Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަނީ ލޯންޑަކުރުން

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ކުށެއް ކޮށްގެން ހޯދި ފައިސާ ސައްހަ ކުރަން އުޅުމަކީ މަނީ ލޯންޑަކުރުން

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2019 | އަންގާރަ 14:32
ކުރީގެ ރައީސް ޔާމީން އާއި އާޒިމާ

ކުރީގެ ރައީސް ޔާމީން އާއި އާޒިމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ މައްޗަށް ވަނީ މަނީ ލޯންޑަކުރުމުގެ ތުހްމަތުކުރެވިފައެވެ. މި ތުހްމަތު ކުރެވި، މައްސަލަ ބަލަމުން ދަނީ، ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތްކަމުގައިވާ އެމްއެމްޕީއާރުސީގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާފައިވާ ޔާމީންގެ ބޭންކް އެކައުންޓަށް، އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެ މަނިކުފާނާ އެއްވެސް ގުޅުމެއް އޮތް ފައިސާއެއް ނޫން ކަމަށް ދިޔައީ ވިދާޅުވަމުންނެވެ. އޭސީސީން މައްސަލަ ތަހްގީގުކުރުމުން އެ ފައިސާ ދިނުމަށް ދެކޮޅު ހެއްދެވިއެވެ. އަދި ބަޔާން ދެއްވުމަށް ވެސް ދެކޮޅު ހެއްދަވައި، ދިގު ދެންމެވިއެވެ. އެ މަނިކުފާނު ގަބޫލުކުރެއްވީ، އެއީ އަދީބުގެ އަތުގައި ހުރި އެ މަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ގާތްވެފައި ވަނިކޮށް އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވިއެވެ. އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ޖަމާކުރުމަށް މައްސަލައެއް ނެތްކަމުގެ ހުށަހެޅުއްވިއެވެ. އެއަށް ފަހު އެ ފައިސާ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރިއެވެ.

އެއްބަސްވުމުގައި އޮތީ އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށެވެ. ނަމަވެސް އެސްކްރޯ އެކައުންޓަށް ޖަމާކުރީ އިސްލާމިކް ބޭންކުގައި ހުރި ފައިސާ ނޫންކަން ހާމަވީ، ރިޔާސީ އިންތިޚާބު ނިމުމަށް ފަހުއެވެ. އޭގެ ކުރިން އެކަން ހާމަނުވެ އޮތީ، މުއައްސަސާތަކަށް އޮތް ނުފޫޒު ބޮޑުވުމުންނެވެ.

މި މައްސަލަ ފުރަތަމަ ފާހަގަކުރީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. އެ މައްސަލަ އެ ޔުނިޓުން ފުލުހަށް ހުށަހެޅިއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މަނީ ލޯންޑަކުރުމުގެ ތުހްމަތުކޮށް، ޔާމީނާއި އާޒިމާ އަދި ޒަމީރުގެ މައްސަލަ ބެލުމަށް އޭސީސީން ވެސް ޕޮލިހަށް ހުށަހެޅިއެވެ. ޕޮލިހުން މިހާރު ބަލަމުން އެދަނީ އެ މައްސަލަތަކެވެ. އޭސީސީގެ ތަހްގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ވެސް ތުހްމަތުކުރެވެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެކައުންޓަށް ޖަމާކުރީ ކޮން ފައިސާއެއްތޯއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އެ ފައިސާ ފުރަތަމަ ފޮނުވާފައި ވަނީ ވިޔަފާރިވެރިޔަކު، ޒަމީރު އެކައުންޓަށެވެ. ޒަމީރު، ޔާމީން އެކައުންޓަށް، ދެން ޔާމީން، އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވިއެވެ. އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު އެގޮތުގައި ހުރީއެވެ. އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯ އެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ.

މިއީ މަނީ ލޯންޑަކުރުމުގެ އަމަލެއް ކަމަށް ތުހްމަތުކޮށް، އެ ދަނީ ތަހްގީގުކުރަމުންނެވެ. ރައީސް ޔާމީން އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެސްއޯއެފުން ޖަމާކުރި ފައިސާކަން އެނގެއެވެ. އެމްއެމްޕީއާރުސީން ވިއްކި ރަށްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކޮށް އެ ފައިސާ ދައުރުކޮށްފައިވާކަން ވެސް ތަހުގީގުތަކުން އެއޮތީ ހަމައަށް އެނގެންށެވެ. އެސްއޯއެފް އެކައުންޓްގައި ހުރީ، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާކަން ތުހްމަތު ކުރެވެނީ އެހެންވެ އެވެ.

ކުށެއް ކޮށްގެން ނުވަތަ ގާނޫނާ ހިލާފަށް ހޯދާ ފައިސާ އާއި މުދަލަކީ ސައްހަ ފައިސާ އާއި މުދަލަށް ހެދުމަށް ކުރާ ކޮންމެ އަމަލަކީ، އަދި އެކަމަށް އެހީތެރިވުމަކީ މަނީ ލޯންޑަކުރުމުގެ އަމަލެކެވެ. ގާނޫނުގައި ވެސް ބޮޑު ކުށެކެވެ. އަދަބު ވެސް ވަރަށް ބޮޑެވެ. އެ ފަދަ ކުށެއް ކޮށްފި ނަމަ ކަނޑައެޅިފައިވާ އަދަބަކީ ބޮޑު ޖޫރިމަނާއަކާ އެކު ޖަލަށްލުމެވެ.

މިހާރު ރައީސް ޔާމީން އެ ވިދާޅުވަނީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، އެ މަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރަން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ އެ ފައިސާއަކީ ކޮރަޕްޝަނުގެ ފައިސާކަން ސާބިތު ނުވާތީއެވެ. އެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަން ސާބިތުނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވާ އިރު އުފެދޭ ސުވާލަކީ ދައުލަތުގެ އެތައް ފައިސާއެއް ޖަމާކުރި އެސްއޯ އޮފް އިން ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދޭންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ ގާނޫނުގައިވާ ގޮތުން ރައީސްއަކަށް ހުންނަވާ ބޭފުޅަކު ވިޔަފާރިއެއް ކުރުން މަނަލެވެ. އެހެން ކަމަށްވާ ނަމަ އެސްއޯއެފް އިން ރައީސް ޔާމީނަށް އެހާ ގިނަ އަދަދެއްގެ ފައިސާ ދޭންޖެހެނީ ކީއްވެހެއްޔެވެ؟ އެއީ ހަދިޔާއެއް ނަމަ އަގު ބޮޑު ހަދިޔާތަކަށް ހަދަންޖެހޭ ގޮތް ވެސް ގާނޫނުގައި އެބަ އޮތެވެ. އެހެންކަމުން ކޮންމެ ސަބަބުތަކެއް ދެއްކި ނަމަވެސް ގާނޫނާ ހިލާފު ކޮންމެވެސް އެއްގޮޅިއަކަށް ފެތޭނެއެވެ.

އެނގެން އޮތް ހަގީގަތަކީ ދައުލަތުގެ ތިޖޫރި ފޫވައްޓާލި ކަމެވެ. ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރި ކަމެވެ. ރައީސް ޔާމީންގެ އެކައުންޓް ހިމެނޭ ގޮތަށް އެތައް އެކައުންޓަކަށް އެ ފައިސާ އެސްއޯއެފް އިން ޖަމާކުރި ކަމެވެ. މިކަން އެނގިގެން ދާނީ ފުލުހުން ކުރާ ތަހްގީގާއި ޝަރީއަތުންނެވެ. މިހާރު ނޭނގި ވަނީ އެ ފައިސާތައް ލިބުނު މީހުންނެވެ. ހޯދަންޖެހެނީ އެ ފަރާތްތަކެވެ. އިންސާފު އަވަސްކޮށް ދެއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު