Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުނަދޫ ޔުނިޓީ ކަޕް

ފުނަދޫގައި ފޯރިގަދަ ކުޅިވަރު ފިއެސްޓާއެއް ބާއްވަނީ

24 އޯގަސްޓު 2020 | ހޯމަ 14:39

މި ފިއެސްޓާގައި ވޮލީބޯޅަ އާއި ފުޓްސަލް މުބާރާތް ހިމެނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އޯގަސްޓު 2020 | ހޯމަ 14:39
ޔުނިޓީ ކަޕް 2020 ގެ ގުރުއަތުލުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޔުނިޓީ ކަޕް 2020 ގެ ގުރުއަތުލުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ށ. ފުނަދޫގެ ޒުވާނުން އިސްނަގައިގެން އެ ރަށުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު ފިއެސްޓާ ކަމަށްވާ "ޔުނިޓީ ކަޕް 2020" ގެ ގުރުއަތުލުން ބާއްވައިފިއެވެ.

ވޮލީބޯޅަ އާއި ފުޓްސަލް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި ފިއެސްޓާގެ ގުރުއަތުލުން ބާއްވާފައިވަނީ އާދިއްތަ ދުވަހުގެރޭ ފުނަދޫ ފުޓްސަލް ދަނޑުގައެވެ.

މި ފިއެސްޓާ ރާއްވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނީ މި ފަދަ ފިއެސްޓާއެއް ބޭއްވުމަށް ނިންމީ ދެ ޖިންސުގެ ޒުވާނުންނަށްވެސް އެއް ހަމައެއްގައި ވާދަވެރި މުބާރާތެއް ކުޅެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި މުބާރާތުގައި ވޮލީބޯޅަ އާއި ފުޓްސަލްގައި ދެ ޖިންސުގެ ޒުވާނުން ވާދަކުރާނެއެވެ.

އެގޮތުން ވޮލީބޯޅަ މުބާރާތުގައި ފިރިހެން ނުވަ ޓީމު ވާދަކުރާއިރު، އަންހެން ހަތަރު ވާދަކުރެއެވެ. އަދި ފުޓްސަލް މުބާރާތުގައި ފިރިހެން 15 ޓީމާއި އަންހެން ހަތަރު ޓީމު ވާދަކުރާއިރު، ރަށުން ބޭރުންވެސް ޓީމުތައް ބައިވެރިވެފައިވާ ކަމަށް މި ފިއެސްޓާ ރާއްވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން މައުލޫމާތުދެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ޔުނިޓީ ކަޕްގެ ވޮލީބޯޅަ މުބާރާތް ފަށާއިރު، ފުޓްސަލް މުބާރާތް ފަށަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން އަރީފް ބުނީ މިއީ މިހާތަނަށް ހުރިހާ ޖިންސަކަށް ހާއްސަކޮށްގެން އެ ރަށުގައި ބާއްވާ ފުރަތަމަ މުބާރާތް ކަމަށް ވުމާއެކު، މުބާރާތަށް ގިނަ ބައެއްގެ ތަރުހީބު ލިބޭ ކަމަށެވެ. އަދި މުބާރާތް ހާއްސަވާ އެއް ސަބަބަކީ މި މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ޖެންޑަރ މިނިސްޓްރީން ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ހިންގާ "ގެވެށި ދިރިއުޅުން" ކެމްޕެއިން ކަމަށްވާތީ ކަމަށްވެސް ބުންޏެވެ.

ފުނަދޫ ޒުވާނުން މައުލޫމާތުދޭ ގޮތުގައި މިއީ އެ ރަށުގެ ހުރިހާ ވިޔަފާރިވެރިންގެ އެހީ އާއި އާންމު ފަރުދުންގެ އެހީތެރިކަމާއެކު ބޭއްވޭ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އަކީ ހެލޯ ފިހާރައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
10 އެޕްރީލު 2017

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް