Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރާއްޖެ - އިންޑިއާ

އިންޑިއާއާ އެކު ރައީސް ސޯލިހުގެ ސަރުކާރުން އެކުލަވާލި ވިސާގެ އެއްބަސްވުމަށް ހޯމަ ދުވަހުން ފެށިގެންް އަމަލުކުރަނީ

އާ ސަރުކާރާ އެކު އިންޑިއާގެ ގުޅުން ވަނީ ބަދަހިވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 10 މާރިޗު 2019 | އާދީއްތަ 09:14
ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް މިދިޔަ ޑިސެމްބަރު މަހު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި އެ ގައުމާ އެކު ސޮއިކުރެއްވި ވިސާގެ ލުއި ގޮތްތަކެއް ހިމެނޭ އެއްބަސްވުމާ އެއްގޮތަށް ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ދެ ގައުމުން ބުނެފިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް 11 މާރޗް 2019 އިން ފެށިގެން މި އެގްރީމަންޓަށް ދެ ޤައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން ބަދަލުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ފުރަތަމަ ޑެމޮކްރެޓިކް ވެރިކަން ބަޣާވާތަކަށް ތުހުމަތު ކުރެވޭ ގޮތަށް ބަދަލުވުމަށް ފަހު، އަދި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ދިވެހި ދައުލަތުން ވެފައިވާ އެއްބަަސްވުން ދިވެހި ސަރުކާރުން އުވާލުމާ އެކު ދެ ގައުމުގެ ގުޅުން ހީނަރުވެ އިންޑިއާގެ ވިސާ ލިބުމުގައި ދިވެހިންނަށް ދަތިތަކާ ކުރިމަތިވެފައި ވެއެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ވިސާގެ ލުއިތަކެއް ދިން ނަމަވެސް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރު ނުކިޔަމަންތެރިވެ ޑިމޮކްރަސީއާ ޚިލާފަށް ސަރުކާރުން ހިންގަމުންދިޔަ އަމަލުތަކާ އެކު އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެ އިންޑިއާގައި ތިބި ދިވެހި އާއިލާތަށް ވިސާ ނުލިބިގެން އެނބުރި ރާއްޖެ އަންނަން ވެސް ޖެހިފައި ވެއެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ދުވަހަކު ވެސް ހީނަރު ނުވާ މިންވަރަށް ހީނަރުވެ އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން ވިސާ ލިބުުމުގެ ދަތިކަން ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ކުރިމަތިވެފައެވެ.

ވިޔަފާރީގެ ބޭނުމަށް އިންޑިއާއަށް ދާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަސް އެ ގައުމުގައި ތިބެވޭއިރު ޓޫރިސްޓުންގެ ގޮތުގައި އިންޑިއާއަށް ދާ މީހުންނަށް ވެސް ވިސާއާ ނުލައި 90 ދުވަހު އެ ގައުމުގައި ތިބެވޭނެއެވެ.

މީގެ އިތުރުން ޓޫރިސްޓް ވިސާގައި ގޮސް އުޅެނިކޮށް ސިއްހީ ފަރުވާ ބޭނުންވާ ހާލަތެއް ދިމާވިޔަސް އިތުރު ތަކުލީފުތަކެއް ނެތި އެ ގައުމުގައި މަޑު ކުރެވޭނެއެވެ.

ހޯމަ ދުވަހު އަމަލުކުރަން ފަށާ ވިސާގެ އާ އެއްބަސްވުމުގެ ސަބަބުން ފަތުރުވެރި ކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރި އާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާ އެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހިވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު