Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ މަޝްރޫއުގެ ހިޔާނަތް

ކުރީގެ މަޖިލިސް މެމްބަރުންގެ އަނބިންނާއި އާއިލާ މީހުންނަށް 73 ފްލެޓް

އިސްކަންދީފައިވަނީ ސިޔާސީ މީހުން ރުއްސުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 15:55
އާއިލީ ފަރާތްތަކަށް ހިޔާ ފްލެޓު ލިބިވަޑައިގެންނެވި ބައެއް މެމްބަރުން

އާއިލީ ފަރާތްތަކަށް ހިޔާ ފްލެޓު ލިބިވަޑައިގެންނެވި ބައެއް މެމްބަރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހިންގި ހިޔާ ފްލެޓް މަޝްރޫއަކީ ގެދޮރުވެރިކަމުގެ ގޮތުން މިހާތަނަށް ރާއްޖޭގައި ހިންގާފައި ނުވާ ފަދަ ބިޔަ ބޮޑު މަޝްރޫއެއް ކަމަށް ވެއެވެ. އެ މަޝްރޫއުގެ ސަބަބުން އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބިފައިނެތް އެތައް ނިކަމެތި ރައްޔިތުން ތިބީ އިންސާފުން އެމީހުންނަށް ހައްގު މިންވަރު ލިބޭނެ ކަމުގެ އުއްމީދުގައެވެ.

އެހެން ނަމަވެސް ހިޔާ މަޝްރޫއުގެ ފްލެޓްތައް ގާތުން ބަލާލައި، އެތަނަށް ޒިޔާރަތް ކޮށްލި އެންމެންވެސް ސިފަކުރަނީ އެއީ ލިޔެ ނުނިމި އޮތް ފޮތެއްގެ ގޮތުގައެވެ. ހަމައެކަނި ސުރުހީއެއް އަޅާލާފައިވާ އެ ފޮތުގެ ސޮފްހާތަށް ފުރަން ޖެހެނީ އެހެން ބަޔަކަށެވެ. ކޮންމެއަކަސް އެގޮތަށްވެސް ރައްޔިތުން ތިބީ ހެޔޮ ވެގެންނެވެ. ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައިވާއިރު، ފްލެޓްތައް ލިބުމުގެ އުއްމީދުގައި ތިބީ އެ މިންވަރަށްވެސް ޝުކުރު ކޮށްލައިގެންނެވެ.

އެހެން ނަމަވެސް ކުރީ ސަރުކާރުން ފްލެޓް ދިން މީހުންގެ ހަގީގަތްތައް ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ފްލެޓް ދިނުމުގައި އިސްކަން ދިނީ ނިކަމެތިންނަށް ވުރެ ބޮޑަށް ފޯރާ މީހުންނަށެވެ. ނުފޫޒް ގަދަ މަގާމްތަކުގައި ތިބި ފަރާތްތަކަށެވެ. ރައީސް ޔާމީން އާއި ޔާމީންގެ ޕާޓީގެ ވަފާތެރިންނަށެވެ. ފްލެޓުގެ ޕްރިއޯރިޓީގައި ހަމަ ގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ރައީސް ޔާމީނަށް ސަނާ ކިޔާ މެމްބަރުން އޮތީ މާ ފުރިހަމައަށްވެސް ހިމެނިފައެވެ.

ނިމިދިޔަ ސަރުކާރުގައި މަޖިލީހުގައި އުޅުއްވި މެމްބަރުންގެ ތެރެއިން އޭރު ރައީސް ޔާމީންއާ އަރިސްކޮށް އުޅުއްވި މެމްބަރުންގެ އާއިލާއާއި، އަނބިން ހިމެނޭ ގޮތަށް 73 މީހަކަށް ފްލެޓް ދިންކަން ރާއްޖެއެމްވީގެ ހޯދުންތަކުން ކަށަވަރު ކުރެވެއެވެ. މިއީ ހައްތަހާވެސް އޭރުގެ ސަރުކާރުން ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ މީހުންނެވެ.

މަޖިލިސް މެމްބަރުންނަށް ބަލާއިރު އެންމެ ގިނަ ފްލެޓް ލިބިފައިވަނީ ނިލަންދޫ ދާއިރާގެ އޭރުގެ މެމްބަރު އަބްދުﷲ ޚަލީލްގެ އާއިލާއަށެވެ. މެމްބަރު ޚަލީލްގެ އާއިލާގެ 11 މީހަކަށް ފްލެޓް ލިބިފައިވާއިރު، އޭގެ ތެރޭގައި އަނބިކަނބަލުންނާއި، އާއިލާގެ 10 މީހަކު ހިމެނެއެވެ. މެމްބަރު ޚަލީލަކީ މިހާރުވެސް ޕީޕީއެމްގެ ސިޔާސީ ޙަރަކާތުގައި ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ދެވަނައަށް އެންމެ ގިނަ ފްލެޓް ލިބިފައިވަނީ ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފްގެ އާއިލާއަށެވެ. އެގޮތުން މެމްބަރު އާރިފްގެ އާއިލާގެ 8 މީހަކަށް ފްލެޓް ލިބިފައިވާއިރު، މެމްބަރު އާރިފަކީވެސް ރައީސް ޔާމީނަށް ސަނާ ކިޔުއްވުމުގައި ނަގާ ކިޔޭ މެމްބަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މައިނޯރިޓީ ލީޑަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކޮޓަރިކޮޅުގެ ދޮރުގައި، މެންބަރު އަލީ އާރިފް "ކިކު ޖަހައި" ދޮރު ހުޅުވައި ވަދެގަނެ ހަމަނުޖެހުން ހިންގި ވާހަކައަކީވެސް މިދަނޑިވަޅުގައި ހަމަ ހަނދާނަށް އަންނަ ވާހަކައެކެވެ. ފަހަރުގައި މިއީވެސް "ޕޮއިންޓް ސްކޯރ" ކުރުމުގައި ބެލި މިންގަނޑަކަށް ވެދާނެއެވެ.

ތިންވަނައަށް އެންމެ ގިނަ ފްލެޓް ލިބިފައިވަނީވެސް ހަމަ އެފަދަ "ފަހުލަވާނެއްގެ" އާއިލާ މެމްބަރުންނަށެވެ. ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއުގެ އާއިލާގެ 7 މެމްބަރަކަށް ފްލެޓް ލިބިފައިވާއިރު، މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އާއިލާއިންވެސް 7 މީހަކަށް ފްލެޓް ލިބިފައިވާކަން ރާއްޖެއެމްވީއަށް ފާހަގަވިއެވެ.

ދެން ލިސްޓުގެ ހިމެނެނީ އިހަވަންދޫ ދާއިރާގެ އޭރުގެ މެމްބަރު މުޙައްމަދު އަބްދުﷲ އާއި، އިނގުރައިދޫ ދާއިރާގެ އޭރުގެ މެމްބަރު އިބްރާހިމް ފަލާހުގެ އާއިލާއިންވެސް 4 މީހަކަށް ފްލެޓް ލިބިފައިވެއެވެ.

އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްގެ އަނބިކަނބަލުންނަށްވެސް ފްލެޓް ލިބިފައިވާއިރު، އަނބިކަނބަލުންގެ އާއިލާގެ 3 މެމްބަރަކަށްވެސް ފްލެޓް ދީފައިވެއެވެ.

ފާހަގަވި އަނެއް ކަމަކީ އޭރު ރައީސް ޔާމީނުގެ ސަރުކާރު ދިފާއު ކުރެއްވުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު އުފުއްލެވި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އާއިލާ މެމްބަރަކަށްވެސް ފްލެޓް "ޙައްޤުވެރިއެއް" ގޮތުގައި ކަނޑައެޅިފައިވާ ކަމެވެ.

އޭގެ އިތުރުންވެސް ގިނަ މެމްބަރުންތަކެއްގެ އާއިލާއާއި، އަނބިންނާއި، އަނބިންގެ އާއިލާ ހިމެނޭ ގޮތަށް 73 މީހަކަށް ވަނީ ފްލެޓް ދީފައެވެ. އެ އަދަދުތަކަށް ބަލާއިރު، މެމްބަރުންގެ އަނބިކަނބަލުންގެ ތެރެއިން ފްލެޓް ކާމިޔާބު ކޮށްފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލްއާއި، އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުއާއި، ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލްގެ އިތުރުން، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނުގެ އަނބިކަނބަލުންނަށެވެ. ހައްތަހާވެސް ފްލެޓުގެ "ޙައްޤުވެރިންނެވެ".

މި އަދަދުތަކަށް އެކަނި ބަލާލި ނަމަވެސް، އުފެދޭ ސުވާލަކީ ދިރިއުޅުމުގެ ޙާލަތު ދަށް އެތައް ރައްޔިތުންނެއް ތިއްބައި އެފަދަ އެތައް ބަޔަކަށްވުރެ މަތިން ޕޮއިންޓް ލިބި، ފްލެޓުގެ ޙައްޤުވެރިންގެ ގޮތުގައި މި މެމްބަރުންނާއި، މެމްބަރުންގެ އާއިލާ މީހުންނާއި، އަނބިންނަށް ފްލެޓް ދިނީ ހަމަ އިންސާފުންބާއެވެ؟ ނުވަތަ ފްލެޓް ލިބުމަށް ޕޮއިންޓް ލިބޭ މިންގަނޑުތަކުގެ ތެރޭގައި ވެރިޔާއާ އަރިސް ފަރާތަކަށް ވުންވެސް ހިމެނިފައި އޮތީބާއެވެ؟ ގައިމު މާރކްސް ދޭ މިންގަނޑުގެ ތެރޭގައި އެފަދަ ކެޓެގަރީއެއް ހިމެނިފައި އޮތް ކަމަކަށް ލިއެކިއުންތަކުން ފެންނާކަށް ނެތެވެ. ކޮނުނު ވަރަކަށް ފަސް ގިނަވާހެން، ބެލި ވަރަކަށް އެނގިގެން މި ދިޔައީ މިއޮތީ ގެދޮރުވެރިކަން ހޯދައި ދިނުމުގެ ނަމުގައި، ރައްޔިތުންނަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާ ޖަރީމާއެއް ހިންގާފައެވެ. ސަރުކާރު ބަދަލު ވެގެން ނުދިޔަ ނަމަ، އެގަހުކޭލެއް މިގަހުކޭލެއް ނޭނގޭ ގޮތައް މި އެންމެން ތިބޭނީ ފްލެޓްތަކަށް ވެރިވެގެންތާއެވެ.

މެމްބަރުންގެ އަނބިންނާއި އާއިލާއަށް ދިން ފްލެޓުގެ އިތުރުން، މެމްބަރުން ހުށަހެޅި ލިސްޓުތަކަށްވެސް ފްލެޓް ދީފައިވާ ކަމަށް ބެލޭ މައުލޫމާތު ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

26 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017
ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

30 ޖޫން 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު