުރާ ހުރިހާ ގައުމުތަކަށް 2021 ވަނަ އަހަރު ނިމެންވާއިރަށް 2 ބިލިއަން ޑޯޒް ދިނުމަށް މަސައްކަތްކުރާނެ އެވެ.

ޓެޑްރޯސް ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ލިބޭނީ ވަކި މިންވަރަކަށްކަމަށާއި އެވެކްސިން ލިބެންވާނީ އެންމެ ހައިރިސްކް މީހުންނަށް ކަމަށެވެ. އޭގެތެރޭގައި ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ހިމެނޭ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2020

ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި

08 ފެބުރުއަރީ 2020
ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި
27 ޖެނުއަރީ 2020

ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!

27 ޖެނުއަރީ 2020
ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!
30 ޑިސެމްބަރު 2019

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ

30 ޑިސެމްބަރު 2019
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
22 ނޮވެމްބަރު 2019

ބޮޑު ވަޒީރު ރާޖަޕަކްސަ ހިމެނޭގޮތައް އެކުލަވާލި 16 މެންބަރުންގެ ވަގުތީ ކެބިނެޓް ހުވާކޮށްފި

22 ނޮވެމްބަރު 2019
ބޮޑު ވަޒީރު ރާޖަޕަކްސަ ހިމެނޭގޮތައް އެކުލަވާލި 16 މެންބަރުންގެ ވަގުތީ ކެބިނެޓް ހުވާކޮށްފި
12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު