Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގެ ވަގުތީ ކެބިނެޓް

ބޮޑު ވަޒީރު ރާޖަޕަކްސަ ހިމެނޭގޮތައް އެކުލަވާލި 16 މެންބަރުންގެ ވަގުތީ ކެބިނެޓް ހުވާކޮށްފި

16 މެންބަރުންގެ ކެބިނެޓުގައި އިސްވެ ހުންނަވާނީ ބޮޑުވަޒީރު

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2019 | ހުކުރު 14:02
ސްރީލަންކާގެ ރައީސް އެކުލަވާލެއްވި 16 މެންބަރުންގެ ވަގުތީ ކެބިނެޓް

ސްރީލަންކާގެ ރައީސް އެކުލަވާލެއްވި 16 މެންބަރުންގެ ވަގުތީ ކެބިނެޓް

ސްރީލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އެކުލަވާލެއްވި ވަގުތީ ކެބިނެޓުގެ މެންބަރުން މަޤާމުގެ ހުވާކުރައްވައިފިއެވެ.

ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ހިމެނޭ ގޮތައް އެކުލަވާލި 16 މެންބަރުންގެ ވަގުތީ ކެބިނެޓް ހުވާ ކުރެއްވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ކެބިނެޓުގެ އިސްވެރިއެއްގެ ގޮތުގައި ބޮޑުވަޒީރު ހުންނަވާގޮތައް އެކުލަވާލީ މި އިންތިޤާލީ ކެބިނެޓުގައި ހިމެނިވަޑައިގަންވަނީ އާ ސަރުކާރަށް ނިޞްބަތްވެވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. އާ ކެބިނެޓް ދެމިއޮންނާނީ އަންނަ އަހަރުގެ މާރޗު މަހުގެ އާންމު އިންތިޚާބާއި ހަމަޔަށެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ދެއްވި ބަޔާނުގައި ސްރީލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވީ، ޢާންމު އިންތިޚާބެއް ބޭއްވެންދެން އާ ސަރުކާރުގެ ކަންކަން ކުރިޔަށްގެންދިއުމުގެ ނިޔަތުގައި، ވަގުތީ ނުވަތަ އިންތިޤާލީ ވަޒީރުންގެ މަޖިލީހެއް އެކުލަވާލެއްވީކަމަށެވެ. އާ ކެބިނެޓުގެ ޒިންމާއަކަށްވާނީ ސިޔާސީ އާ ވިސްނުމުގެ ތެރެއިން ޤައުމު ކުރިޔަށްގެންދިއުން ކަމުގައެވެ. އަދި ވަގުތީ ކެބިނެޓެއް އެކުލަވާލެއްވީ ރިޔާސީ އިންތިޚާބުގައި އިޢުލާންކުރެއްވި ސިޔާސަތުތައް ތަންފީޒުކުރުމުގެ ފިޔަވަޅެއްގެގޮތުން ކަމަށެވެ.

އަންނަ ހޯމަ ދުވަހު އިތުރު ދެ ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާނެކަމަށްވެސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވިއެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ޢައްޔަން ކުރައްވާ ބޭފުޅުންވެސް ސަރުކާރުގެ ކަންކަން ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރެވޭނެ ފުރުޞަތު ދެއްވާނެކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރަށް އިޝާރާތް ކުރައްވާ ގޯޓަބަޔަ ރާޖަަޕަކްސެ ވިދާޅުވީ، އެއީ ގިނަ ބައެއްގެ މެދުގައި އެހާ މަޤްބޫލު ސަރުކާރެއް ނޫންކަމަށާއި، ކުރީ ސަރުކާރުން ގެންގުޅުނު ޘަޤާފަތް ބަދަލުކޮށް ގިނަބައެެއްގެ ބޭނުންތައް ފުއްދޭ ފަދަ އީޖާދީ ސަރުކާރެއް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ އަންނަ މާރޗް މަހު ބޭއްވި އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ކެބިނެޓަށް ގޮވާލައްވާފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރައްވާ، ސްރީލަންކާގެ ވެރިކަމާއި އަލަށް ޙަވާލުވެވަޑައިގެންނެވި ގޯޓާބަޔަ ރާޖަޕަކްސަ ގެންދަވަނީ ރިޔާސީ އިންތިޚާބުގެތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ތެރޭގައި، ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމާއި، ޤައުމީ ސަލާމަތާއި ގުޅުން ހުރި ކަންކަން ޙައްލުކުރުމަށާއި، ޚާރިޖީ ސިޔާސަތު ވަކި ޤައުމަކަށް ބުރަނުވެ ތަންފީޒުކުރުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު