Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް މިނިސްޓަރަށް ރުހުން ދިނުމުގެ މައްސަލަ

މައުސޫމް ކުރެއްވި ހުވައާމެދު އުފެދުނު ޤާނޫނީ ސުވާލުތަކާއެކު އެ މައްސަލަ އަނބުރާ ކޮމިޓީއަށް

ކޮމިޓީއަށް އަނބުރާ ފޮނުވާފައިވަނީ 60 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޯގަސްޓު 2020 | އަންގާރަ 08:26
ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަަރު ކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ މަޢުޞޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ޤާނޫނީ ސުވާލުތަކެއް އުފެދި އެކަން ބެލުމަށް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ޓުއަރިޒަމް މިނިސްޓަރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. މިމައްސަލަ އަލުން ބަލާދިރާސާކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ ރިޕޯޓް އަންގާރަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުމާއެކު އެރިޕޯޓަށް ބަހުސްކުރުމުގެ ފުރުސަތު ހުޅުވާލުމުން ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ވަނީ މައުސޫމް މިނިސްޓަރުކަމުގެ ހުވާކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ކަމަށް ވިދާޅުވެ އެކަމުގައި ޤާނޫނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެއީ ޤާނޫނު އަސާސީ އާ ޚިލާފުކަމެއްކަމަށް ހަސަން އަފީފު ފާހަގަކުރެއްވިއެވެ. އަދި އެކަން ހިނގާފައިވާގޮތް ކޮމިޓީން ޔަގީންކޮށްފައި ނޫނީ ވޯޓަށް އަހައިގެން ނުވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ހަސަން އަފީފު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހު ވިދާޅުވީ ކޮމިޓީން ބެލިބެލުމުގައި މައުސޫމް މިނިސްޓަރ ކަމުގެ ހުވާކުރެއްވުމަށްފަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުން ވަނީ ވަކިވެވަޑައިގަންފައެވެ. މިކަމުގައި އިތުރަށް ކުރިޔަށްދާނެ ގޮތެއް ނިންމަވާނީ ކައުންސެލަރ ޖެނެރަލާއި އަމީން އާންމު އާއި މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސް ނަޝީދު ވިިދާޅުވިއެވެ. އަދި މަޝްވަރާ ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ މިމައްސަލާގައި މައުސޫމް ޞައްހަ ހުވާއެއް ކުރެއްވުމަށްފަހު މިމައްސަލަ އަނބުރާ ތަޅުމަށް ގެނައުމަށް ލަފާލިބިލެއްވި ކަމަށެވެ.

އަދި މިކަމުގައި ބަހުސަކަށް ހުޅުވާލެއްވެމުން ބައެއް މެމްބަރުން ވިދާޅުވެފައިވަނީ އަލުން ހުވާ ކުރެއްވުމަށްފަހު މިމައްސަލަ އަނބުރާ މަޖިލީހަށް ގެނައުމަކީ މިކަމުގައި ޤާނޫނީ ގޮތުން އޮތް ހައްލުކަމަށެވެ. މިކަމުގައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހިސާން ހުސައިން ވިދާޅުވީ ޤާނޫނު އަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެކަންކަން ބަޔާން ވެފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރ އަލީ ހުސައިން ވިދާޅުވީ މިމައްސަލާގައި ހިމެނޭ ވަޒީރުގެ ހުވާ ޞައްހަ ވާނެކަމަށެވެ.

ޤާނޫނު އަސާސީގެ 136 ވަނަ މާއްދާ ކަމުގައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެންނުވާނެ ކަންތައްތައް ބަޔާންކޮށްފައިވާއިރު އެމާއްދާގެ ހ ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާ އެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީ އެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލްވެ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެކަމަށެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ޑރ. ޢަބްދުﷲ މަޢުޞޫމްގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. ނަން ދިރާސާކުރުމަށްފަހު ކޮމިޓީން މައުސޫމަށް ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައުސޫމް ކުންފުނިން ވަކިވެވަޑައިގެންފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މަޖިލީހަށް އަންގާފައިވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ޣައިރުޤާނޫނީ ބައި އިލެކްޝަނެއް ބާއްވަން ރަށްރަށަކަށް ނޭރޭނެ: އަލީ ޙުސައިން

28 އޯގަސްޓު 2017
ޣައިރުޤާނޫނީ ބައި އިލެކްޝަނެއް ބާއްވަން ރަށްރަށަކަށް ނޭރޭނެ: އަލީ ޙުސައިން
21 އޯގަސްޓު 2017

މާދަމާ ބާއްވަނީ ޤައިރު ޤާނޫނީ ޖަލްސާއެއް، ފުރުސަތެއް ނުދޭނަން، ހުއްޓުވާނަން: މަހުލޫފު

21 އޯގަސްޓު 2017
މާދަމާ ބާއްވަނީ ޤައިރު ޤާނޫނީ ޖަލްސާއެއް، ފުރުސަތެއް ނުދޭނަން، ހުއްޓުވާނަން: މަހުލޫފު
14 އޯގަސްޓު 2017

ޔާމިން ރަޝީދުގެ މަރާގުޅިގެން ބަންދުގައި ހުރި މީހެއްގެ ޤާނޫނީ ވަކީލެއްގެ ދުލުން އާދަޔާ ޚިލާފް ވާހަކަތަކެއް

14 އޯގަސްޓު 2017
ޔާމިން ރަޝީދުގެ މަރާގުޅިގެން ބަންދުގައި ހުރި މީހެއްގެ ޤާނޫނީ ވަކީލެއްގެ ދުލުން އާދަޔާ ޚިލާފް ވާހަކަތަކެއް
10 އޯގަސްޓު 2017

ޤާނޫނީ ވެރިކަމެއް ހިންގާނަމަ މިސަރުކާރުން ފުރަތަމަ ހައްޔަރުކުރާނީ ރައީސް ޔާމީން: ޝިފާޒް

10 އޯގަސްޓު 2017
ޤާނޫނީ ވެރިކަމެއް ހިންގާނަމަ މިސަރުކާރުން ފުރަތަމަ ހައްޔަރުކުރާނީ ރައީސް ޔާމީން: ޝިފާޒް
19 ޖުލައި 2017

ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ

19 ޖުލައި 2017
ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު