Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާގޭ ރިޕޯޓް - ސިޔާސީ

ބޯޑުގެ ދެ ފަރާތުގައި ދެ މަންތިރިއާ ދެ މަނާ ބައިންދައިގެން، "ބޮނދު" ހެވިފައި!

ހަތަރު ބޭފުޅުންގެ ތެރެއިން ދަރިކަލަކާއި ދަރިކަނބަލެއް ސަރުކާރު ކޯލިޝަންގައި، އަދި އަނެއް ދަރިކަލުންނާއި ދަރިކަނބަލެއް އިދިކޮޅު ކޯލިޝަނުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 އޯގަސްޓު 2020 | އަންގާރަ 10:40
ރާޒުވާގެ ބޮނދާއި މަންތިރި އަދި ފަހަތުގައި މަނާތަކެއް: މުހިއްމީ ބޮނދު ބުޑަށް ސައި ނުކިޔޭނެގޮތަށް ކުޅެ މޮޅުވުން

ރާޒުވާގެ ބޮނދާއި މަންތިރި އަދި ފަހަތުގައި މަނާތަކެއް: މުހިއްމީ ބޮނދު ބުޑަށް ސައި ނުކިޔޭނެގޮތަށް ކުޅެ މޮޅުވުން

ރާޒުވާގައި އެންމެ މުހިއްމީ، ސައި ނުވާނެ ގޮތަށް، ނުވަތަ ބޮނދު ބުޑަށް ސައި ނުވާނެ ގޮތަށް ކުޅުމެވެ. ބޮނދު ބުޑަށް ސައިވެއްޖެނަމަ މެޗު ނިމުނީ އެވެ. އެހެންކަމުން ބޮނދު ސަލާމަތް ކުރުމަކީ ރާޒުވާގައި އެންމެ މުހިއްމު އެއް ކަންތަކެވެ. ދެން އޮތީ އެންމެ ބާރުގަދަ ކުޅިތަކެވެ. އެގޮތުން މަންތިރިއަކީ ރާޒުވާގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ބާރުގަދަ އެއްކުޅި އެވެ. ދެން މަނަލަކީ، ކޮށްޕަމުން، ކޮށްޕަމުންގޮސް، "ދަރިމައިވާ" ކުޅި އެކެވެ. އެންމެ ފަހުގޮޅިއަށް ގޮސް އެމީހަކު ބޭނުން ކުޅިއަކަށް މަނާ ބަދަލު ކޮށްލެވިދާނެ އެވެ. ގިނަ ފަހަރު މަނާ ބަދަލުވާނީ މަންތިރިއަށެވެ. އެއީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެއެވެ.

މިއުޅެނީ ކޮންމެހެން ރާޒުވާގެ ވާހަކަ ދައްކާކަށް ނޫނެވެ. ދައްކަން މި އުޅެނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ވެރިޔަކު، އަދިވެސް، ވެރިކަމުގެ "އަލާ" ނުކެނޑިގެން އުޅޭތީ، މިހާރު ފެންމަތިވެގެން އުޅޭ ސިޔާސީ މަސްރަހާ ގުޅޭ ތަފާތު ވާހަކަތައް ދެކެވެމުންދާތީ ރާޒުވާ ކުޅިބައި އަތުރާލުން ފަދަ ކަންކަންވެސް ކުރައްވަމުން ގެންދަވާތީ އެވާހަކަ އެވެ.

ރާއްޖޭގައި ދިގު 30 އަހަރު ވެރިކަން ކުރެއްވި ވެރިޔާގެ ދެ ދަރިކަލުންނާއި ދެ ދަރިކަނބަލުން ހުންނަވަ އެވެ. އޭގެ ތެރެއިން އެއް ދަރިކަލުންނާއި އެއް ދަރިކަނބަލުންނަކީ އެމަނިކުފާނާއެކު، އެމަނިކުފާނުގެ އެއްބަފާ ކޮށްކޯފުޅު، ވެރިކަން ނިމުމަކަށް ގެންނެވުމަށް އިސްސަފުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އަނެއް ދަރިކަލުންނާއި ދަރިކަނބަލުން އުޅުއްވީ، 30 އަހަރު ގަނޑުވަރު ތެރޭގައި ބަލާބޮޑުކުރެއްވި، ބައްޕާފުޅާ ދެކޮޅަށް، ބޭބޭފުޅު، ތުއްތޮންބެގެ ވެރިކަން ދިފާއު ކުރެއްވުމުގަ އެވެ.

އެހެންވީމާ، ދިގު 30 އަހަރު ވެރިކަން ކުރެއްވި ވެރިޔާގެ ނިޔަތާމެދު ދިވެހި އެތައް ރައްޔިތުންނެއް ސުވާލު އުފައްދަ އެވެ. ހަމަ ހަގީގަތުގައިވެސް، ބައްޕާފުޅާ ދެކޮޅަށް ކުޅުއްވާ، ދެ ބޭފުޅުން ކުޅުއްވަނީ، ހަމަ ހެޔޮ ނިޔަތެއް އޮވެގެންތޯ، ސުވާލު އުފައްދަ އެވެ. ނޫނީ، މިސަރުކާރާއެކު 30 އަހަރުގެ ވެރިޔާއާއި އެމަނިކުފާނުގެ އަނެއް ދެ ބޭފުޅުން މަސައްކަތް ކުރައްވަނީ ހަމަ ހެޔޮ ނިޔަތެއް އޮވެގެންތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ހަމަގައިމުވެސް ބޭރުފުށުން، ކުރީގެ ވެރިޔާއާއި އެމަނިކުފާނުގެ ހަތަރު ބޭފުޅުންގެ މެދުގައި މާބޮޑު ހިތްހަމަ ނުޖެހުންތަކެއް ނުފެނެ އެވެ. އާއިލީ ބައްދަލުވުންތައް ވެސް ބާއްވާތަން ފެނެ އެވެ. އަދި ބައްޕާފުޅާއެކު ބައްދަލުކުރައްވާއިރު، އާއިލާގައި ތިއްބެވީ ހުސް ސިޔާސީ ބޭފުޅުން ކަމަށްވާތީ، ސިޔާސީ ވާހަކަ ނުދައްކަވާނެ ކަމަކަށް ވެސް ނުބެލެވެއެވެ.

މިހާރު ފެންނަ މަންޒަރުތަކުންވެސް ސަރުކާރާއެކު ތިއްބެވި ދިގު 30 އަހަރުގެ ވެރިޔާ އާއި އެމަނިކުފާނުގެ ދެ ބޭފުޅުންނާއި އިދިކޮޅުގައި ތިއްބެވި އެމަނިކުފާނުގެ ދެބޭފުޅުންގެ މެދުގައި ނުތަނަވަސް ކަމެއް އޮތް ތަނެއް ނުފެނެއެވެ.

ދިގު 30 އަހަރު ވެރިކަން ކުރެއްވިއިރު، އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީއަށް ވީގޮތް އެނގެއެވެ. "ޒައީމް"ގެ ނަމުގައި ފެކްޝަނެއް އުފެދި، އެފެކްޝަނުން ޕީޕީއެމް އުފެދިގެން ދިޔަ އެވެ. އެންމެފަހު، ޕީޕީއެމް ޖަހައިގަތީ، ކޮއްކޯފުޅުގެ ވެރިކަމުގައި ކޮއްކޯފުޅެވެ. ހަމަ އެކަނި ޕާޓީގަނޑު އަތުލެއްވީކީ ވެސް ނޫނެވެ. ދިގު 30 އަހަރު ވެރިކަން ކުރެއްވި ވެރިޔާ ޖަލަށް ވެސް ލެއްވި އެވެ. ވެރިޔާ އެކަންޏެއްވެސް ނޫނެވެ. އެމަނިކުފާނާއެކު ހުންނެވި ހަމައެނި ދަރިކަނލުންނާއި ދަރިކަނބަލުންގެ ފިރިކަލުން ވެސް ޖަލަށްލެއްވި އެވެ.

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން އިއްތިހާއަށް ގޮސް، އެމްޑީޕީން އިސްލާހަށް ކުރަމުންދިޔަ މަސައްކަތް މެކުހަށް ޖަހައި، ޖަލަށް ލާފައިވާ ދިގު 30 އަހަރުގެ ވެރިޔާއާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުންނާއި މަޖުބޫރުން ވިޔަސް އިސްލާހީ ހަރަކާތުގައި އުޅުއްވި ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެކަނިފާނުގެ ދަރިކަލުން ޖަލުން ސަލާމަތް ކުރުމުގެ މަސައްކަތް ފެެއްޓެވި އެވެ. އަދި ނިންމީ ޖަލުން މިނިވަން ކޮށްފަ އެވެ. އަދި ކިޔެއްތަ، ބައްޕާފުޅު، ދިގު 30 އަހަރު ވެރިކަން ކުރެއްވި، ވެރިޔާ ޖަލުން ސަލާމަތް ކުރަން އޭރު ސަރުކާރުގައި ހުންނެވި އަމިއްލަ ދަރިކަލުންނާއި ދަރިކަނބަލުން ނުކުރާ މަސައްކަތް އެމްޑީޕީން ކުރިއެވެ.

މިހާރު މިފެންނަނީ، އަނެއްކާވެސް، ކުރިން ފެނުނު މަންޒަރުތައް ތަކުރާރުވަމުންދާތަނެވެ. "ކޮކަޑި ކޭ މީދަލަށް ވާރޭ ފެން ލިބިއްޖެ ނަމަ" ވާގޮތް، އެނގޭ ނޫންތޯ އެވެ. މިހާރު މިއޮތީ، "ތުނޑު ހަސަނާ ޖެހުނު މީދާ" ހާލަތު އައިސްފަ އެވެ.

ހާލަތަކަށް ބަލަބަލާ ހުންނެވި، ދިގު 30 އަހަރުގެ ވެރިޔާ ކުރިން އަތުރާލި ރާޒުވާ ކުޅިބައި، ދެކޮޅުން ވެސް އެއްވަރަކަށް ކުޅެން ފަށައިފި އެވެ. ސަރުކާރުންގެ ތެރެއިންނާއި ބޭރުން، އާދެ އިދިކޮޅުން ވެސް ކުޅެމުންދާ މަންޒަރު ފެންނަން ފަށައިފި އެވެ.

ދިގު 30 އަހަރުގެ ވެރިޔާގެ އަތުން ކޮއްކޯފުޅު ޖަހައިގެން ޕާޓީ، އަތު ޖެއްސުމުގައި ދެން މާގިނަ ދުވަހެއް ވާނެ ހެނެއް ހިޔެއް ނުވެއެވެ. ކޮއްކޯފުޅަށް ދެރަގޮތެއް ހަދަން، ބޭބޭފުޅު، އަދި މިއަދު ބައްޕައެއްގެ ޒިންމާ އުފުއްލަވަން ހުންނެވި ބޭބޭފުޅުގެ ލަނގޮޑިއަށް ވެސް ކެތެއް ނުވާނެ ނޫންތޯ އެވެ. އަދި ދިގު 30 އަހަރުގެ ވެރިކަމުގައި އެންމެ އަރިސްކޮށް، އުޅުއްވީ ވެސް ކޮއްކޯފުޅު ނޫންތޯ އެވެ.

ދިގު 30 އަހަރުގެ ވެރިކަމުގައި ހިންގާފައިވާ ހިޔާނާތްތަކާއި، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ކުރައްވާފައިވާނަމަ، އެކަން ކުރެއްވީ ވެސް ދެބައިފައިން އެކުގަ ނޫންތޯ އެވެ. އަދި މިއަދު ކޮއްކޯފުޅާއެކު އެންމެ ގާތުން މަސައްކަތް ކުރައްވަން ހުންނެވީވެސް، ނުހަނު ލޯބިވާ ދަރިކަލެއް ނޫންތޯ އެވެ. އެދަރިކަލުންނަކީ ވަރަށް ހުށިޔާރު ދަރިކަލެއް ކަމަށް މީހުން ބުނާތީ އަޑުއިވެއެވެ. އަދި 30 އަހަރުގެ ވެރިޔާގެ ދަރިކަލުންނާއި ކޮއްކޯފުޅުގެ ދަރިކަލުންނާ ދެ ބޭފުޅުންނަކީ ވެސް، ކުރިން ވެރިކަން ކުރެއްވި ދެ ބައިފައިން ފަދައިން ވިޔަފާރީގެ ވެސް ދެ ޕާޓުނަރުންނެވެ. އެހެންކަމުން އެދަރިކަލުންނަށް ބައްޕާފުޅާއި ތުންތޮންބެއާ ދެމެދު ކުރިން އޮތް ނުތަނަވަސްކަން ފިލުވުމަކީ މާ އުނދަގޫ ކަމަކަށް ވާނެހެނެއް ހިޔެއް ނުވެއެވެ.

ކޮއްކޯފުޅާއެކު، އުޅުއްވާ ދަރިކަލުން މިހާރު ގެއަށް ވަޑައިގެން، ބައްޕާފުޅާވެސް ބައްދަލު ކުރައްވާ، މަޝްވަރާ ކުރައްވާކަމަށް ވެއެވެ. އަދި އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންވެސް ބައިވެރިކުރައްވާކަމުގެ އަޑުތައްވެސް އެބަފެތުރެ އެވެ. އެކަމަކު ބައްޕާފުޅު ޖަލަށް ލެއްވިއިރު، މިބުނާ ދަރިކަލުންނަށް ޖަލަށް ވަޑައިގެން، ބައްޕާފުޅާ ބައްދަލުކޮށް، ބައްޕާފުޅު ޖަލުން ސަލާމަތް ކުރައްވާނެ ގޮތެއް ނުހޯއްދެވުނެވެ.

މިކަމުގައި ދެކަމެއް ފާހަގަ ކުރެވެއެވެ. އެއްކަމަކީ، ބައްޕާފުޅު ޖަލަށް ލެއްވިޔަސް، ބައްޕާފުޅަށް ގެއްލުމެއް ވާނެ އެއްވެސް ކަމެއް ދަރިކަލުން ނިސްބަތްވާ ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަގީންކަށް އޮތުމެވެ. ދެވަނަ ކަމަކީ، ފަހުން އަންނާނެ ހާލަތަކަށް މަޑުކުރައްވައި، ސިޔާސީ މަންފާ ދެކޮޅުން ވެސް ހޯއްދެވުމެވެ. އެއީ ރިޔާސީ އިންތިހާބު އެހާ ކައިރިވެފައި ވަނިކޮށް، ބައްޕާފުޅާއި ބޭބޭފުޅާއި ދައްތާފުޅެއް ބައްޕާފުޅުގެ އަރިހުގައި ބޭތިއްބުމުން، އާއިލާއަށް އިދިކޮޅު ޕާޓީތަކުން ކާމިޔާބު ކުރިޔަސް، ގެއަށް ބަޔެއް ލިބޭނެގޮތަށް ހެދުމެވެ. އަދި މިހާރު އިދިކޮޅުގައި ހުންނެވި ދަރިކަލުންގެ ހިންގާފައިވާ "ޖަރީމާތަކަށް" ފަސްއަޅާ ފޮރުވުމާއި، މިސަރުކާރުގެ ތެރެއިންވެސް، ލިބެންހުރި މަންފާ ހޯދުމެވެ. އެގޮތުން، މިސަރުކާރުގެ ތެރެއިން ވެސް ސިޔާސީ ގިނަ މަންފާތަކެއް ހޯދުމާއި، ވިޔަފާރީގެ ގޮތުން އިތުރު ތަނަވަސްކަން ހޯދުމެވެ. މިސަރުކާރުގެ ތެރެއިން ވެސް ގިނަ ބިޑުތައް ހޯއްދަވާ އެއްބޭފުޅަކީ ދިގު 30 އަހަރުގެ ވެރިޔާގެ އިދިކޮޅުގައި ހުރި ދަރިކަލުން ކަމަށް ވެއެވެ.

ކުޅިބައި އަތުރާލާފައިވާގޮތް ދިވެހި ރައްޔިތުންނަކަށް ނޯޅެ އެވެ. ދެރައީ، ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ އެވެ. ދިގު 30 އަހަރު ވެރިކަންކުރެއްވީ، ވޯޓު ކަރުދާހުގައި ތިމަން މަނިކުފާނުގެ ނަންފުޅު އެކަނި ޖައްސަވައިގެން، "ކުޑަކާފު ބޮޑުކާފު" ޖަހައިގެން ނޫންތޯ އެވެ. ވޯޓު ކަރުދާހުގައި ގިނަ ނަންފުޅުތަކެއް ޖަހައިގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ވޯޓު އޮޅުވާ ނުލެއްވުމުންކަން އެއީ ކަށަވަރު ކަމެއް ނޫންތޯ އެވެ. ވޯޓު ކަރުދާހުގައި ގިނަ ނަންފުޅުތަކެއް އޮވެ، ވޯޓު ލީ މަރުކަޒުތަކުން ވޯޓު ގުނި ފުރަތަމަ ރިޔާސީ އިންތިހާބު ބަލިވިކަން އަދިވެސް ގަބޫލުފުޅު ނުކުރެއްވެނީތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

08 ޖެނުއަރީ 2019
މި ޚިދުމަތުން އެކަނި ވެސް އެކަމަނާގެ ތަފާތުކަން އެނގޭ!

މި ޚިދުމަތުން އެކަނި ވެސް އެކަމަނާގެ ތަފާތުކަން އެނގޭ!

18 އޮކްޓޯބަރު 2018
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

01 މާރިޗު 2018
މުޅި އަހަރު ޖޫރިމަނާ ދެއްކުމުގައި!

މުޅި އަހަރު ޖޫރިމަނާ ދެއްކުމުގައި!

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު