Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ ޓީވީ

މި ޚިދުމަތުން އެކަނި ވެސް އެކަމަނާގެ ތަފާތުކަން އެނގޭ!

ތިން މަސް ދުވަސް ވަން ދެން ރާއްޖެ ޓީއަށް ގުރުއާން ކިޔަވާނެ މީހަކު ފޮނުއްވި

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 13:36
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ (މ)

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ (މ)

މީގެ ފަސް އަހަރު ކުރިން ރާއްޖެ ޓީވީ ރޯކޮށްލުމަކީ ހިންގި ބޮޑު ޓެރަރިޒަމްގެ އަމަލެކެވެ. ދިވެހި ތާރީޚުގައި މީޑިއާއަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެންމެ ގެއްލުން ބޮޑުވެސް ހަމަލާއެވެ. ކުރިއަށް އޮތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. ރައްޔިތުންގެ އަޑު އެންމެ ރަނގަޅަށް ގެނެސް ދެމުންދިޔައީ މި ސްޓޭޝަނުންނެވެ. އެހެންވެ، އަނދައި އަޅިޔަށް ހަދައިލިޔަސް ދިވެހިރައްޔިތުން ބޭނުންވީ ވަގުތުން ޓްރާންސްމިޝަން ފެށޭނެ ގޮތެއް ހެދުމަށެވެ. ދިވެހިރައްޔިތުންގެ ހެޔޮ ދުއާ އާއި ހަމްދަރުދީ އަދި ދީލަތި އަތްތައް ހުޅުވާލިއެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މީހަކަށް ވެވުނު ކަމެއް ކޮށްދިނެވެ.

އޮކްޓޯބަރު 7، 2013 ވަނަ ދުވަހު ރާއްޖެ ޓީވީ ރޯކޮށްލުމާ ގުޅިގެން ސްޓޭޝަންގެ އިސްވެރިންނާއި މުވައްޒަފުންނަށް އެކި ފަރާތްތަކުން ހިތްވަރު ދެމުން ގެންދެވިއެވެ. އެ ގޮތަށް ގުޅުއްވި ބޭފުޅެކެވެ. އެއީ އާދަޔާ ހިލާފު ކޯލެކެވެ. ރާއްޖެ ޓީވީ ރޯކޮށްލައިގެން މެނޭޖުމެންޓާއި މުވައްޒަފުންނަށް އަދި މުޅި ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްދަތިކަން އެ ކަމަނާއަށް ވެސް ތަހައްމަލު ކުރެވެމުންދިޔައެވެ.

ހިތްދަތިކަން ލިބޭ ކޮންމެ ވަގުތަކަށް، ހަސަދަވެރިންގެ ހަސަދައިން، މަކަރުވެރިންގެ ކަރުވެރިކަމުން، ނުރައްކާތަކުން، އަދި ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވުމަށް އެންމެ ފުރިހަމަ ފަރުވާއަކީ ކީރިތި ގުރުވާންކަން އެ ކަމަނާ ގަބޫލުކުރައްވައެވެ. އެއީ ކާކުކަން މާގިނަ ބަޔަކަށް އޭރު ނޭނގިދާނެއެވެ. ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް ހިދުމަތް ކުރެއްވި އެ ކަމަނާއަކީ މިހާރުގެ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހްމަދު (ފަޒޫ) އެވެ.

ވޭތުވެ ދިޔަ ފަސް އަހަރު އެ ވާހަކަތައް ނުދައްކައެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އިންތިޚާބީ ރައީސް ސޯލިހް ރާއްޖެ ޓީވީއަށް ވަޑައިގެން މި ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރުމަށް ބޭއްވި ހަފުލާގައި، ފަޒޫގެ އެ ޚިދުމަތް ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް ވަނީ ފުރަތަމަ ފަހަރަށް ވަނީ ހިއްސާ ކުރައްވައިފައެވެ.

"[ފަޒޫ] ގުޅުއްވާފައި ވިދާޅުވި ތިހުރިހާ ބިރުވެރިކަމެއް ނާމާން ކަމެއް ތިމަންނަ މިދަނީ އިހުސާސް ކުރަމުންނޭ. އަދި ތަންކޮޅެއް މަންޒަރުން ދުރުގައި ހުއްޓަސް. ތިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ކޮންމެ ދުވަހަކު ގުރުއާން ކިޔެވުމޭ. އޭރު އަޅުގަނޑުމެންގެ އޮފީސް ހިނގަމުންދިޔައީ ދެ އިމާރާތެއްގައި ވަރަށް ދަތި ހާލުގައި. ކޮންމެ ދުވަހަކު ގުރުއާން ކިޔަވާ މީހަކު ހެނދުނު ދެ އިމާރާތުގައި ތިން މަސްދުވަސް ވަންދެން ގުރުއާން ކިޔަވަމުން ގެންދިޔަ،" އަހްމަދު ސަލީމް ވިދާޅުވިއެވެ.

ގައިމު ވެސް މި ޚިދުމަތް ފަޒޫ ކޮށްދެއްވިއިރު، އެކަމަނާއަކީ ދިވެހިރާއްޖޭގެ މަހާ ރެހެންދި އަށް ވާނެ ކަނބަލެއްކަން ހިތްޕުޅަށް އަރައިވަޑައި ނުވެސް ގަންނަވާނެއެވެ. އެ ކަމަނާއަކީ ތަފާތު ކަނބަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

02 ޖުލައި 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު