Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ މަޝްރޫއު ފްލެޓް

ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއެއްގެ ވަގުތީ ލިސްޓު އާންމުކޮށްފި

އާންމު ކޮށްފައިވަނީ H4, H5, H8 އަދި H10 ގެ ވަގުތީ ލިސްޓު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 09:47
ހުޅުމާލެގައި ތަރައްގީ ކުރަމުންދާ ހިޔާ ފްލެޓްތައް

ހުޅުމާލެގައި ތަރައްގީ ކުރަމުންދާ ހިޔާ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރާ ހަތަރު ކެޓަގަރީއެއްގެ ވަގުތީ ލިސްޓު ގެޒެޓްގައި ރައީސް އޮފީހުން އާންމުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް މަސައްކަތަކީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން ކަމަށްވާތީ، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެ ކޮމިޓީން ދިރާސާކޮށް ނިމިފައިވަނީ ހަތަރު ކެޓަގަރީއަކަށް ހުށަހަޅާފައިވާ ފޯމުތައް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އާންމު ކޮށްފައިވަނީ H4, H5, H8 އަދި H10 ގެ ވަގުތީ ލިސްޓު ކަމަށާއި، މި ލިސްޓަކީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު ނެރުނު ލިސްޓެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.

H4 ކެޓަގަރީ އަކީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީއެވެ. އަދި H5 ކެޓަގަރީގެ ފްލެޓްތައް ޓީޗަރުންނަށް ހާއްސަ ކޮށްފައިވާއިރު، H8 ކެޓަގަރީގެ ފްލެޓްތައް ހާއްސަކޮށްފައި ވަނީ މާލޭ ރަށްވެހިންނަށެވެ. އަދި H10 ކެޓަގަރީގެ ފްލެޓް ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށެވެ.

އެ ހަތަރު ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ މީހުންނާއި، ޝަރުތު ހަމަނުވާ މީހުން، ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު ވަގުތީ ލިސްޓުގައި އާންމު ކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ކެޓަގަރީތަކަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ މީހުންނަށް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން އެ ހަތަރު ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24ން އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 15:00 ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، އެ މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މިޕޯޓަލްމެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެެވެ.

އަދި ހިޔާ މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާން ކުރާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު